Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު

ދިވެހި އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

17 އެޕްރީލު 2019 | ބުދަ 17:24

މި މައުރަޒު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުގައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 17 އެޕްރީލު 2019 | ބުދަ 17:24
ދިވެހި އުފެއްދުންތަކެއް، މައުރަޒުގައި

ދިވެހި އުފެއްދުންތަކެއް، މައުރަޒުގައި

ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު 2019 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މިމައުރަޒުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ރާއްޖޭގެ އިޤްތިޞާދުގައި ޙިއްޞާކުރާ ސިނާއަތްތަކަށް ބެނުންވާ ދިވެހި އުފެއްދުންތައް މާކެޓަށްނެރެ، އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދިނުން ކަމަށެވެ. އަދި ދިވެހި އުފެއްދުންތައް ކުރިއެރުވުމާއި، އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި، އާއްމުންނަށް އެއްތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ޤާއިމްކޮށްދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ.

އޭގެއިތުރުން ނެތެމުންދާ ދިވެހި އުފެއްދުންތަކާއި އަދި މާކެޓަށް އަލަށް ނެރެވޭ އުފެއްދުންތައް ކުރިއެރުވުމަށް ހިއްވަރުދީ، ދިވެހި މަސައްކަތްތެރިން ކުރިއެރުވުމަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމަކީ ވެސް މައުރަޒު ބޭއްވުމުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މިމައުރަޒުގައި ބައިވެރިވެވޭނެ ދާއިރާތައް

  • ވަކިވަކިފަރުދުންގެ ދާއިރާ
  • ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާ
  • ވިޔަފާރިތަކުގެ ދާއިރާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގައި ބަޔާންކުރާ ވިޔަފާރިތައް)
  • ތަޢުލީމުދޭ މަރުކަޒުތަކުގެ ދާއިރާ
  • ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ
  • ކްލަބު ޖަމިއްޔާ ތަކުގެ ދާއިރާ

އިކޮނޮމިކް މިނިސްޓްރީން ބުނީ، މައުރަޒުގައި ބައިވެރިކުރެވޭނެ ދާއިރާތަކުގެ ތެރެއިން ކޮންމެ ދާއިރާއަކުން ވެސް ތަކެތި ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލައިފައިވާ ކަމަށެވެ. އަދި ވާދަކޮށް ވަނަ ހޮވުމުގެ ބައިގައި ބައިވެރިކުރާ ކޮންމެ އުފެއްދުމެއް ބައިވެރިކުރަން ވާނީ ބައިވެރިވުމަށް އެދޭ ފޯމުގެ ސެކްޝަން 4ގައި ހިމެނޭ ގިންތިތަކުން ގިންތިއެއްގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯރމް ބަލައިގަތުން އޮންނާނީ 21 އެޕްރީލް އިން ފެށިގެން 30 ޖޫންގެ 14:00 ގެ ނިޔަލަށް، ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިމާރާތުންނާއި، މިނިސްޓްރީން ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ޤާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރުތަކުން ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، މި މައުރަޒު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުގައި ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

22 މާރިޗު 2018

ޗައިނާގެ ކުންމިންގ ފެއާރގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

22 މާރިޗު 2018
ޗައިނާގެ ކުންމިންގ ފެއާރގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 މާރިޗު 2018

މޮސްކޯ ފެއަރގައިވެސް ދިވެހިރާއްޖެއަށް ޓްރެވަލް އެޖެންޓުންގެ ޝައުޤުވެރިކަމެއް ނެތް!

14 މާރިޗު 2018
މޮސްކޯ ފެއަރގައިވެސް ދިވެހިރާއްޖެއަށް ޓްރެވަލް އެޖެންޓުންގެ ޝައުޤުވެރިކަމެއް ނެތް!
11 ފެބުރުއަރީ 2018

މޯލްޑިވްސް އެޗްއާރް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

11 ފެބުރުއަރީ 2018
މޯލްޑިވްސް އެޗްއާރް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
29 ޖެނުއަރީ 2018

ޑަބްލިޔުޓީއެމް އެފްރިކާ 2018 ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

29 ޖެނުއަރީ 2018
ޑަބްލިޔުޓީއެމް އެފްރިކާ 2018 ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
13 ޖޫން 2017

ރެސްޓޯރެންޓް ކެފޭ އިންޝުއަރެންސަށް ހާއްސަ ސްކީމެއް ދިވެހި އިންޝުއަރެންސްއިން ތަޢާރަފުކޮށްފި

13 ޖޫން 2017
ރެސްޓޯރެންޓް ކެފޭ އިންޝުއަރެންސަށް ހާއްސަ ސްކީމެއް ދިވެހި އިންޝުއަރެންސްއިން ތަޢާރަފުކޮށްފި
12 އެޕްރީލު 2017

ވިލާ ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

12 އެޕްރީލު 2017
ވިލާ ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
03 އެޕްރީލު 2017

ކުންމިންގ ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

03 އެޕްރީލު 2017
ކުންމިންގ ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
30 މާރިޗު 2017

ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

30 މާރިޗު 2017
ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި
21 ފެބުރުއަރީ 2017

ދިވެހި ފިލްމް "ވިޝްކާ"ގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް ހަމަޖައްސައިފި

21 ފެބުރުއަރީ 2017
ދިވެހި ފިލްމް "ވިޝްކާ"ގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް ހަމަޖައްސައިފި
10 ފެބުރުއަރީ 2017

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް