Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އައިސިސް

ބަޣްދާދީއަށްފަހު އައިސިސް: ވެރިކަމާއި ދެން ހަވާލުވާނީ ކާކު؟

ބަޣްދާދީ މަރުވިކަން އައިސިސްއިން ވަނީ ކަށަވަރުކޮށްދީފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 17 ޖުލައި 2017 | ހޯމަ 17:36
ހަނގުރާމަވެރި އައިއެސް ޖަމާޢަތުގެ ލީޑަރު، އަބޫބަކުރު އަލް ބަޣްދާދީ

ހަނގުރާމަވެރި އައިއެސް ޖަމާޢަތުގެ ލީޑަރު، އަބޫބަކުރު އަލް ބަޣްދާދީ

ހަނގުރާމަވެރި އައިއެސް ޖަމާޢަތުގެ ލީޑަރު، އަބޫބަކުރު އަލް ބަޣްދާދީ މަރާލެވިފައިވާކަމަށް ހުޅަނގުގެ ބާރުތަކުން ބުނަމުން އައި ބުނުން މިހާރު އެވަނީ ޔަޤީން ވެފައެވެ. ދާދިފަހުން ނެރުނު ކުރު ބަޔާނެއްގައި އައިސިސް އިން ވަނީ ބަޣްދާދީ މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ. ހަނގުރާމަވެރިން ހިތްވަރު ދެރަ ނުކުރުމަށާއި، އަޚްވަންތަކަން ވަރުގަދަ ކުރުމަށާއި، ހާލަތަށް ލެނބި، ފަސްނުޖެހުމަށް އެ ބަޔާނުގައި އައިސިސް އިން ވަނީ ގޮވާލާފައެވެ.

ބަޣްދާދީގެ މަރާއިއެކު، މިއަދު އުފެދިފައިވާ އެންމެ ބޮޑު އެއް ސުވާލަކީ އޭނާގެ ބަދަލުގައި ދެން އައިސިސްގެ ވެރިކަމާއި، އެ ޖަމާޢަތުން އުފައްދާފައިވާ "ޚިލާފަތުގެ" ޚަލީފާކަމާއި ހަވާލުވާނެ މީހަކާއި މެދު އުފެދިފައިވާ ސުވާލެވެ.

އައިސިސްއިން އެ ޖަމާޢަތުގެ އައު ވެރިޔާ އަދި އިޢުލާނު ނުކުރި ނަމަވެސް، ކަށަވަރުވާ އެއް ކަމަކީ، ބަލިކަށިވަމުންދާ އެ ޖަމާޢަތުގެ ތެރޭގައި މިހާރުވެސް މި މައްސަލައިގައި ދެބަސްވުންތައް އުފެދިފައިވާކަމެވެ.

ބަޣްދާދީ މަރުވިކަން އެ ޖަމާއަތުން ރަސްމީކޮށް އިޢުލާނުކޮށް، އެވާހަކަ ދެއްކުމުގެ ހުއްދަ އެ ޖަމާޢަތުގެ ހަނގުރާމަވެރިންނަށް ދިން ހިސާބުން، ކިރްކުކްގެ ހަވީޖާގައި ހަރަކާތްތެރިވާ އެ ޖަމާޢަތުގެ ހަނގުރާމަވެރި ލީޑަރަކު ވަނީ ޖަމާޢަތުގެ އައު ވެރިޔާއަކީ އޭނާކަމަށް ދަޢުވާ ކުރަން ފަށާފައެވެ.

އައިސިސްގެ އިސް ލީޑަރުންގެ ނިންމުމަށް އިންތިޒާރުނުކޮށް، ހަވީޖާގެ ނައިބު މޭޔަރުކަމަށް އައިސިސްއިން ހަމަޖައްސާފައިވާ އަބޫ ހައިތަމް އަލް އުބައިދީ ވަނީ އައިސިސްގެ އައު ވެރިޔާ އަދި އައު ޚަލީފާއަކީ އޭނާކަމަށް ދަޢުވާ ކުރަން ފަށާފައެވެ.

އަބޫ ހައިތަމް އަލް އުބައިދީގެ މި ދަޢުވާ އައިސިސްގެ އިސް ފަރާތްތަކުން ޤަބޫލު ނުކުރުމުން، އޭނާއަށް ތަބާވާ ހަނގުރާމަވެރިންނާއި އެކު ހަވީޖާގެ ހުޅަނގުގައި އަބޫ ހައިތަމް އަލް އުބައިދީ މިހާރު ދަނީ ޖަމާޢަތުގެ ތެރޭގައި ހަނގުރާމައެއް ފެށުމަށް ތައްޔާރު ވަމުންނެވެ.

ބެލެވޭ ގޮތުގައި މި ހަނގުރާމަ ވެގެންދާނީ އައިސިސްގެ އެތެރޭގައި މިހާތަނަށް ހިނގާ އެންމެ ބޮޑު އެއް ހަމަނުޖެހުމަށެވެ.

އަބޫ ހައިތަމް އަލް އުބައިދީގެ ދަޢުވާ އެގޮތަށް އޮތްއިރު، އައިއިސްގައި މިހާރު އިސްކޮށް ތިބި ފަރާތްތަކުން އެ ޖަމާޢަތުގެ ވެރިކަމަށް އިސްކޮށްފާނެ ކަމަށް ބެލެވޭ މަޝްހޫރު ތިން ހަނގުރާމަވެރިއަކު އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ބަޣްދާދީގެ ޑިފެންސް މިނިސްޓަރު އިޔާދް އަލް އުބައިދީ އާއި ބަޣްދާދީގެ ސެކިއުރިޓީ އާއި ބެހޭ އިސްވެރިޔާ އަޔާދް އަލް ޖުމައިލީއެވެ. މި ދެ މީހުންނަކީވެސް އިރާޤުގެ ކުރީގެ ރައީސް، ސައްދާމް ޙުސައިންގެ ވެރިކަމުގެ ދުވަސްވަރު އިރާޤުގެ ބާތު ލަޝްކަރުގެ އިސް ދެ ސިފައިންނެވެ.

ނަމަވެސް، މި އަހަރުގެ އޭޕްރީލް މަހު އިރާޤާއި ސިރިއާ ގުޅޭ ބޯޑަރުގައި އޮންނަ އަލް ޤާއިމް ސަރަޙައްދަށް ދިން ހަމަލާއެއްގައި އަލް ޖުމައިލީ މަރުވެފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ޖުމައިލީ މަރުވިކަން އައިސިސްއިންވެސް، އަދި ހުޅަނގުގެ ބާރުތަކުންވެސް ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، މިފަދަ ވާހަކައެއް ފެތުރިފައިވުމުން، ޤަބޫލު ކުރެވޭ ގޮތުގައި މި ދެ ހަނގުރާމަވެރިންގެ ތެރެއިން އައިސިސްގެ ވެރިކަމަށް އިސްވުމާއި ބޮޑަށް ގާތީ، އައިސިސްގެ އައު ވެރިޔާކަމަށް އަމިއްލައަށް ދައުވާކުރާ އަބޫ ހައިތަމް އަލް އުބައިދީ އާއި އެއް އާއިލާއަށް ނިސްބަތްވާ އިޔާދް އަލް އުބައިދީއެވެ.

ފަހަކަށް އައިސް ހަނގުރާމައިގެ މައިދާނުގައި ގިނަ ބަލިތަކަކާއި ކުރިމަތިލާން ޖެހިފައިވާ އައިސިސްއަށް ބަޣްދާދީގެ މަރު ވެގެންގޮސްފައިވަނީ ފޫބެދުން ނާދިރު ގެއްލުމަކަށެވެ. ޚާއްސަކޮށް އަސްކަރީ ގޮތުން އެ ޖަމާޢަތް ވަނީ ޖަމާޢަތުގެ ހަޔާތުގައިވެސް ނުވާވަރަށް ބަލިކަށިވެފައެވެ.

މި ހާލަތުގެ ގޮތުން، އައިސިސްގެ އިސްވެރިންގެ ތާޢީދު ލިބިފައިވާ، ޖަމާޢަތުގެ ވެރިކަމަށް މަޤުބޫލު އެހެން ފަރާތެއްވެސް އެބަ ހުއްޓެވެ. އެއީ ލީބިއާގައި ހުންނަ އައިސިސްގެ ލީޑަރު، ޖަލާލުއްދީން އަލް ތޫނިސީއެވެ.

އައިސިސްގެ ވެރިކަމަށް ދެން އިސްވާނެ ކަމަށް ބެލެވޭ ޖަލާލުއްދީން އަލް ތޫނިސީ

ތޫނިސްގެ އިރުމަތީގައިވާ ވިލާޔަތު ސޫސާގެ މަސާކަން ކިޔާ ސަރަޙައްދަކަށް 1982 ވަނަ އަހަރު އުފަންވި ޖަލާލުއްދީން އަލް ތޫނިސީގެ އުފަން ނަމަކީ، މުޙައްމަދު ބިން ސަލީމް އަލް އަޔޫނީއެވެ. 1990 އިގެ އަހަރުތަކުގައި އޭނާ ވަނި ފްރާންސަށް ދިރިއުޅުން ބަދަލުކޮށް، އެ ޤައުމުގެ ރައްޔިތަކަށް ވެފައެވެ. އަލް ތޫނިސީ އެނބުރި ތޫނިސްއަށް ދިޔައީ، 2011 ވަނަ އަހަރު ތޫނިސްގެ އިންޤިލާބުގެ ތެރެއިންނެވެ.

ތޫނިސްގެ އިންޤިލާބަށްފަހު، ބިން އަލީގެ ވެރިކަން ބަދަލުވުމުން، ޖަލާލުއްދީން އަލް ތޫނިސީ ވަނީ ސިރިއާއަށް ދަތުރުކޮށް، ހަނގުރާމައިގައި ބައިވެރިވެފައެވެ. ސީރިއާއަށްގޮސް އޭނާ ގުޅިފައިވަނީ ސީރިއާގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދިޔަ ޖަބްހަތު ޣުރާބާ އަލް ޝާމް ޖަމާޢަތާއެވެ. އެ ޖަމާޢަތުން އޭރު ދިޔައީ، ސީރިއާ ސަރުކާރާއި ދެކޮޅު އެހެން ނަމަވެސް އެ ޖަމާޢަތުގެ ފިކުރާއި، ފިކުރު ތަފާތު ބައެއް އެހެން ހަނގުރާމަވެރި ޖަމާޢަތްތަކާއިވެސް ހަނގުރާމަކުރަމުންނެވެ. އޭގެ ތެރޭގައި އައިސިސްވެސް ހިމެނެއެވެ.

2013 ވަނަ އަހަރު އައިސިސްއިން ޖަބްހަތު ޣުރާބާ އަލް ޝާމްގެ ކޮމާންޑަރު، ހަސަން ޖަޒްރާ މަރާލުމާއި ވިދިގެން، ޖަލާލުއްދީން އަލް ތޫނިސީ ވަނީ ޣުރާބާ ޖަމާޢަތުގައި އޭރު ތިބި ހަނގުރާމަވެރިންނާއި އެކު އައިސިސް ޖަމާޢަތާއި ގުޅިފައެވެ. އަލަށް އައިސިސް އާއި ގުޅުނު ޣުރާބާ ބެޓަލިއަންގެ ވެރިއަކަށް ވެގެންދިޔައި ޖަލާލުއްދީން އަލް ތޫނިސީއެވެ.

ޖަލާލުއްދީން އަލް ތޫނިސީ އައިސިސް އާއި ގުޅި އަބޫބަކުރު އަލް ބަޣްދާދީއަށް ބައިއަތު ހިފިކަން އިޢުލާނު ކުރީ 2014 ވަނަ އަހަރުގެ ކުރީކޮޅެވެ. މީޑިއާއަށް އޭނާ އެންމެ ފުރަތަމަ ހާމަވެގެން ދިޔައީ 2014 ވަނަ އަހަރު، އިރާޤާއި ސީރިއާ ގުޅޭ ބޯޑަރުގައި ނަގާފައިވާ އޭނާގެ ވީޑިއޯއެއް އާންމު ކުރުމުންނެވެ.

ލީބިއާގައި އައިސިސްއަށް ލިބެމުންދިޔަ ނާކާމިޔާބީ ތަކާއި، ޚާއްސަކޮށް، ސިރުތުގައި އެ ޖަމާޢަތުން ކުރިމަތިލާން ޖެހުނު ނާކާމިޔާބީގެ ސަބަބުން، އަބޫބަކުރު އަލް ބަޣްދާދީ ވަނީ ލީބިޔާގައި ހުންނަ އައިސިސްގެ އަމީރުގެ މަޤާމަށް ޖަލާލުއްދީން އަލް ތޫނިސީ ހަމަޖައްސާފައެވެ. އައިސިސްއިން ހާމަކޮށްފައިވާ ގޮތުގައި ލީބިއާގައި އައިސިސްގެ އަމީރުކަމަށް ޖަލާލުއްދީން އަލް ތޫނިސީ ހަމަޖެއްސީ، އޭނާއަކީ ލީބިއާގައި އައިސިސްގެ ބާރު ފެތުރޭނެ ފެންވަރުގެ ވެރިއެއް ކަމާއި، ހަނގުރާމައިގެ މައިދާނުގައި ކާމިޔާބު ހޯދޭނެ ފަދަ ހަނގުރާމަވެރިއެއް ކަމަށް އަބޫބަކުރު އަލް ބަޣްދާދީ ދެކޭތީއެވެ. އަދި ހަމަ މިއާއިއެކު، އަލް ޤައިދާއާއި ގުޅުން އޮންނަ އޮޤްބާ އިބްން ނަފީ ފަދަ އުތުރު އެފްރިކާގެ ހަނގުރާމަވެރި ޖަމާޢަތްތަކާއި ޖަލާލުއްދީން އަލް ތޫނިސީއާއި މެދު އޮތް ގާތް ގުޅުމަކީވެސް އޭނާ މި މަޤާމަށް ހަމަޖެއްސުމުގެ ފަހަތުގައިވާ އެއް ސިއްރެވެ. އޭނާގެ ނުފޫޒާއި އެކު އޮޤްބާ އިބްން ނަފީގެ ބައެއް ހަނގުރާމަވެރިން ވަނީ އަލް ޤައިދާގެ ފިކުރު ދޫކޮށް، އައިސިސް އާއި ގުޅިވެސްފައެވެ.

ފަހުގެ ތާރީޚުގައި އައިސިސްއަށް އިރާޤުގައި ލިބެމުންދާ ނާކާމިޔާބީ އާއިއެކު އެ ޖަމާޢަތުގެ ޝައުޤު އެންމެ ބޮޑަށް ހުރީ އުތުރު އެފްރިކާ އާއި ދިމާލަށެވެ. އައިސިސްއަށް ހަމަ ނޭވާއެއް ލެވެން އޮތް ހަމައެކަނި ގޮތަކީވެސް އުތުރު އެފްރިކާއަށް ފެތުރިގަނެ، އެ ސަރަޙައްދުގައި އެ ޖަމާޢަތުގެ ހަންފެތުރުމެވެ. އެ މަސައްކަތް ފަށަން އައިސިސްއަށް އެންމެ މުނާސަބު ޤައުމަކަށް ވާނީ ލީބިއާއެވެ.

އައިސިސްގެ ހަނގުރާމަވެރިންތަކެއް

ލީބިއާގެ ކުރީގެ ލީޑަރު، ކާނަލް މުޙައްމަދު މުއައްރު އަބޫ މިންޔާރް ގައްޒާފީގެ ވެރިކަން ވައްޓާލީއްސުރެ އަދިއަދާއި ހަމައަށްވެސް ލީބިއާއަށް ވަނީ ފުރިހަމަ ހަމަޖެހުމެއް ނުލިބިއެވެ. އަދި ޚާއްސަކޮށް އެ ޤައުމުގެ ދެކުނުގައިވާ ސަރަޙައްދުތައް އެވަނީ އެއްވެސް ހުރަހެއްނެތި ހަނގުރާމަވެރިންނަށް ނުހަނު ފަސޭހައިން ޤާއިމްވެ ތިބެވޭނެ ފަދައިން ސަލާމަތީ އެއްވެސް ބާރެއްގެ ބެލުމެއް، ބާރެއް ނެތިއެވެ.

ހަނގުރާމަވެރި ޖަމާޢަތްތައް އެކުވެ، އައު ހަނގުރާމަވެރިން ހޯދައި، ހަނގުރާމަވެރިން ތަމްރީނު ކުރުމަށް އެ ސަރަޙައްދު އެވަނީ ނުހަނު ފަސޭހަ ސަރަޙައްދަކަށް ވެގެން ގޮސްފައެވެ.

ލީބިއާގައި ހުރި އައިސިސްގެ އަމީރުގެ ހައިސިއްޔަތުން، މިއީ އައިސިސްގެ ވެރިކަމަށް އައުމަށް، ޖަލާލުއްދީން އަލް ތޫނިސީއަށް އޮތް ބޮޑު ބާރެކެވެ.

އައިސިސްއަށް މިވަގުތު އެންމެ މުހިއްމު ކަމަކީ އަސްކަރީ ގޮތުން އެ ޖަމާޢަތް ވަރުގަދަކޮށް ގެއްލިފައިވާ މުހިއްމު ސިޓީތައް އަލުން ހިފުން ކަމުގައިވާއިރު، މި މަސައްކަތަށް އެންމެ އެކަށޭނަ މީހެއްގެ ގޮތުގައި މިވަގުތު ފެންނަނީވެސް، އަދި އެ މަޤާމަށް އައްޔަން ކުރާނެ ކަމަށް ބެލެވެނީވެސް ޖަލާލުއްދީން އަލް ތޫނިސީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝާހިދު ސަރުކާރަށް، ދެން ކާކު؟

ޝާހިދު ސަރުކާރަށް، ދެން ކާކު؟

02 ނޮވެމްބަރު 2018
ޖަމާލް ޚަޝޯގީ އަކީ ކާކު؟

ޖަމާލް ޚަޝޯގީ އަކީ ކާކު؟

17 އޮކްޓޯބަރު 2018
ތޮއްޑޫއަށް އިހުމާލުވެފައި: ޒިންމާނަގަނީ ކާކު؟

ތޮއްޑޫއަށް އިހުމާލުވެފައި: ޒިންމާނަގަނީ ކާކު؟

23 އޯގަސްޓު 2018
ރައްޔިތުންގެ ބައިތުލްމާލު 'ދަވާލީ' ކާކުކަން އެންމެންނަށް ވެސް އެނގޭ!

ރައްޔިތުންގެ ބައިތުލްމާލު 'ދަވާލީ' ކާކުކަން އެންމެންނަށް ވެސް އެނގޭ!

24 ޖުލައި 2018
މިއީ އަނިޔާވެރިކަމާއި ދެކޮޅަށް ބަސް ބުނަން ލިބޭނެ އެންމެ ފަހު ފުރުސަތު؟

މިއީ އަނިޔާވެރިކަމާއި ދެކޮޅަށް ބަސް ބުނަން ލިބޭނެ އެންމެ ފަހު ފުރުސަތު؟

05 ޖުލައި 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު