Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއައިފޯނު 8

އައިފޯން 8: އެޕަލްގެ އެންމެ އަގު ބޮޑު ފޯނު

4 ޖޫން 2017 | އާދީއްތަ 13:41

އައިފޯނުގެ އައު ޕްރޮޑަކްޓާއި ގުޅޭ ކޮންފަރެންސް ޖޫން 5، 2017

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 4 ޖޫން 2017 | އާދީއްތަ 13:41
އައިފޯނު 8 މެދުގައި

އައިފޯނު 8 މެދުގައި

ދުނިޔޭގެ ބާޒާރުގައި އެންމެ ގިނަ ބައެއްގެ މެދުގައި މަޤްބޫލުކަން ހޯދާފައި އަދި ކަސްޓަރަމަރުން އެންމެ އިންތިޒާރުކުރާ އައިފޯން ސީރީސްގެ އެންމެ ފަހުގެ އުފެއްދުން ބާޒާރަށް ނެރެން ދަނީ ތައްޔާރުވަމުންނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސެޕްޓެމްބަރ މަހުގެ ތެރޭގައި ބާޒާރަށް ނެރޭ މިފޯނުގެ ތަފާތު ވާހަކަ މިހާރުވެސް ދަނީ ދެކެވެމުންނެއެވެ. އައިފޯން އާއި ވާދަކުރާ ފަރާތްތަކުން އަބަދުވެސް ބަލަމުންދާއެއް ކަމަކީ އައިފޯނުގައި ހިމަނާފައިވާ ފީރޗާސްތަކަކީ ކޮބައިތޯ އެވެ. އެހެންކަމުން ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ އައިފޯނުގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ އައިފޯން 8ގެ ފީޗާސްތަކަށް ބަލާލާނަމެވެ.

އައިޕޯން އަށެއް މިއީ ވަރަށް ހާއްސަ ފޯނަކަށް ވަނީ ވެފައެވެ. އެގޮތުން އައިފޯން ބާޒާރަށް ނެރެން ފެށި ފަހުން އައިފޯން 8 ވެގެންދާނީ އައިފޯން ރޭންޖުގެ ދިހަ ވަނަ ފޯނަށެވެ. މިއީ ސެމްސަންގ އިން ނެރެފައިވާ ގެލެކްސީ ނޯޓް 8 އާއި ވާދަކޮށްލެވޭ އަދި ފީޗާސްގެ ގޮތުން މާމޮޅު ފޯނަކަށް ވެގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އައިފޯނުގެ އުފެއްދުންތަކާއި ގުޅޭގޮތުން ކޮންމެ އަހަރަކުވެސް ދުނިޔޭގެ ފެންވަރުގައި ބާއްވާ ކޮންފަރެންސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 5، 2017 ގައެވެ.

އައިއޯއެސް 11 އާއި އެކު ބާޒާރަށް ނެރޭ މިފޯނުގައި ވަޔަރލެސްކޮށް ޗާރޖް ކުރެވުމާއި، ވަރޗުއަލް ރިއަލިޓީ ފީރޗަސްއާއި ފިންގަރ ޕްރިންޓް ސެންސަރ ހިމެނޭ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެޕަލްއިން ދެން އެންމެ އަވަހަށް ބާޒާރަށް ނެރޭނެ ފޯނަކީ އައިފޯން 8 ކަމަށް ގިނަ ބަޔަކު ބުނަމުންދިޔަ ނަމަވެސް މިފޯންގެ ނަމުގެ ގޮތުގައި ތަފާތު އެތައް ނަމެއް ކިޔާފާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން އައިފޯން 10، އައިފޯން އެކްސް، އައިފޯން އެޑިޝަން، ނުވަތަ އައިފޯން ޕްރޯއެވެ. އެހެންނަމަވެސް އައިފޯން 8 އެއީ، އަލަށް ނެރޭ ފޯނަށް ކިޔާނެ އެންމެ އެކަށީގެންވާ ނަން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އައިފޯން 8ގެ ސްކްރީން، އައިފޯން 7 ޕްލަސްއަށް ވުރެ ސްކްރީންއަށް ވުރެ ބޮޑުވާނެ އެވެ. ޑުއަލް ކެމެރާ ހުންނާނީ ފުރަގަހުން ވާރޓިކަލްކޮށް ކަމަށްވާއިރު، މިއީ ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުން ދައްކުވައިދޭ ކަމެއް ކަމަށް އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވިއެވެ.

ފިޒިކަލް ހޯމް ބަޓަންއާއެކު ފަރުމާކޮށްފައިވާ މިފޯނުގެ އޯލެޑް ސްކްރީން ހުންނަ ކަމަށާއި އެޗްޑީ ފީޗާސްވެސް ހުންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން މިއީ ހުރިހާ ގޮތަކުން ވަރަށް ތަފާތު ފީޗާސްތައް އެކުލެވިގެންވާ ފޯނެއް ކަމަށް ވަނީ ބެލެވެން ފަށާފައެވެ.

އައިފޯން 8 ގައި 5.8 އިންޗީގެ ސްކީންއެއް ހިމަނާފައިވާއިރު، އައިފޯން 8 އާއި އެކު އިތުރު ދެ މޮޑިއުލްއެއް ބާޒާރަށް ނެރޭނެ ކަމަށް ބެލެވެއެވެ. އެޕަލްގެ ތާރީހުގައިވެސް މިހާތަނަށް ކޮންމެ އައު އުފެއްދުމަކާއި އެކު އިތުރު މޮޑިއުލްތައް ނެރެމުންދާކަން ފާހަގަކުރެވެއެވެ. ގިނަ ރިޕޯޓްތައް ބުނާގޮތުން އައިފޯން 8އާއި އެކު އައިފޯން 7އެސްގެ އިތުރު ދެ މޮޑިއުލްއެއް ނެރޭނެ ކަމަށް ވަނީ ބެލެވިފައެވެ.

އެޕަލްގެ ތާރީހުގައިވެސް އައިފޯން 8 ވެގެންދާނީ އެކުންފުނީގެ އެންމެ އަގުބޮޑު ފޯނަށެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!
11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
06 މާރިޗު 2017

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!
03 މާރިޗު 2017

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

03 މާރިޗު 2017
"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި

04 ފެބުރުއަރީ 2017
އައްޑޫ އެވޯޑް: ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި ކޮށްދެވަމުން ގެންދަވާ އެތައް ބައެއްގެ އަގު ވަޒަންކޮށްފި
03 ފެބުރުއަރީ 2017

އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް

03 ފެބުރުއަރީ 2017
އުމުރު ނުފުރޭ ކުދިން ސައިކަލް ދުއްވުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން: ޕޮލިސް
31 ޖެނުއަރީ 2017

ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!

31 ޖެނުއަރީ 2017
ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް