Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އަފްޣާން ހަނގުރާމަ

އެމެރިކާ އިން މަސައްކަތް ކުރާނީ އަފްޣާނިސްތާން ހަނގުރާމައިގައި މޮޅުވާން: ރައީސް ޓްރަމްޕް

އަފްޣާނިސްތާނުގައި އެމެރިކާ ސިފައިންގެ އަދަދު އިތުރުކުރާނެ ކަމަށް އެމެރިކާ އިން ވަނީ ބުނެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 22 އޯގަސްޓު 2017 | އަންގާރަ 06:07
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާ އިން މަސައްކަތް ކުރާނީ އަފްޣާނިސްތާނުގައި ކުރަމުންދާ ހަނގުރާމައިގައި "މޮޅުވާން" ކަމަށާއި އަދި އެމެރިކާ އަސްކަރިއްޔާގެ ބާރު އެގައުމުގައި ވަރުގަދަ ކުރުމަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ވޮޝިންޓަންގެ މިލިޓަރީ ބޭސްއެއްގެ ކައިރީގައި ދެއްވި ތަގުރީރެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ މިހާރު އަފްޣާނިސްތާނު ހަނގުރާމައިން އެމެރިކާ އަށް ބޭރު ނުވެވޭނެ ކަމަށެވެ. އެހެންނަމަވެސް މިއަދާ ހަމައަށް އައި އިރު އެމެރިކާ އޮންނަންޖެހޭނީ އެ ހަނގުރާމައިން އަތްދޫކޮށްލައިގެން ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. ނުސީދާ ގޮތެއްގައި ޓްރަމްޕް ވިދާޅުވީ އަފްޣާނިސްތާނުގެ ހަނގުރާމައިން ކާމިޔާބު ނުލިބި އޮތީ ކުރީގެ ސަރުކާރުތަކުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

ރައީސް ޓްރަމްޕް އިތުރަށް ވިދާޅުވީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބައިފި ނަމަ އެއީ އެމެރިކާ ސިފައިންނަށް ލިބިގެން ދާ ޝަރަފަކަށް ނުވާނެ ކަމަށާއި އަދި އޭރުން ޓެރަރިސްޓުންނަށް އެމީހުންގެ ހަރަކާތްތައް ފުޅާ ކުރުމަށް ވެސް ފުރުސަތު ލިބިގެން ދާނެ ކަމަށެވެ. އަދި އެމެރިކާގެ ސިފައިންގެ އަދަދު އަފްޣާނިސްތާނުގައި އިތުރު ކުުރުމަށް ނިންމާފައިވާ ކަމަށް ވެސް ރައީސް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް މިއީ ރައީސް ބަރަކް އޮބާމާގެ ސަރުކާރުގައި ގެންގުޅުނު ސިޔާސަތާ ދިމާ އިދިކޮޅު ސިޔާސަތެކެވެ. ރައީސް އޮބާމާގެ ވެރިކަމުގައި އެމެރިކާ އިން ދިޔައީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ސިފައިންގެ

އެެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލުން ވެެސް ވަނީ އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިންގެ އަދަދު އިތުރު ކުރުމަށް ރައީސް ޓްރަމްޕް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ޖޫން މަހު ރައީސް ޓްރަމްޕް ވަނީ އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު މެނޭޖު ކުރުމުގެ ބާރު އެމަނިކުފާނުގެ ސެކްރެޓަރީ އޮފް ޑިފެންސްއަށް ޑެލިގޭޓް ކުރައްވާފައެވެ.

އެމެރިކާގެ 8،400 ސިފައިން މިހާރު އަފްޣާނިސްތާނުގައި ދަނީ ހަަރަކާތްތެރި ވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

ޓީޕީޓީ ވިޔަފާރި ޕްރޮޖެކްޓުން އެމެރިކާ ވަކިވެއްޖެ

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމްއެޗް 370 ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

އެމްއެޗް 370 ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު