Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އައިފޯން 8

"އައިފޯން 8"ނެރުމަށް ކުޑަ ދުވަސްކޮޅެއް:އެންމެން ކެތްމަދުވެފައި 

އައިފޯން8 ނިކުންނާނީ މިމިހުގެ 12 ވަނަ ދުވަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 7 ސެޕްޓެމްބަރު 2017 | ބުރާސްފަތި 06:50
އައިފޯން8 ހުންނަގޮތް ކަމަށް ބުނެ ލީކުވެފައިވާ ފޮޓޯތަކެއް

އައިފޯން8 ހުންނަގޮތް ކަމަށް ބުނެ ލީކުވެފައިވާ ފޮޓޯތަކެއް

އައިފޯން8 ނެރުމަށް މިވަނީ މިހާރު ކުޑަ ދުވަސްކޮޅަކަށްވެފައެވެ. މިރިޕޯޓްގައި ބަލާލާނީ އައިފޯން8 ގައި ހުންނާނެކަމަށް އަޑުތައް ފެތުރިފައިވާ ފީޗާތަކަށެވެ

އައިފޯން8 ގައި ހުންނާނެކަމަށް ބެލެވެނީ އާ "އެޖް-ޓު-އެޖް 5.8" އިންޗީގެ ޑިސްޕްލޭއެކެވެ. އެޖް-ޓު-އެޖް އަކީ މިއަހަރު ނުކުތް ސެމްސަންގ ގެލެކްސީ އެސް 8 އަދި ނޯޓް 8 ގައި ހުންނަ ފަދަ ފޯނުގެ މުޅި މޫނުމަތި އެއްކޮށް ފުރާލާ އަދި ހޯމް ބަޓަނެއް ނުހުންނަ ޒާތުގެ ޑިސްޕްލޭ އަށް ކިޔާނަމެކެވެ. މިފޯނުގައި ހުންނާނެ ކަމަށް ބެލެވެނީ އޯލެޑް ޑިސްޕްލޭއެކެވެ. މިއީ އައިފޯނެއްގައި ފުރަތަމަ ބޭނުންކުރެވޭ ޓެކްނޮލޮޖީއެކެވެ.

އައިފޯނުގެ މައުލޫމާތު ފަތުރާ އިތުބާރުހުރި މަސްދަރެއްކަމުގައިވާ ބެންޖަމިން ގެސްކިން ބުނެފައިވާ ގޮތުގައި އައިފޯން 8ގެ ސްޓޯރެޖްތައް ހުންނާނީ 64 ޖީބީ، 256 ޖީބީ އަދި މުޅިން އަލަށް ނެރޭ 512 ޖީބީގެ އޮޕްޝަންތަކަށް ބަހާލެވިފައެވެ. އަދި އަލަށް ނެރޭ އައިފޯން 8 ވެގެން ދާނީ އެޕަލް ކުންފުނިން މިހާތަނަށް ނެރޭ އެންމެ އަގު ބޮޑު ފޯނަށެވެ. އަޑުތައް ފެތުރިފައިވާގޮތުން އެ ކުންފުނިން އައިފޯން8 ވިއްކާނީ 64 ޖީބީ 999 ޑޮލަރު، 256 ޖީބީ 1099 ޑޮލަރު، އަދި 512 ޖީބީގެ އައިފޯން 8އެއް 1199 ޑޮލަށެވެ. އައިފޯން ޑިޒައިން އަށް ބަލާއިރު، މިއަހަރުގެ ފޯނު ހަދާފައި ވަނީ އެލްމިނިއަމްގެ ބަދަލުގައި ބިއްލޫރި އަދި ސްޓެއިންލެސް ސްޓީލް ބޭނުންކޮށްގެންނެވެ.

އެޕަލްއިން މިއަހަރު ނެރޭ ފޯނުތަކުގައި ހިމެނޭނޭނީ ތިން ކުލައެވެ. އެއީ ކަޅު ސިލްވަރ އަދި މުޅިން އަލަށް ނެރޭ ބްރޮންޒް ގޯލްޑެވެ.

އައިފޯން އުފައްދަމުންދާ ފެކްޓްރީ ތަކުން ލީކްވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުން އައިފޯން8ގެ މޫނުމަތީގައި ކުޑަ ބޯޑަރެއް އިނދެއެވެ. މަސްދަރުތަކުން ބުނާގޮތުން އެކުޑަ ބޯޑަރުގައި 3ޑީ ދެ ކެމެރާ އަކީ ފޭޝަލް ރެކްގްނިޝަން، ނުވަތަ މޫނު ސްކޭން ކޮށްގެން ފޯނު ހުޅުވުމުގެ ކުޅަދާނަކަން ލިބިފައިވާ ކެމެރާތަކެވެ. މީގެ އިތުރުން 3ޑީ ބޭނުންކޮށްގެން ވަށައިގެންވާ މާހައުލު ދެނެގަތުމުގެ ކުޅަދާނަކަންވެސް މި ފޯނަށް ލިބިގެންވެ އެވެ. މިއީ ކުރީގެ އައިފޯންތަކުގައި ބޭނުންކުރަމުން އަންނަ ހޯމް ބަޓަނުގައި ހިމަނާފައި އިންނަ ޓަޗްގެ ބަދަލުގައި ފޯނު ހުޅުވުމަށް ބޭނުންކުރާނެ އައު ސެކިއުރިޓީ ފީޗާއެކެވެ.މިއީ މިވަގުތު މާކެޓްގައި ވިއްކާ އެހެން ފޯނުތަކަށްވުރެ އަވަސް، އަދި ސެކިއުރިޓީގެ ގޮތުން ވަރުގަދަ ފީޗާއަކަށް ވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!

ކުޑަގޮޅީގައި އަމީތުގެ ހިތްދަތި ތަޖުރިބާ: ޖަލަށް މުއްދަތު ޖެހީ ދަރިފުޅުގެ އުފަންދުވަހު!

22 އޯގަސްޓު 2017
ކުޑަ އާބާދީއެއްގެ މެޖޯރިޓީ ވެސް ސަރުކާރަށް ނުހޯދުނު، ދުވަހެއް ދުވަހަކަށް ތާއިދު ދަށަށް!

ކުޑަ އާބާދީއެއްގެ މެޖޯރިޓީ ވެސް ސަރުކާރަށް ނުހޯދުނު، ދުވަހެއް ދުވަހަކަށް ތާއިދު ދަށަށް!

20 އޯގަސްޓު 2017
ފަލަސްތީންގެ ހިތްވަރުގެ ކުރިމަތީގައި އިޒްރޭލަށް ޖެހޭނީ ކުޑަކަކޫ ޖަހާށެވެ!

ފަލަސްތީންގެ ހިތްވަރުގެ ކުރިމަތީގައި އިޒްރޭލަށް ޖެހޭނީ ކުޑަކަކޫ ޖަހާށެވެ!

31 ޖުލައި 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017
ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

ކުޑަކުދިންގެ ހައްގުތައް ހާސިލް ކުރުމުގައި ތަރައްގީވެފައިވާ ގައުމުތަކުގެ ހާލަތު!

17 ޖޫން 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު