Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ވެރިކަމުގެ ނިޒާމާމެދު ސިޔާސީންގެ ވިސްނުމަށް އައި ބަދަލު

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ބައެއް ބޭފުޅުން ވަކާލާތު ކުރައްވާ

ރާއްޖެ އެމްވީ | 18 އެޕްރީލު 2019 | ބުރާސްފަތި 07:45
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

ވެރިކަމުގެ ނިޒާމެއް އެކަށައެޅުމުގެ ބަހުސް ފެށި، އެއީ ޢާންމު ރައްޔިތުން ގޮތް ނިންމަންޖެހޭ ކަމެއްކަމުގައި ކަނޑައެޅުނީ 7 މެއި 2006 ދުވަހު ބޭއްވުނު ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޖަލްސާއިން ނިންމި ނިންމުމާ ގުޅިގެންނެވެ. ޤާނޫނުއަސާސީ އިސްލާޙްކުރުމަށް އެކުލަވާލެވުނު ޚާއްސަ މަޖިލީހުގެ ވަރަށް ގިނަ ވަގުތު ބަހުސްކުރީ ޤާނޫނުއަސާސީ ބިނާކުރާނީ ކޮން ނިޒާމެއްގެ މައްޗަށްކަމާމެދުގައެވެ. އެ މައްސަލައިގެ ބަހުސް ފެށުނީ ރައްޔިތުންގެ މަޖިލީހުގެ 83 ވަނަ ޖަލްސާގައެވެ. ގޮތެއް ނިންމުމަށްޓަކައި ވޯޓަށް އެހީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ 87 ވަނަ ޖަލްސާގައެވެ. އެ ޖަލްސާގައި ދިވެހިރާއްޖޭގައި ބާއްވަން ފެންނަ ނިޒާމަކާމެދު ވޯޓަށް އެހުމުން ރިޔާސީ ނިޒާމަށް ލިބުނީ 16 ވޯޓެވެ. ބަރްލަމާނީ ނިޒާމަށް ލިބުނީ، 39 ވޯޓެވެ. އެއީ މަޖިލީހުގެ ތަޅުމުން ކަމެއް ފާސްކުރެވިދާނޭ ޢަދަދަކަށް ނުވާތީ އަލުން ބަހުސްތައް ފެށުނެވެ.

ޤާނޫނުއަސާސީ އެކުލަވާލި މަޖިލީހުގައި މި ޖަހަންފެށި ސަކަރާތަކުން ޤާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް އޮތީ މަޑުޖެހިފައެވެ. އެންމެ ފަހުން ޚާއްސަ މަޖިލީހުގެ 93 ވަނަ ޖަލްސާއަށް ހުށަހެޅުނީ ރާއްޖޭގެ ވެރިކަން ހިންގާނޭ ނިޒާމަކާމެދު ޢާންމު ވޯޓަކަށް ދިއުމަށެވެ. މިއީ ރ.އަތޮޅުގެ މެންބަރު ޝަހީދު ޒަކީގެ ހުށަހެޅުއްވުމެކެވެ. ރާއްޖޭގެ ޤާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް ދިވެހިން ހަވާލުކުރީ ޚާއްސަ މަޖިލީހާއެވެ. އެ ޤާނޫނުއަސާސީގެ އެއްވެސް އަސާސަކާމެދު އެ މަޖިލީހުގެ މެންބަރުން ރައްޔިތުންގެ ޚިޔާލަކަށް ނާއްސަވައެވެ. ރާއްޖެ ހިންގާނީ ޔުނިޓަރީ ދައުލަތެއްގެ ގޮތުގައި ކަމަށް ނިންމީ ދިވެހިރައްޔިތުންގެ ވޯޓަކުންނެއް ނޫނެވެ.

އެހެންނަމަވެސް ވެރިކަން ހިންގާނޭ ނިޒާމެއް ކަނޑައެޅުމުގެ ބަހުސްތައް ދިގުލައިގެން ގޮސް އެންމެ ފަހުން، ރ.އަތޮޅުގެ ޢިއްޒަތްތެރި މެންބަރު، ޝަހީދު ޒަކީގެ ހުށަހެޅުމާ އެއްގޮތަށް ޢަމަލުކުރުމަށް ފާސްވިއެވެ. މިހުށަހެޅުން ފާސްވީއޭ ދެންނެވުމަށްވުރެ ފާސްކުރުވީ ކަމުގައި ދެންނެވުން ރަނގަޅެވެ. އިލެކްޓްރޯނިކް ސިސްޓަމުން ނަތީޖާ ދެއްކިއިރު މެންބަރުންގެ މޭޒުކޮޅުމަތީގައި ހުރި ސްކްރީނުން ފެންނަ ނަތީޖާއާ މަޖިލިސް ތަޅުމުގައި ހުރި ބޮޑު ސްކްރީނުން ފެންނަ ނަތީޖާއާވެސް ދިމާނުވެއެވެ. އެހެންކަމުން ވޯޓު އޮޅުވާލީކަމަށް ތުހުމަތުކޮށް މެންބަރުން ނިޒާމީ ނުކުތާތައް ނަގަން ފެށުމުން ރިޔާސަތުން ނިންމެވީ ރޯލްކޯލް ވޯޓަކަށް ދާށެވެ. ކޮންމެ މެންބަރަކު ވަކިން ތެދުވެވަޑައިގެން “އާދެ” ނުވަތަ “ނޫން” ވިދާޅުވެ ވޯޓު ދެއްވިއެވެ. ރާއްޖޭގެ ވެރިކަން ހިންގާނޭ ނިޒާމަކާމެދު ޢާންމު ވޯޓަކަށް ދިއުމަށް ފާސްވީ 58 މެންބަރުންގެ ވޯޓާ އެކުގައެވެ. އޭގެ ފަހަށް ބޭއްވުން ޢާންމު ވޯޓުގައި ހެޔޮވަރުގެ އަޣުލަބިއްޔަތަކުން ފާސްވީ ރާއްޖޭގައި ބާއްވަން ފެންނަނީ ރިޔާސީ ނިޒާމެއްކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މިހާރުވެސް އިސްކޮށް އެ އުޅުއްވަނީ ހަމަ އެއް ބޭފުޅުން ތަކެކެވެ. އޭރުގެ ރުށްގިނަ ބައެއް ބޭފުޅުން ސިޔާސީ ބިމުން ދުރަށްޖެހުނު ނަމަވެސް އަދިވެސް ތިބީ މައިގަނޑު އެއްބަޔެކެވެ. މި ބޭބޭފުޅުން ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުންވެސް ގައިމު ވާހަކަ ދައްކާފައި ހުންނާނެތާއެވެ. ދެއްކެވިފައިހުރި ވާހަކަފުޅުތައް އެބޭފުޅުންގެ ހަނދުމަފުޅުގައި ހަރުލާފައިހުރެދާނޭކަމާމެދު އަޅުގަނޑަށް ޝައްކެވެ. އޭގެތެރެއިން ލިޔުމަށް ތިރިކުރެވިފައިވަނީ ބައެއް ވާހަކަތަކެވެ.

ދިވެހިރާއްޖޭގެ ވެރިކަމުގެ ވައްޓަފާޅި ބަދަލުކުރަންވެއްޖެކަމަށް އެއްބަސްވެވަޑައިގެން އޭރުގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް “އިސްލާހީ އެޖެންޑާ” ގެ ނަމުގައި މަގުޗާޓެއް ހުށަހެޅުއްވިއެވެ. އެއީ 9 ޖޫން 2004 ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައެވެ. ރައީސް މައުމޫން ހުށަހެޅުއްވި އެ އެޖެންޑާގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި ސަރުކާރުގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހުންނަނީ ބޮޑުވަޒީރެކެވެ. ރައީސް މައުމޫން ވިދާޅުވިއެވެ. “މިހާރު މިއޮންނަ ގޮތުން ހެޑް އޮފް ސްޓޭޓްއާއި ހެޑްއޮފް ގަވަރމަންޓް އެއީ އެކެއް. މިހާރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނަ މީހަކީ ދައުލަތުގެ އެންމެ އިސްވެރިޔާ އަދި ސަރުކާރުގެ އެންމެ އިސްވެރިޔާ. އެކަމަކު ދުނިޔޭގެ އެހެން ތަންތަނަށް ވިސްނާއިރު ވަރަށް ގިނަ ތަންތަނުގައި އެދެބައި އޮންނަނީ ވަކިކޮށްފަ. ދައުލަތް ހިންގާ އެންމެ އިސްވެރިޔާއަކީ ރަސްކަލަކަށްވިޔަސް ރައީސްއަކަށްވިޔަސް އެއީ ވަކި މަޤާމެއް. އޭގެ ދަށަށް ބޮޑު ވަޒީރެއް އެބަހުންނަވާ. އިނގިރޭސި ވިލާތުގަ އެހެން. ފަރަންސޭސި ވިލާތުގަ އެހެން. އިންޑިއާގަ އެހެން. ޕާކިސްތާނުގަ އެހެން. ސްރީލަންކާގަ އެހެން. ސިންގަޕޫރުގަ އެހެން. މެލޭޝިއާ އަދި މިސްރުގައިވެސް އެހެން. ދެން ބަލާލެއްވި ކޮންމެ ދިމާއެއްގައި ވަރަށް ގިނައިން އޮންނަ ނިޒާމެއް އެއީ. އެހެންކަމުން އެއީ އެކެއްގެ އަތުގައި ވަރަށް ގިނަ ބާރު އޮންނަ އޮތުން ނިމުމަކަށް ގެންނަ ނިޒާމަކަށްވާތީ، ރާއްޖޭގައިވެސް ބޮޑުވަޒީރަކު ހުންނަ ގޮތަށް ނިޒާމު ބަދަލުކުރުމަށް ހުށަހެޅުމަށް އަޅުގަނޑު މި ނިންމީ.” ރައީސް މައުމޫން ވިދާޅުވި ގޮތުން، ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި ބޮޑުވަޒީރުގެ މަޤާމަށް ހޮވޭނީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ހޯދާ ޕާޓީއިން ކަނޑައަޅާ ލީޑަރެކެވެ. ހުންނަވާނީ ވަކި މުއްދަތަކަށްކަމަށާއި އެއީ 5 އަހަރުތޯ 4 އަހަރުތޯ ނުވަތަ 3 އަހަރުތޯ ކަނޑައަޅާނީ ކަމަށެވެ. ވެރިކަމުގެ ނިޒާމުގެ މައްސަލައިގައި ރައީސް މައުމޫން އޭރު އިޚްތިޔާރު ކުރެއްވީ ބަރުލަމާނީ ނިޒާމެކެވެ.

ދެން އައީ އެމް.ޑީ.ޕީ. ގެ ބަހެވެ. އެ ޕާޓީގެ އޭރުގެ ޗެއަރޕަރސަން ރައީސް މުޙައްމަދު ނަޝީދުއާ އެމަނިކުފާނުގެ އެކުވެރި ބޭފުޅުންގެ ބަހަކަށްވީ ރާއްޖޭގައި އޮންނަންވާނީ 3 ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްކަމަށެވެ. ތިންބާރުވަކިކުރާ މައިދާނުގެ ގޮތުގައި ވަކި ސަރައްހައްދެއް މަޝްހޫރުކޮށް ސިޔާސީ އެއްވުންތައް ބާއްވާ މައިދާނަކަށް ވެގެންދިޔައީވެސް އެ ނިޒާމީ ބަހުސްގެ ތެރެއިންނެވެ. ރަށްރަށަށް ވަޑައިގެން ބަރުލަމާނީ ނިޒާމުގެ ހުތުރުކަމާމެދު ނުދައްކާކަށް ވާހަކައެއް ނެތެވެ. އޭރު އެމް.ޑީ.ޕީ ގެ ވިސްނުމުގައި ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް އެއްގޮތަކަށްވެސް ކަމުދާ ނިޒާމެއް ނޫނެވެ. ރާއްޖޭގައި އޮންނަންވާނީ 3 ބާރުވަކިވެފައިވާ ރިޔާސީ ނިޒާމެކެވެ.

ރާއްޖޭގެ ވެރިކަން ހިންގާނޭ ނިޒާމަކާމެދު ޢާންމު ވޯޓަކަށް ދިއުމަށް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ 93 ވަނަ ޖަލްސާއިން ފާސްކުރުމުން، ރައީސް މައުމޫން އިޢުލާނުކުރެއްވީ އެމަނިކުފާނާ އެމަނިކުފާނުގެ ޑީ.އާރު.ޕީ އިން ތާއީދު ކުރައްވަނީ 3 ބާރު ވަކިވެފައިވާ ފުރިހަމަ ރިޔާސީ ނިޒާމަކަށް ކަމަށެވެ. އެހެން ހެދީމާ އެއެރުނީ އެމް.ޑީ.ޕީ އާ އެއްގަލަކަށެވެ. އެހެން އެކަން އޮވެގެން ނުވާނޭތާއެވެ. އެމް.ޑީ.ޕީއިން އޭރުވެސް ތިބީ ރިޔާސީ ނިޒާމުގެ މޮޅު ވާހަކައިގައެވެ. ރައީސް މައުމޫންގެ އިއުލާނާއެކު އެމް.ޑީ.ޕީ އިން އަނެއް ފަރާތަށް މޫނު އަނބުރާލައި، ރާއްޖޭގައި އޮންނަންވާނީ ބަރުލަމާނީ ނިޒާމެއްކަމަށް އިޢުލާނުކުރިއެވެ. ރައީސް ނަޝީދާއި ރައީސް މައުމޫންގެ ސަޕޯޓަރުން، ގެންދިޔައީ އެ ދެބޭފުޅުން ކުރިން ނިންމެވި ގޮތަށް ކެމްޕެއިން ހިންގަވަމުންނެވެ. ދެބޭފުޅުންވެސް އެގޮތް ބަދަލުކުރެއްވިކަން އިޢުލާނުކުރެވުމުން، ސަޕޯޓަރުންވެސް އެ ދެބޭފުޅުންގެ ފަހުގެ ރަޢުޔާ އެއްގޮތަށް ބަދަލުވިއެވެ. އެހެން ވެދާނެއެވެ. ނަމާދަށް ތިއްބާ ޤިބްލަ ބަދަލުކުރެވުނުކަން އެންގެވުމުން ވަގުތުން އައު ޤިބްލައަށް ކުރިމަތިލީ ނޫންތޯއެވެ. ސިޔާސީ މަސައްކަތުގެ ޤަބޫލުކުރުންތަކަކީވެސް ބައެއްފަހަރު އެކަހަލަ ކަމެކެވެ.

ނިޒާމުގެ މައްސަލައިގައި ދިޔައީ ފޯރިގަދަ ކެމްޕެއިންއެކެވެ. އެއީ އަޅުގަނޑުވެސް ވޯޓުލީ ފުރަތަމަ އިންތިޚާބެވެ. ވޯޓުގެ ނަތީޖާ ލިބުނުއިރު، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ބޭނުންވީ ރިޔާސީ ނިޒާމެއްކަމަށް ފެނުނެވެ. އެ އިންތިޚާބުގެ ވޯޓު އޮޅުވާލާފައިވާކަމަށް އެމް.ޑީ.ޕީ އިން ތުހުމަތުކުރިއެވެ. އެހެންނަމަވެސް އެ އިންތިޚާބުގެ ނަތީޖާ ޤަބޫލުކުރާކަމަށް ފަހުން އިޢުލާނުވެސް ކުރެއްވިއެވެ. އޭގެ ފަހުން، ޕާޓީގެ ޖަލްސާތަކުގައި ޕާޓީގެ ލީޑަރުންވެސް ވިދާޅުވަމުން ގެންދެވީ ރާއްޖޭގައި އޮންނަންޖެހޭނީ ރިޔާސީ ނިޒާމެއް ކަމުގައެވެ. ބަރުލަމާނީ ނިޒާމަށް އެމްޑީޕީއިން ކުރި ތާއީދަކީ ސިޔާސީ ގޮތުން އެމްޑީޕީގެ ހުރިވަރު ދެނެގަތުމަށްޓަކައި ކުރި ކެމްޕެއިނެއްކަމުގައެވެ. އޭގެ ނަތީޖާއާމެދު އެމްޑީޕީ އޮތީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.

އޭގެ 12 ވަރަކަށް އަހަރު ފަހުން، މިއަދު އަނެއްކާވެސް، ވެރިކަމުގެ ނިޒާމާމެދު ވާހަކަ ދެކެވެން ފަށައިފިއެވެ. ސިޔާސީ ބޮޑެތި ބޭފުޅުން އެ ވާހަކަ ދައްކަވަނީ ސިއްރުންނެވެ. ޢާންމުން އެވާހަކަ ވަރަށް ބާރަށް ދައްކަމުން އެބަ ގެންދެއެވެ. ޚާއްސަކޮށް އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ލިބުނު ބޮޑު ކާމިޔާބީއާއެކުވެސް އެވާހަކައިގެ އަޑު ގަދަވެއްޖެއެވެ. ސިޔާސީ އިސްބޭފުޅުން އަދި ތިއްބަވަނީ ހިމޭނުންނެވެ. ކިތަންމެ މަޑުމަޑުން މިވަގުތު ތިއްބެވި ނަމަވެސް މިއީ އެބޭފުޅުން އަދި ދައްކަވާނޭ ވާހަކަތަކެއްކަން ކަށަވަރެވެ. ރާއްޖެއަށް ރަނގަޅީ ކޮން ނިޒާމެއްތޯ މިއީ އަނެއްކާވެސް ފެށެންއުޅޭ ބަހުސެކެވެ.

އެޑިޓަރުގެ ނޯޓް: މިއީ ގާނޫނީ ވަކީލް މަހްފޫޒު ސައީދު ލިޔުއްވާފައިވާ ލިޔުމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީން އާ ބައްދަލުވި އައިޝާ އަށް.....!

ރައީސް ޔާމީން އާ ބައްދަލުވި އައިޝާ އަށް.....!

23 ނޮވެމްބަރު 2017
ރޮބަރޓް މުގާބޭ: އަނިޔާވެރި ވެރިއެއްގެ ދިގު ވެރިކަމުގެ ނިމުން

ރޮބަރޓް މުގާބޭ: އަނިޔާވެރި ވެރިއެއްގެ ދިގު ވެރިކަމުގެ ނިމުން

16 ނޮވެމްބަރު 2017
"އައިފޯން 8"ނެރުމަށް ކުޑަ ދުވަސްކޮޅެއް:އެންމެން ކެތްމަދުވެފައި 

"އައިފޯން 8"ނެރުމަށް ކުޑަ ދުވަސްކޮޅެއް:އެންމެން ކެތްމަދުވެފައި 

07 ސެޕްޓެމްބަރު 2017
އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތުގެ ކޮރަޕްޝަން

އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތުގެ ކޮރަޕްޝަން

03 ސެޕްޓެމްބަރު 2017
ބަޣްދާދީއަށްފަހު އައިސިސް: ވެރިކަމާއި ދެން ހަވާލުވާނީ ކާކު؟

ބަޣްދާދީއަށްފަހު އައިސިސް: ވެރިކަމާއި ދެން ހަވާލުވާނީ ކާކު؟

17 ޖުލައި 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު