Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަލްޖީރިޔާގެ ސިޔާސީ ހަލަބޮލިކަން

އަލްޖީރިޔާގެ އާންމުން އަނެއްކާވެސް މަގުތަކަށް މުޒާހަރާއަށް ނިކުމެއްޖެ

19 އެޕްރީލު 2019 | ހުކުރު 15:57

ވެރިކަމުގައި ތިއްބެވީ ހަމަ ކުރިންވެސް ތިއްބެވި ބޭފުޅުން ކަމަށް ބުނެ މުޒާހަރާކުރާ ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވޭ

އަމަން ހަލީމް
އަމަން ހަލީމް | 19 އެޕްރީލު 2019 | ހުކުރު 15:57
އަލްޖީރިޔާގެ ވެރިރަށް އަލްޖިއަރޒްގައި ކުރި މުޒާހަރާއެއްގެ ތެރެއިން

އަލްޖީރިޔާގެ ވެރިރަށް އަލްޖިއަރޒްގައި ކުރި މުޒާހަރާއެއްގެ ތެރެއިން

ބޫތެފްލިކާގެ އިސްތިއުފާއަކުން ނުފުދޭ ކަމަށާއި މިހާރު ގައުމުގެ އިސް މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންގެ އިސްތިއުފާއަށް ގޮވާލާ އަނެއްކާވެސް އަލްޖީރިޔާގެ މަގުތަކަށް ގިނަ އަދަދެއްގެ އާންމުން މުޒާހަރާ ކުރަން ނުކުމެއްޖެއެވެ.

ހުކުރު ދުވަހު މުޒާހަރާ ކުރަން މަގުތަކަށް ނުކުތް މީހުން ވަނީ މިހާރު ވަގުތީ ރައީސް ކަމުގެ މަގާމުގައި ހުންނެވި ގާނޫނުހަދާ މަޖިލީހުގެ މަތި ގޭގެ ރައީސް އަބްދުލްކާދެރް ބެންސަލާހާއި ވަގުތީ ބޮޑުވަޒީރު ނޫރައްދީން ބަދަވީ އާއި ވެރިކަން ކުރާ ނެޝަނަލް ލިބަރޭޝަން ފްރަންޓް (އެފްއެލްއެން)ގެ ލީޑަރު މުއާދް ބޫޝާރެބްގެ އިސްތިއުފާއަށް ގޮވާލާފައެވެ. މުޒާހަރާ ކުރާ ފަރާތްތަކުން ބޭނުން ވަނީ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވުމަށް ފަހު ގައުމު ޑިމޮކްރެޓިކް އުސޫލުތަކުގެ މަތިން ހިންގަން މަގު ފަހިކޮށް ދިނުމެވެ.

އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން މި އަހަރުގެ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު އިންތިހާބެއް ބާއްވަނެކަން ވަނީ އިއުލާން ކޮށްފައެވެ. އަދި މި ނިންމުމަކީ އެ ގައުމުގެ ނުފޫޒުގަދަ އަސްކަރިއްޔާއިން ބަލައިގަނެފައިވާ ނިންމުމެކެވެ. އަންގާރަ ދުވަހު ނޫސްތަކަށް ދެއްވި އިންޓަވިއުއެއްގައި އަލްޖީރިޔާގެ އަސްކަރިއްޔާގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް ގޭދް ސަލާހް ވިދާޅުވީ މިހާރު ދިމާވެފައިވާ ސިޔާސީ މައްސަލަތަކަށް ހައްލެއް ގެންނަން ކުރަންޖެހޭ ކޮންމެ ކަމެއް ކުރަން އަސްކަރިއްޔާއިން ތައްޔާރަށް އޮތް ކަމަށެވެ. އަދި މައްސަލަތަކަށް ހައްލެއް ގެންނަން ވަގުތު ކުޑަތަން ވަމުންދާ ކަމަށް ވެސް ސަލާހް ވިދާޅުވިއެވެ.

އަލްޖީރީޔާގެ ކެނޑިނޭޅި ކުރަމުން ދިޔަ މުޒާހަރާތަކާއި ގުޅިގެން ރައީސްގެ މަގާމުން އިސްތިއުފާދެއްވި ބޫތެފްލިކާއަށް ފަހު ގައުމާ ހަވާލުވެވަޑައިގެންފައި ވަނީ، 1962 ވަނަ އަހަރުގައި ފަރަންސޭސްވިލާތުން މިނިވަންވުމަށް ކުރި ހަނގުރާމައިގައި ކާމިޔާބީ ހޯދި އިރު އަސްކަރިއްޔާގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނެވެ. މުޒާހަރާކުރާ ފަރާތްތަކުގެ ނުރުހުން ހުއްޓަސް އަސްކަރިއްޔާގެ އެއްބާރުލުމާއި އެކުގައި ނޫނިއްޔާ އެބޭފުޅުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އަލްޖީރިޔާގެ އަސްކަރިއްޔާއަކީ ޒަމާނުއްސުރެން އެގައުމުގައި ސިޔާސީ އޮއިވަރު ދާނެ ދިމާލެއް ކަނޑައެޅުމުގައި ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުރާ މުއައްސަސާއެކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

09 ޖުލައި 2017

ވެނިޒުއޭލާގެ ޚުދުމުޚުތާރު ވެރިކަމާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ މުޒާހަރާއަށް 100 ދުވަސް!

09 ޖުލައި 2017
ވެނިޒުއޭލާގެ ޚުދުމުޚުތާރު ވެރިކަމާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ މުޒާހަރާއަށް 100 ދުވަސް!
29 މެއި 2017

އުތުރު ކޮރެއާ އިން އަނެއްކާވެސް މިސައިލެއް ޓެސްޓްކޮށްފި

29 މެއި 2017
އުތުރު ކޮރެއާ އިން އަނެއްކާވެސް މިސައިލެއް ޓެސްޓްކޮށްފި
26 މެއި 2017

މޫސަލްގައި މާޗް މަހު ދިން ހަމަލާއެއްގައިި އާންމުން މަރުވި ކަަމަށް އެމެރިކާ އިން އިއުތިރާފުވެއްޖެ

26 މެއި 2017
މޫސަލްގައި މާޗް މަހު ދިން ހަމަލާއެއްގައިި އާންމުން މަރުވި ކަަމަށް އެމެރިކާ އިން އިއުތިރާފުވެއްޖެ
15 މެއި 2017

އިންޑިއާގައި އަނެއްކާވެސް ރަހުމުކުޑަ ރޭޕްގެ މައްސަލައެއް!

15 މެއި 2017
އިންޑިއާގައި އަނެއްކާވެސް ރަހުމުކުޑަ ރޭޕްގެ މައްސަލައެއް!
08 މެއި 2017

އުތުރު ކޮރެއާ އިން އަނެއްކާވެސް އެމެރިކާ ރައްޔިތަކު ހައްޔަރުކޮށްފި

08 މެއި 2017
އުތުރު ކޮރެއާ އިން އަނެއްކާވެސް އެމެރިކާ ރައްޔިތަކު ހައްޔަރުކޮށްފި
20 އެޕްރީލު 2017

ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް

20 އެޕްރީލު 2017
ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް
06 މާރިޗު 2017

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް