Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއުރީދޫ: ޓޮކްޓަރސް ޕްލޭން

ގިނަ ޙިދުމަތްތަކާއި އެކު ޑޮކްޓަރުންނަށް ޙާއްސަ ޕްލޭނެއް އުރީދޫއިން ތައާރަފްކޮށްފި

19 އެޕްރީލު 2019 | ހުކުރު 08:02

މިއީ ޑޮކްޓަރުންގެ ޑިޖިޓަލް ހަޔާތަށް އެއްބާރުލުދިނުމުގެ ގޮތުން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 19 އެޕްރީލު 2019 | ހުކުރު 08:02
ޑޮކްޓަރުންނަށް ހާއްސަ ޑިޖިޓަލް ޕްލޭން ތަޢާރަފްކުރުމުގެ ތެރެއިން

ޑޮކްޓަރުންނަށް ހާއްސަ ޑިޖިޓަލް ޕްލޭން ތަޢާރަފްކުރުމުގެ ތެރެއިން

ޑޮކްޓަރުންގެ ދުވަސް 2019 ފާހަގަ ކުރުމުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހާ ޑޮކްޓަރުން އެއް ވިއުގައެއްތެރޭ ގުޅާލަދީ، އެކަކު އަނެކަކަށް ހިލޭ ގުޅާލުމުގެ ފުރުސަތުދޭ ޚާއްސަ ޕްލޭނެއް އުރީދޫ އިން ތައާރަފްކޮށްފިއެވެ.

މި ޕްލޭން މެދުވެރިކޮށް، ޓްވިޓަރ އާއި ވައިބާ ހިލޭ ބޭނުންކޮށް، އާންމުކޮށް ބޭނުން ކުރަންޖެހޭ މެޑިކަލް ވެބްސައިޓުތައް ބޭނުންކުރުމަށް ޚާއްސަ ޑޭޓާ އެލަވަންސްތަކެއްވެސް ހިމެނޭނެއެވެ.

މި މުހިއްމު ދާއިރާއަށް ޚިދުމަތް ކޮށްދިނުމުގައި ގިނަ ވަގުތު ހޭދަކުރައްވާ ޑޮކްޓަރުންގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ މި ޕެކޭޖު ތައާރަފްކޮށްފައިވަނީ، އުރީދޫ ހެޑްކުއާޓަރސްގައި ބޭއްވި ހަފްލާއެއްގައި، ޑޮކްޓަރސް އެސޯސިއޭޝަންގެ ރަޢީސް ޑރ. އަލީ ޝާހިދު މުހައްމަދު، އަދި އުރީދޫ މޯލްޑިވްސްގެ ސީ.އެފް.އޯ ތަވަބަލަން ޕޫބަލަސިންގަމް އެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ޙާން ވިދާޅުވީ ދިވެހި މުޖުތަމައުގެ ދުޅަހެޔޮކަމާއި މަންފާއަށްޓަކައި، ރާއްޖޭގެ ޑޮކްޓަރުން ދެވަނައެއްނެތް ދައުރެއް އަދާކުރާ ކަމަށާއި އަދުގެ މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް، ޑޮކްޓަރުންގެ މި މުހިންމު މަސައްކަތައް ތަފާތު ގޮތްތަކުން އެއްބާރުލުންދީ، އެބޭފުޅުންގެ އާއިލާ އާއި ގާތްތިމާގެ މީހުންނާއި ފަސޭހައިން ގުޅުވާލަދޭނެ ކަމަށެވެ.

"މި ގައުމުގެ އެކިކަންކޮޅުތަކުގައި ބުރަކޮށް މަސައްކަތްކުރަމުންދާ އެންމެހާ ޑޮކްޓަރުންނަށް، މުޅި އުރީދޫ ޓީމުގެ ފަރާތުން، ޑޮކްޓަރުނގެ ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރަން. މިގޮތުން، ޑޮކްޓަރުންގެ ދައުރު އަގުވަޒަންކުރާ މި ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެ، ދިވެހިރާއްޖޭގެ ޑޮކްޓަރުންނަށް ޙާއްސަ ޕްލޭނެއް ތައާރަފްކުރުމީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.

އުރީދޫ ޑޮކްޓަރުންގެ ޕްލޭން ވަނީ ރާއްޖޭގައި ރެޖިސްޓަރ ކޮށްފައިވާ އެންމެހާ ޑޮކްޓަރުންނަށް ހުޅުވާލާފައެވެ. އަދި މި ޕެކޭޖް ޚިޔާރުކުރުމާއި އެކު، ޕެކޭޖް ބޭނުން ކުރައްވާ އެންމެހާ ޑޮކްޓަރުންގެ މެދުގައި ކުރަންޖެހޭ ހުރިހާ ކޯލެއް އަދި އެސްއެމްއެސްވެސް ހިލޭ ކުރުމުގެ މަގުފަހިވެގެންދެއެވެ. ދިވެހިރާއްޖޭގެ އެންމެހާ ޑޮކްޓަރުން އެއް ވިއުގައެއްގެ ތެރޭގައި ގުޅާލަދިނުމުގެ އިތުރުން، މި ޕްލޭންގައި ހިމެނޭ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި:

  • އުރީދޫ ކްލަބް ޕްރިމިއަރގެ ފައިދާތައް ލިބިގެންދިއުން
  • ރާއްޖޭގެ އެންމެ ހަލުވި 4ޖީ+ ނެޓްވަރކު މެދުވެރިކޮށް އިންޓަނެޓް ބޭނުންކުރުމަށް، ބޮޑެތި ޑޭޓާ އެލަވަންސްތައް
  • ވައިބާ އަދި ޓްވިޓަރ ހިލޭ ބޭނުންކުރުމުގެ ފުރުސަތު
  • ކޮޗްރޭން، ހިނާރީ ފަދަ މެޑިކަލް ވެބްސައިޓުތައް ބޭނުން ކުރުމަށް ޙާއްސަ ޑޭޓާ އެލަވަންސެއް.

އުރީދޫގެ ޑޮކްޓަރުންގެ ޕްލޭން، 1 މޭ 2019 އިން ފެށިގެން، ރާއްޖޭގެ އެންމެހާ ޑޮކްޓަރުންނަށްވެސް ޚިޔާރުކުރެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

31 މާރިޗު 2017

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
29 މާރިޗު 2017

ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

29 މާރިޗު 2017
 ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި
26 މާރިޗު 2017

ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

26 މާރިޗު 2017
ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ
23 މާރިޗު 2017

އެމް.ޓީ.ސީ.ސީ ގެ ފެރީ ނިޒާމުގައި ބޭނުންކުރަމަށް ފެރީ ކުއްޔަށްދޭނެ ފަރާތްތަކުގެ ރެޖިސްޓްރީއެއް އެކުލަވާލަނީ

23 މާރިޗު 2017
އެމް.ޓީ.ސީ.ސީ ގެ ފެރީ ނިޒާމުގައި ބޭނުންކުރަމަށް ފެރީ ކުއްޔަށްދޭނެ ފަރާތްތަކުގެ ރެޖިސްޓްރީއެއް  އެކުލަވާލަނީ
11 މާރިޗު 2017

ގެސްޓުހައުސްތަކަށް ޙާއްސަކޮށްގެން އެވޯޑެއް ދިނުމަށް ނިންމައިފި

11 މާރިޗު 2017
ގެސްޓުހައުސްތަކަށް ޙާއްސަކޮށްގެން އެވޯޑެއް ދިނުމަށް ނިންމައިފި
10 މާރިޗު 2017

ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު

10 މާރިޗު 2017
ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު
27 ފެބުރުއަރީ 2017

ބޫޓާން ސްޓޮކް އެކްސްޗޭންޖްއާ އެކު ސްޓޮކް މާކެޓް ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

27 ފެބުރުއަރީ 2017
ބޫޓާން ސްޓޮކް އެކްސްޗޭންޖްއާ އެކު ސްޓޮކް މާކެޓް ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
12 ފެބުރުއަރީ 2017

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

12 ފެބުރުއަރީ 2017
އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް