Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރަޖްވަންތުގެ ވާހަކަ

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

ކްލަބް ފޫޓް ނަމަކަށް ކިޔާ ބައްޔެއް ޖެހިފައި ހުރި ކުއްޖެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 25 ޖޫން 2017 | އާދީއްތަ 15:45
ރަޖްވްންތު އޭނާގެ ބައްޕައާއި އެކު

ރަޖްވްންތު އޭނާގެ ބައްޕައާއި އެކު

އިންޑިއާގެ ޕަންޖާބުގެ ކުޑަ އަވަށަކަށް އުފަން އުމުރުން 18 އަހަރުގެ އަންހެން ކުއްޖެއް ކަމަށްވާ ރަޖްވަންތު ކޯރް އަކީ އުފަންވިއިރު ކްލަބް ފޫޓް ނަމަކަށް ކިޔާ ބައްޔެއް ޖެހިފައި ހުރި ކުއްޖެކެވެ. މި ބަލި ޖެހިފައިވަނީ ކުއްޖާގެ ވާތު ފަޔަށެވެ.

މި ބަލީގެ ސަބަބުން ވާތު ފައިގައި 8 އިނގިލި ހުރުމުން ރަޖްވަންތަށް ވަނީ ހިނގަން އުނދަގޫވެ ހެޔޮވަރު ފައިވާނެއް ލިބޭ ގޮތް ނުވެފައެވެ.

ފައިގެ މި ބަލީގެ ސަބަބުން އާންމު ދިރިއުޅުމުގައި ކުރަން ޖެހޭ ކަންތައްތަކަށް ހުރަސް އެޅި އާއިލާގެ އެހެން މެންބަރުންގެ އެހީތެރިކަންވަނީ ހޯދުމަށް ރަޖްވަންތަށް ވަނީ މަޖުބޫރުވެފައެވެ. ކުއްޖާގެ މައިންބަފައިންގެ މާލީ ހާލަތު ތަން ނުދިނުމުގެ ސަބަބުން މި ބައްޔަށް ފަރުވާ ކުރުމަށް ކުރަންޖެހޭ އޮޕަރޭޝަންވެސް މިހާތަނަށް ވަނީ ކުރެވޭ ގޮތް ނުވެފައެވެ.

މިކުއްޖާގެ ބައްޕަ ބުނެފައިވާ ގޮތުގައި މުސާރައިގެ ގޮތުގައި ކުޑަ އުޖޫރައެއް ލިބުމުގެ ސަބަބުން އޮޕަރޭޝަނަށް ޚަރަދު ކުރެވޭވަރަށް އަތުގައި ފައިސާ ނެތުމުން އޭނާ ވަރަށް ބޮޑަށް އެކަމާ ދެރަވެ ހިތާމަކުރެއެވެ. އަދި އޭނާއަށް ލިބުނު އެހެން ކުދިންނަކީ މިކަހަލަ އެއްވެސް ނުކުޅުދުންތެރިކަމެއް ހުރި ކުދިން ނޫން ކަމަށާއި ހަމައެކަނި ރަޖްވަންތްއަށް މި ނުކުޅުދުންތެރިކަން ކުރިމަތިވެފައިވުމުން، އޭނާ އެކަމާ ވަރަށް ފިކުރު ބޮޑުވެ ހާސްވާކަމަށްވެސް އޭނާ ބުންޏެވެ.

މިދިޔަ އަހަރު ރަޖްވަންތު ވަނީ އިންޑިއާގެ ނެޝެނަލް ހެލްތް މިޝަންގެ ފަރާތުން ބޭއްވި ހިލޭ ބޭސްފަރުވާ ކޮށްދޭ ކޭމްޕަކަށް ގޮސްފައެވެ. މި ކޭމްޕްގައި ރަޖްވަންތަށް އޮތޯޕީޑިކް ސާޖަންއެއް ކަމަށްވާ ޑރ. ރަތަންލާލް މިއްތަލްއާ ވަނީ ދިމާވެފައެވެ. އަދި ޑރ ރަތަންލާލް ވަނީ ރަޖްވަންތުގެ އޮޕަރޭޝަން ހިލޭ ކޮށްދިނުމަށް އާއިލާއަށް ވަޢުދުވެ މިދިޔަ އަހަރު އޮގަސްޓް މަހު އޮޕަރޭޝަން ކޮށްދީފައެވެ.

މި އޮޕަރޭޝަން ކާމިޔާބު ކަމާއި އެކު ނިންމާލުމަށްފަހު ޑރ ރަތަންލާލް ވިދާޅުވީ މި ބައްޔަކީ ވަރަށް މަދުން ފެންނަ ބައްޔެއް ކަމަށާއި ރަޖްވަންތްގެ ފައިގައި 8 އިނގިލި ހުރިއިރު، އެއް އިނގިލި ހުރީ ފައިތިލައިގެ އެތެރެއަށްވާ ގޮތަށް އުފެދިފައި ކަމަށެވެ.

ޑރ ރަތަންލާލް އިތުރަށް ވިދާޅުވެފައިވަނީ ފަރުވާ އިތުރަށް ލަސްވިނަމަ ރަޖްވަންތުގެ ތަނބި ކައްޓަށާއި ކަކުލަށް ގެއްލުން ލިބުނީސް ކަމަށެވެ. އަދި މުޅި ދުނިޔޭގައި ވެސް މި ކަހަލަ ސާޖަރީއެއް އެއްވެސް ޑޮކްޓަރަކު ކޮށްފައި ނުވާ ކަމަށާއި އޭނާއަށް މި އޮޕްރޭޝަން ކާމިޔާބު ކަމާއި އެކީ ނިންމާލެވެމުން އެކަމާ ފަޚުރުވެރިވާ ކަމަށެވެ.

ސާޖަރީކޮށް ނިމުނުއިރު ރަޖްވަންތުގެ ވާތު ފައި 2.5 އިންޗިއަށް ކުރުވެފައިވާ ކަމަށް ޑޮކްޓަރ ވިދާޅުވެފައިވެއެވެ. އަދި ފައިގެ ކުރުވި ބައި ދިގު ކުރުމަށް ކުރިއަށް އޮތް 3 މަސް ދުވަސް ތެރޭގައި އޮޕަރޭޝަން ކުރުމަށް ޑޮކްޓަރ ވަނީ ވަޢުދުވެފައެވެ.

ރަޖްވަންތުގެ ފައި އެއްކޮށް ރަގަޅުވާން ސާޖަރީއަށް ފަހު ވަރަށް ގިނަ މަސްތަކެއް ވަންދެން ފިޒިއޯތެރަޕީ ހަދައިފައިވާ ކަމަށްވެސް ޑޮކްޓަރ ވިދާޅުވެފައިވެއެވެ.

މި ސާޖަރީ ހިލޭ ކުރެވުމުން ރަޖްވަންތު ބުނީ އޭނާ ޑރ ރަތަންލާލަށް ޝުކުރު އަދާ ކުރާނެ ގޮތެއްވެސް އޭނާއަށް ނޭނގޭ ކަމަށާއި އޮޕްރޭޝަން ކުރެވެމުން ވަރަށް ބޮޑަށް އުފާވާ ކަމަށެވެ. އަދި އޭނާ އަށްވެސް އެހެން ކުދިންނެކޭ އެއްގޮތަށް ފައިވާނަށް އެރޭނެ ކަމަށާ އޭނާގެ އުންމީދަކީ ޓީޗަރަކަށް ވުން ކަމަށެވެ.

ރަޖްވަންތު ބުނީ ސާޖަރީގެ ސަބަބުން އޭނާ ދެކެމުން އައި ހުވަފެންތައް ހަޤީޤަތަކަށް ހެދުމަށް ފުރުސަތު ހުޅުވިގެން ދިޔަކަމަށާއި އޭނާ ދެކެމުން އަންނަ ހުވަފެންތައް ހުއްޓާނުލާނެކަމަށެވެ. ކުރިއަށް އޮތްތާނގައި އުޖާލާ މުސްތަޤްބަލަކަށް އުންމީދު ކުރާކަމަށްވެސް ރަޖްވަންތު ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

12 ޖުލައި 2017
ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

ޝާހުރުކް ޚާންގެ ފިލްމީ ހަޔާތަށް 25 އަހަރު: ހުރިހާ ޝުކުރެއް ސަޕޯޓަރުންނަށް!

28 ޖޫން 2017
ހުރިހާ ދިމާލަކުން ޖަރީމާ، ގާނޫނު ހަދާ މަޖިލީހުން ވެސް ހިންގަނީ ޖަރީމާ!

ހުރިހާ ދިމާލަކުން ޖަރީމާ، ގާނޫނު ހަދާ މަޖިލީހުން ވެސް ހިންގަނީ ޖަރީމާ!

14 ޖޫން 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017

އަހަރުތަކުން މިއަދު

25 ޖެނުއަރީ
ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!
20215 އަހަރު ކުރިން
ރާއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!
20197 އަހަރު ކުރިން
ރިޕޯޓު

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު