ރައީސް މައުމޫން ޗުއްޓީއަށް ލަންކާއަށް ވަޑައިގެންފި
17 އެޕްރީލު 2019 | ބުދަ 23:29މައުމޫންގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަބަލުން ނަސްރީނާ ބައިވެރިވެ ވަޑައިގަންނަވާ


ރައީސް މައުމޫނުގެ އަރިހުގައި އަނބިކަބަލުން ނަސްރީނާ
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޗުއްޓީ ހޭދަކޮށްލައްވަން ސްރީލަންކާއަށް ވަޑައިގަންނަވައިފިއެވެ.
ރައީސް މައުމޫންގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަބަލުން ނަސްރީނާ އިބްރާހިމް ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.
ބުދަ ދުވަހުގެ ލަންކާއަށް ވަޑައިގަންނަވާ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްވަނީ ލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ބެހެއްޓެވި ގާތްކަމާއި، އޯގާތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް މައުމޫން ޗުއްޓީއަށް ވަޑައިގެންފައިވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޗުއްޓީއަށް އިނގިރޭސި ވިލާތަށް ވަޑައިގެންފައެވެ. ދެބޭފުޅުން ވެސް ޗުއްޓީއަށް ވަޑައިގެންނެވީ ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވަރަށް ބުރަކޮށް ކެންޕޭން މަސައްކަތްފުޅުގައި އުޅުއްވުމަށްފަހުއެވެ.









