Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އައިއެސް ހަނގުރާމަ

އީރާނަށް އައިއެސް ވަނީތަ؟

އައިއެސް އުފެދުނު ފަހުން އީރާނަށް އަމާޒުވި ފުރަތަމަ ހަމަލާ އަމާޒުވީ ޖޫން 7ގައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 8 ޖޫން 2017 | ބުރާސްފަތި 04:49
 އައިއެސް އުފެދުނު ފަހުން އީރާނަށް އަމާޒުވި ފުރަތަމަ ހަމަލާ އަމާޒުވީ ޖޫން 7ގައި

އައިއެސް އުފެދުނު ފަހުން އީރާނަށް އަމާޒުވި ފުރަތަމަ ހަމަލާ އަމާޒުވީ ޖޫން 7ގައި

އިސްލާމިކް ސްޓޭޓް އޮފް އިރާގް ސީރިޔާ އެންޑް ލެވަންޓް(އައިސިސިލް) ނުވަތަ އިސްލާމިކް ސްޓޭޓް އޮފް އިރާގު (އައިސިސް)އިން އެ ޖަމާއަތުގެ އަމިއްލަ ޚިލާފަތެއް އިއުލާނުކުރީ 2014 ވަނަ އަހަރުއެވެ.

އިރާގާއި ސީރިޔާގެ ބޮޑުބައެއް ކޮންޓްރޯލްކޮށް ސީރިޔާގެ ރައްޤާއަކީ އައިއެސްގެ ވެރިރަށްކަމުގައިވަނީ ކަނޑައަޅާފައެވެ. ސުންނީ އިސްލާމީ ޖަމާއަތެއްކަމަށް ހެދިގެން އުޅޭ އެ ޖަމާއަތުންވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެރެރިސްޓް ހަމަލާތައްދީ ކުށެއް ނެތް އެތައް ބަޔަކު މަރާލާފައެވެ.ބައެއް ހަމަލާތައް ދެވޭއިރު ﷲ އަކްބަރު ފަދަ ކަލިމަތައް ކިޔައި މުސްލިމުންކަމަށް ދެއްކި ނަމަވެސް މެދުއިރުމަތީގެ އެންމެ ދުވަސްވީ އެއް މައްސަލަ ކަމަށްވާ އިސްރާއީލާ ފަލަސްތީނުގެ މައްސަލައަކީ މި ޖަމާއަތަކާވާ ބެހޭވެސް ކަމެއް ނޫނެވެ.މުސްލިމު ދުނިޔޭގެ އިތުރުން ޔޫރަޕުންވެސް އިސްރާއީލުން ފަލަސްތީނާމެދު ގެންގުޅޭ އުސޫލުތައް ކުށްވެރިކޮށް އުޅޭއިރު އިސްލާމީ ޚިލާފަތު އިއުލާނުކޮށްގެން އުޅޭ، ސަލަފުއް ސާލިހުންގެ ޒަމާނުގައި އޮތް ހިޖާޒުކަރަ ގެންނަން އުޅޭކަމަށް ދައުވާކުރާ އައިއެސްއަށް އިސްރާއީލަށް އިންޒާރެއްވެސް ދޭކަށް ނުކެރެއެވެ.

އިރާގާއި ސީރިޔާގައި ބަނޑަހަ ޖަހައިގެން ތިއްބަސް ދެކުނު އޭޝިއާއަށްވެސް އައިއެސްގެ ވަކިތައްވަނީ ފޯރާފައެވެ. 2016 ވަނަ އަހަރު ޖުލައިމަހު ބަންގްލަދޭޝްގެ ކެފޭއެއްގައި ހަމަލާދީ ޢާއްމުންގެ 22 މީހުން މަރާލި ހާދިސާއަކީ އެކަމުގެ އެއްހެއްކެވެ. މި ފަހަކަށް އައިސް އައިއެސްގެ ހަމަލާތައް އެންމެ ބޮޑަށް އަމާޒުވަނީ ފްރާންސާއި އިނގިރޭސިވިލާތާއި ބެލްޖިއަމްފަދަ ޔޫރަޕްގެ ގައުމުތަކަށެވެ.

މުސްލިމުންގެ ދިފާއުގައި އިސްލާމްދީން ކުރިއެރުވުމުގެ ނަމުގައި އައިއެސްއިން ކުށެއްނެތް އާއްމުން މަރަމުންދާއިރު ނަސްލު ނެތިކޮށްލުމަށް މުސްލިމުންނާ ދެކޮޅަށް މިޔަންމާގައި ހިންގާ ޖަރީމާތަކަކީ އައިއެސްގެ "ޚަލީފާ" ބޯޑު އަޅުވައިގެން އުޅޭ އަބޫބަކު އަލް ބަޣްދާދީއާ ވާކަމެއްވެސް ނޫނެވެ.

އީރާނަށް އައިއެސްގެ ފުރަތަމަ ހަމަލާ

ސުންނީ ޝީއައީ ތަޅާފޮޅުން ބޮޑު މެދުއިރުމަތީގެ އެއްވެސް ގައުމަކުން އައިއެސް ޖަމާއަތަށް ތާއިދެއް ނުކުރެއެވެ. މަޒުހަބީ ޚިލާފުތަކާއި އަދި ސިޔާސީ ބައެއް ޖަމާއްތަކުގެ ގޮތުގައި އުފެދިފައިވާ ބައެއް ޖަމާއަތްތަކަށް ގައުމުތަކުން ތާއީދުކުރެއެވެ. އޭގެ ބައެއް މިސާލުތަކަށްބަލާއިރު ލުބުނާނުގެ ހިޒްބުﷲ ޖަމާއަތަށް އީރާނުން ތާއީދުކުރާއިރު ފަލަސްތީނުގެ ހަމާސް ޖަމާއަތަށް ގަތަރުން ތާއީދުކުރެއެވެ.ސުންނީ ޖަމާއަތެއްކަމަށްބުނާ އައިއެސްއިން ސައުދީގައިވެސް ވަނީ ހަމަލާތަކެއް ދީފައެވެ. 2016 ވަނަ އަހަރު ޖުލައިމަހު މަސްޖިދުއް ނަބަވީގެ ކައިރީގައާއި އިތުރު ދެ ތަނެއްގައި ދިން ހަމަލާތައް ގުޅިފައިވަނީ އައިއެސް ޖަމާއަތާއެވެ.އެއް ހަމަލާ އަމާޒުކުރީ ޤާތިފްގައި ހުންނަ ޝިއައީ މިސްކިތަކަށެވެ. ހަމަލާތައް ދޭއިރު އެ ޖަމާއަތަކީ ސުންނީ ޝީއައީ ބެލުމެއް އޮންނަ ޖަމާއަތެއްކަމެއް ވަތްކެއްނުވެއެވެ.

އީރާނަކީ މެދުއިރުމަތީގައި ޝީއައީންގެ މައިމަރުކަޒުކަމުގައި ބުނެވެއެވެ. އޭގެ ސަބަބަކީ އެ ގައުމަކީ ޝީއައީންގެ އަޣުލަބިއްޔަތު ބޮޑު ގައުމަކަށްވުމެވެ.އައިއެސް އުފެދުނު ފަހުން އީރާނަށް އަމާޒުވި ފުރަތަމަ ހަމަލާ އަމާޒުވީ ޖޫން 7 2017ގައެވެ.

ވެރިރަށް ތެހެރާނުގައި ޤާނޫނުހަދާ މަޖިލީހާއި އާޔަތުﷲ ޚާމަނާއީގެ ޒިޔާރަތަށް ދިން ހަމަލާތަކުގައި 12 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވިއެވެ.

މިއީ 1979 ވަނަ އަހަރު އީރާނަށް ގެނައި އިސްލާމީ އިންގިލާބަށްފަހު އެގަމުގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ޓެރެރިސްޓް ހަމަލާއެވެ.

ހަމަލާގެ ޒިންމާ އައިއެސްއިން ނަގާފައިވާއިރު އެ ގައުމަށްވެސް އައިއެސް ވަނީ ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފުލުހުންގެ ތަރައްގީއަށް މިސަރުކާރުން ކުރާ މަސައްކަތް އިދިކޮޅަށް ހަޖަމް ނުވަނީތަ؟

ފުލުހުންގެ ތަރައްގީއަށް މިސަރުކާރުން ކުރާ މަސައްކަތް އިދިކޮޅަށް ހަޖަމް ނުވަނީތަ؟

08 އޯގަސްޓު 2021
ކޮވިޑް-19: ގޭގައި ތިބެގެން ވައިވަނީތަ؟ މިހުރީ ކުރެވިދާނެ ކަންކަން!!

ކޮވިޑް-19: ގޭގައި ތިބެގެން ވައިވަނީތަ؟ މިހުރީ ކުރެވިދާނެ ކަންކަން!!

16 މާރިޗު 2020
އިތުރު ގަޑީގެ ފައިސާ ދީގެން ޖަލްސާއަށް ބޯ ގިނަކުރި ހަނދާން ހަމަ ނުވަނީތަ؟

އިތުރު ގަޑީގެ ފައިސާ ދީގެން ޖަލްސާއަށް ބޯ ގިނަކުރި ހަނދާން ހަމަ ނުވަނީތަ؟

28 ފެބުރުއަރީ 2020
އިންޑިއާގެ ދަނޑުވެރިއަކުގެ ދަރިއެއް އައިއެސްރާއޯގެ ޗީފް ގެ މަގާމަށް ކުރި ދަތުރު

އިންޑިއާގެ ދަނޑުވެރިއަކުގެ ދަރިއެއް އައިއެސްރާއޯގެ ޗީފް ގެ މަގާމަށް ކުރި ދަތުރު

10 ސެޕްޓެމްބަރު 2019
19 ވަނަ މަޖިލީސްވެސް ސިއްރުވެރިވަނީތަ؟

19 ވަނަ މަޖިލީސްވެސް ސިއްރުވެރިވަނީތަ؟

19 ޖުލައި 2019

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު