Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރޮބަޓް މުގާބޭ

ރޮބަރޓް މުގާބޭ: އަނިޔާވެރި ވެރިއެއްގެ ދިގު ވެރިކަމުގެ ނިމުން

1988ވަނަ އަހަރުން ފެށިގެން ޒިމްބާބްވޭގެ ރައީސް، އޭގެ 8 އަހަރު ކުރިން ބޮޑުވަޒީރުކަން ކުރެއްވި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2017 | ބުރާސްފަތި 04:30
ޒިމްބާބްވޭގެ ރައީސް ރޮބަރޓް މުގާބޭ

ޒިމްބާބްވޭގެ ރައީސް ރޮބަރޓް މުގާބޭ

އުމުރުފުޅުން 93އަހަރުގެ ރޮބަރޓް މުގާބޭ އުފަންވެވަޑައިގެންނެވީ 1924ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21ވަނަ ދުވަހު ޒިމްބާބްވޭގެ ކުޓާމާގައެވެ.

ސިޔާސީ މައިދާނަށް ނިކުމެވަޑައިގަތުމުގެ ކުރިން މުގާބޭއަކީ ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. 1951ވަނަ އަހަރު ޒިމްބާބްވޭގެ ޔުނިވަރސިޓީ އޮފް ފޯޓް ހަރާރޭއިން ހިޒްޓްރީ އެންޑް އިންގްލިޝް އިން ޑިގްރީ ހާސިލްކުރެއްވުމަށް ފަހު އަވަށްޓެރި ޒެމްބިއާ އަދި ގާނާގައި ކިޔަވައިދެއްވަން މުގާބޭ މަސައްކަތްކުރެއްވިއެވެ. އަދި ޒިމްބާބްވޭގައިވެސް ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. މުގާބޭގެ އަތުގައި ޖުމްލަ 7 ޑިގްރީ އޮވެއެވެ. މިއީ ކިޔަވައި ވިދާޅުވެގެން ހޯއްދެވި ސެޓްފިކެޓްތަކެވެ. އަދި އޭގެ އިތުރަށް އެތައް ތަނަކުން އޮނަރަރީ ޑިގްރީތައް އަރުވާފައިވެއެވެ.

މުގާބޭ އިންގްލިޝް އަދި ހިޒްޓްރީ އިން ހޯއްދެވި ޑިގްރީގެ އިތުރުން ހެއްދެވި ޑިގްރީތަކަކީ:

  • ބެޗެލަރ އޮފް އެޑްމިނިސްޓްރޭޝަން: ޔުނިވަރސިޓީ އޮފް ސައުތު އެފްރިކާ
  • ބެޗެލަރ އޮފް އެޑިއުކޭޝަން: ޔުނިވަރސިޓީ އޮފް ސައުތު އެފްރިކާ
  • ބެޗެލަރ އޮފް ސައިންސް އިން އިކޮނޮމިކްސް: ޔުނިވަރސިޓީ އޮފް ލަންޑަން
  • ބެޗެލަރ އޮފް ލޯ: ޔުނިވަރސިޓީ އޮފް ލަންޑަން
  • މާސްޓަރ އޮފް ލޯ: ޔުނިވަރސިޓީ އޮފް ލަންޑަން
  • މާސްޓަރ އޮފް ސައިންސް އިން އިކޮނޮމިކްސް: ޔުނިވަރސިޓީ އޮފް ލަންޑަން

މުގާބޭގެ ސިޔާސީ ހަޔާތްޕުޅު ފެއްޓެވީ 1960ވަނަ އަހަރުއެވެ. އެގޮތުން އެ އަހަރު ޒިމްބާބްވޭގެ ނޭޝަނަލް ޑިމޮކްރެޓިކް ޕާޓީގެ ޕަބްލިސިޓީ ސެކެޓްރީއަށް އައްޔަން ކުރެވުނެވެ. އަދި ޖެހިގެން އައި އަހަރު ޒިމްބާބްވޭ އެފްރިކަން ޕީޕަލްސް ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެންނެވިއެވެ. ފަހުން އެޕާޓީ ހަރަކާތްތެރިވުން މަނާކުރެވުނެވެ. ސިޔާސީ މަސްރަހުގައި ޒިމްބާބްވޭގައި އޮތް އިނގިރޭސި ނަސްލުގެ ވެރިކަމާއި ދެކޮޅަށް ހިންގެވި ހަރަކާތްތަކާއިއެކު މުގާބޭ އެންމެ ފުރަތަމަ ޖަލަށް ލެވުނީ 1962ވަނަ އަހަރުގައެވެ. އަދި ޖެހިގެން އައި އަހަރު ޒާނޫ ޕާޓީ އުފައްދަވައި، އެޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މުގާބޭ ވަޑައިގަތެވެ.

1964 ވަނަ އަހަރު ޝަރީޢަތަކާއި ނުލައި އަނެއްކާވެސް މުގާބޭ ޖަލަށް ލެވުނެވެ. އަދި 1974 ވަނަ އަހަރު ޖަލުން ފިއްލަވައިގެން ވަޑައިގެން އެފްރިކާ ބައްރުގެ އެހެން ޤައުމެއް ކަމަށްވާ މޮޒަމްބީކްގައި ހުންނަވައިގެން ޒިމްބާބްވޭގެ އޭރުގެ ސަރުކާރާއި ދެކޮޅަށް އަސްކަރީ ހަރަކާތްތައް ހިންގެވިއެވެ. މިހަރަކާތްތައް 1979ވަނަ އަހަރާއި ހަމަޔަށް ދިގުދެމިގެން ދިޔައެވެ.

ޒިމްބާބްވޭގެ ހަމަނުޖެހުމަށް ނިމުމެއް އައީ 1979 ވަނަ އަހަރު އިއަން ސްމިތުގެ ވެރިކަން ނިމި، އެފްރިކާ ދަރިކޮޅުގެ އަތްމައްޗަށް ޒިމްބާބްވޭގެ ވެރިކަން ފުރޮޅިގެންނެވެ. އެއާއިއެކު 1980ވަނަ އަހަރު ޒިމްބާބްވޭގެ ބޮޑުވަޒީރުކަމުގެ މަޤާމަށް މުގާބޭ ވަޑައިގަތެވެ. އަދި 1987ވަނަ އަހަރާއި ހަމަޔަށް އެމަޤާމުގައި ހުންނެވުމަށްފަހު 1988ވަނަ އަހަރު ޒިމްބާބްވޭގެ ރައީސްކަމަށް ވަޑައިގަތެވެ. އޭރުއްސުރެ މިއަދާއި ހަމަޔަށް ޒިމްބާބްވޭގެ ރައީސްގެ މަޤާމުގައި އެހުންނެވީ ރޮބަރޓް މުގާބޭއެވެ.

އުމުރުފުޅުން 93އަހަރުގެ މުގާބޭ އެމަނިކުފާނުގެ އުމުރުފުޅުގެ 70ގެ އަހަރުތަކަށް އެޅިފަހުން އުޅުއްވަނީ މުޅިން ފިޓްކޮށެއް ނޫނެވެ. އަދި ޕެރަނޮއިޑްވެ، އެމަނިކުފާނު އަވަހާރަކޮށްލަން ބަޔަކު އުޅޭކަމަށް އަބަދު ވިދާޅުވެއެވެ.

މުގާބޭގެ ވެރިކަމުގެ ދުވަސްވަރު އެމަނިކުފާނާއި ދެކޮޅަށް އަޑުއުފުލައިފި މީހަކަށް ބޮޑެތި އަދަބުތައް ލިބެއެވެ. އެމަނިކުފާނާއި އިދިކޮޅު ނޫހެއް ވިއްޔާ ބަންދުކުރެއެވެ. މުގާބޭއާއިއެކު ޒިމްބާބްވޭގެ ވެރިކަމާއި ތޮޅުނު މީހުން ފޮނުވައިގެން އިނގިރޭސި ނަސްލުގެ މީހުން އެމީހުން ދަނޑުބިންތަކުން ބޭރުކޮށް، އެމީހުންނަށް އަނިޔާތައް ކުރިއެވެ. އަދި ސިޔާސީ ގޮތުން ވާދަވެރިންގެ ބޮލުގައި އެކިކަހަލަ ތުހުމަތުތައް އަޅުވައި ޖަލުގައި ބަންދުކުރެވި، މަޤާމުތަކުން ދުރުކުރެވުނެވެ.

ޤުދުރަތީ މުއްސަނދިކަން ލިބިގެންވާ ޒިމްބާބްވޭގެ އިޤްތިޞާދު ބޮއްސުންލައިގެން ދިޔުމުގެ ޒިންމާ މުގާބޭ ނަންގަވަން ޖެހޭކަމަށް ގިނަ މީހުން ޤަބޫލުކުރެއެވެ. ޒިމްބާބްވޭގެ ފައިސާގެ އަގު ވެއްޓި، ޕާނެއްގެ އަގު 45000 ޒިމްބާބްވޭ ޑޮލަރަށް އެރިއެވެ. އަދި އިންފްލޭޝަން އިތުރުވެ، 500 ބިލިއަން ޕަސެންޓަށް އަރައި، ޒިމްބާބްވޭގެ ފައިސާގެ އަގު އެއްކޮށް ވެއްޓުނެވެ. އިންފްލޭޝަން މިހާ މައްޗަށް ދިޔައީ 2008ވަނަ އަހަރާއި 2009ވަނަ އަހަރު އިޤްތިޞާދު ހަމަޔަކަށް އަޅުވަންކަމަށްބުނެ ޒިމްބާބްވޭގެ މަރުކަޒީ ބޭންކުން ފައިސާގެ ބޮޑެތި އަދަދުތައް ޗާޕްކުރުމާއި ގުޅިގެންނެވެ. ނަތީޖާއެއްގެ ގޮތުން ޒިމްބާބްވޭގެ ފައިސާ ބޭނުންކުރުން ހުއްޓާލައި، އެމެރިކާ ޑޮލަރާއި ޗައިނީޒް ޔުއާން އަދި އާއްމު އެހެން ބައެއް ފައިސާ ޒިމްބާބްވޭގައި ބޭނުންކުރަން ފެށިއެވެ.

މުގާބޭގެ ވެރިކަމުގައި ހިނގާ ކަންކަމަށް ބޭރުގެ ފާޑުކިޔުންތައް އަމާޒުވުމުން އެކަމަށް މުގާބޭ ދެއްވަނީ ހަރުކަށި ރައްދެކެވެ. 2002ވަނަ އަހަރުގެ މާޗް މަހު ޒިމްބާބްވޭގައި ބޭއްވި އިންތިޚާބު އޮޅުވާލާފައިވާކަމަށް ކޮމަންވެލްތުން ބުނުމާއި ގުޅިގެން ޖެހިގެން އައި އަހަރު ޒިމްބާބްވޭ ކޮމަންވެލްތުން ވަކިވިއެވެ. ޒިމްބާބްވޭގެ އިންސާނީ ހައްޤުތަކުގެ ޙާލަތު ދަށްވެ، އިނގިރޭސިވިލާތަށާއި ޔޫރަޕަށް މުގާބޭއާއި އޭނާގެ އާއިލާގެ ބޭފުޅުން އެރުން މަނާކޮށް، ދަތިކުރުމުގެ ފިޔަވަޅުވެސް އެޅިއެވެ. މިފިޔަވަޅު އަޅާފައިވައިވަނިކޮށް 2005ވަނަ އަހަރު ނަސާރާއިންގެ އިސް ފާދިރީ އަވަހާރަވުމާއި ގުޅިގެން ޖަނާޒާއަށް ވަޑައިގަތުމަށް މުގާބޭއަށް އިޓަލީއަށް ވަޑައިގަތުމަށް ހުއްދަ ދެވުނެވެ. މި ޖަނާޒާގެ ތެރޭގައި މުގާބޭ އިނގިރޭސި ވަލީޢަޙުދު ޕްރިންސް ޗާލްސްއާއި ސަލާމްކުރައްވާ މަންޒަރު ފެނެއެވެ. އެހެން ނަމަވެސް ކްލެރެންސް ހައުސްއިން ފަހުން ނެރެފައިވާ ބަޔާނެއްގައި ބުނީ މުގާބޭ ސަލާމަށް ކުއްލިއަކަށް އަތް ދިއްކޮށްލެއްވުމުން އެއަތުގައި ޗާލްސްއަށް ހިތްޕެވުނީކަމަށެވެ.

ޕްރިންސް ޗާލްސްއާއި މުގާބޭ ސަލާމްކުރައްވަނީ

މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭއާއި ކައިވެނިބައްލަވައިގަތީ 1996ވަނަ އަހަރެވެ. އެކަމަނާއާއި ކައިވެނި ބައްލަވައިގަތުމުގެ ކުރިން މުގާބޭ 1961ވަނަ އަހަރުން ފެށިގެން ކައިވެނި ބައްލައިގެން އުޅުއްވީ ސެލީ ހޭފްރޮންއާއިއެވެ. އެކަމަނާ އަވަހާރަވީ 1992ވަނަ އަހަރެވެ. ގްރޭސް މުގާބޭއަކީ ރައްޔިތުންގެ މެދުގައި މަޤްބޫލު ބޭފުޅެއް ނޫނެވެ. އެކަމަނާގެ މުއްސަނދި ދިރިއުޅުއްވުމަކީ ފަޤީރު ހާލުގައި އުޅެމުންދާ ޒިމްބާބްވޭގެ ރައްޔިތުންނަށް ބަލައިގަނެވޭ ކަމަކަށް ނުވިއެވެ.

ގަދަފަދަ ބާރާއިއެކު މުގާބޭ ވެރިކަން ކުރައްވަނިކޮށް އެމަނިކުފާނުގެ ވެރިކަން އެންމެ 24 ގަޑިއިރުތެރޭ ކުއްލިއަކަށް ނިމުނީ އަނބިކަނބަލުންގެ ނުފޫޒާއިއެކު، އެކަމަނާއަށް ވެރިކަން ހޯއްދަވައިދެއްވަން އުޅުއްވުމުގެ ތެރޭގައެވެ. އަދި މަޤާމުން އިސްތިއުފާ ދެއްވަން އެއްބަސްވެވަޑައިގަތީވެސް އަނބިކަނބަލުން ގްރޭސް މުގާބޭއަށް ރައްކާތެރިކަންދީ، އެކަމަނާ ޤައުމުން ބޭރަށް ވަޑައިގަންނަވަން ހުއްދަ ދެއްވުމުންކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީނު އަނިޔާވެރިއެއް ނުވާނެ. ޖަލުގައި ތިބި މީހުންނާއި އެމަނިކުފާނާއި ވާ ކޮން ކަމެއް؟

ރައީސް ޔާމީނު އަނިޔާވެރިއެއް ނުވާނެ. ޖަލުގައި ތިބި މީހުންނާއި އެމަނިކުފާނާއި ވާ ކޮން ކަމެއް؟

27 ޑިސެމްބަރު 2017
ރައީސް މުގާބޭގެ ވެރިކަމާ ވައްތަރީ ކޮންވެރިކަމެއް؟

ރައީސް މުގާބޭގެ ވެރިކަމާ ވައްތަރީ ކޮންވެރިކަމެއް؟

27 ސެޕްޓެމްބަރު 2017
ވަކީލުންތައް ތާއަބަދަށް ދިގުދެމިގެންދާ ވަގުތީ ފިޔަވަޅެއްގެ ޝިކާރައަކަށް!؟

ވަކީލުންތައް ތާއަބަދަށް ދިގުދެމިގެންދާ ވަގުތީ ފިޔަވަޅެއްގެ ޝިކާރައަކަށް!؟

13 ސެޕްޓެމްބަރު 2017
މަޖިލީހުގައި ނޫސްވެރިއެއްގެ ދައުރު ރޮޒެއިނާ އަދާކުރި ގޮތް ވަރަށް ފުރިހަމަ !

މަޖިލީހުގައި ނޫސްވެރިއެއްގެ ދައުރު ރޮޒެއިނާ އަދާކުރި ގޮތް ވަރަށް ފުރިހަމަ !

31 ޖުލައި 2017
"އުފާވެރި ޚަބަރު، ފެންނަ އެދޭ މަންޒަރު، އަނިޔާވެރިކަން ނިމެނީ!"

"އުފާވެރި ޚަބަރު، ފެންނަ އެދޭ މަންޒަރު، އަނިޔާވެރިކަން ނިމެނީ!"

01 ޖުލައި 2017

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު