Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުކުއްލި ނުރައްކަލުގެ ހާލަތު

މޮސްކޯ ފެއަރގައިވެސް ދިވެހިރާއްޖެއަށް ޓްރެވަލް އެޖެންޓުންގެ ޝައުޤުވެރިކަމެއް ނެތް!

14 މާރިޗު 2018 | ބުދަ 02:38

އައިޓީބީގައިވެސް މިފަހަރު ތަރުހީބު ކުޑަ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 14 މާރިޗު 2018 | ބުދަ 02:38
މޮސްކޯ ފެއަރގައި ހަދާފައިވާ ރާއްޖޭގެ ސްޓޯލަށް ތަރުހީބު ކުޑަ

މޮސްކޯ ފެއަރގައި ހަދާފައިވާ ރާއްޖޭގެ ސްޓޯލަށް ތަރުހީބު ކުޑަ

ރަޝިޔާގެ ވެރިރަށް މޮސްކޯގައި މިހާރު ކުރިއަށްދާ މޮސްކޯ އިންޓަރނޭޝަނަލް ޓްރެވަލް އެންޑް ޓުއަރިޒަމް ފެއަރގައި ރާއްޖެއަށް ޓްރެވަލް އެޖެންޓުންގެ ޝައުޤުވެރިކަމެއް ނެތްކަމަށް ދިވެހި ޓްރެވަލް އެޖެންޓުން ބުނެފިއެވެ.

ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށްފައި އޮތުމުގެ ސަބަބުން ޖަރުމަނުގެ ބަރލިންގައި އޮތް ދުނިޔޭގެ އެންމެ ބޮޑު ޓްރެވަލް ފެއަރކަމަށްވާ އައިޓީބީގައި ރާއްޖެއަށް ބޭރުގެ ޓްރެވަލް އެޖެންޓުންގެ ޝައުޤުވެރިކަން ކުޑަވެފައިވަނިކޮށް ރަޝިޔާއިންވެސް މިފަހަރު ލިބޭ ތަރުހީބު ފިނިވުމުން ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތައް ތިބީ ކަންބޮޑުވެފައެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް އެޖެންޓް، ޔޫސުފް ރިފްޢަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައިޓީބީ ފެއަރއެކޭ އެއްފަދައިން މޮސްކޯ ފެއަރގައިވެސް ޓްރެވަލް އެޖެންޓުން ރާއްޖެއާއިމެދު ޝައުޤުވެރިކަމެއް ނެތްކަމަށެވެ. އަދި މިހާރު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި ރާއްޖޭގެ ނަމަށް އެކަމުގެ ނޭދެވޭ އަސަރު ކުރަމުންދާކަމަށާއި، ލަސްކުރުމެއް ނެތި ކުއްލި ނުރައްކަލުގެ ޙާލަތު އުވާލަން ޖެހޭކަމަށެވެ.

ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރުމާއިއެކު ރާއްޖެއަށް ފަތުރުވެރިން އަންނަ ބޮޑެތި މާކެޓްތަކުން ރާއްޖެއަށް ނައުމަށް އެޤައުމުތަކުގެ ރައްޔިތުންނަށް އަންގައި، ޓްރެވަލް އެޑްވައިޒަރީތައް ނެރުނެވެ. އެއާއިއެކު ގިނަ އަދަދެއްގެ ބުކިންގތަކެއް ކެންސަލްވަމުންދާކަމަށް ރިސޯޓްތަކުންނާއި ގެސްޓްހައުސްތަކުން ގެންދަނީ ބުނަމުންނެވެ.

ކުއްލި ނުރައްކަލުގެ ޙާލަތާއިއެކު ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ގެއްލުންތަކެއް ލިބި، ރިސޯޓްތަކުންވެސް ދަނީ ބޮޑެތި ޑިސްކައުންޓްތަކެއް ދެމުންނެވެ. ސަރުކާރުން ރާއްޖޭގެ މަސްރަހު ރަނގަޅުކަމަށް ދައްކަން މަސައްކަތް ކުރިނަމަވެސް، ބޭރު ދުނިޔޭގެ ކުރިމަތީގައި ރަނގަޅު ތަސައްވަރެއް ދެއްކިފައި ނެތުމުގެ ސަބަބުން، ޖުމްލަކޮށް މުޅި އަހަރު މިކަމުގެ ނޭދެވޭ އަސަރުކުރާނެކަން ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރައްވައެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2018

މަޓާޓޯ ޓްރެވަލް އެވޯޑްސް އިފްތިތާހްކޮށް ޕާޓްނަރުންނާއެކު ސޮއިކޮށްފި

21 މާރިޗު 2018
މަޓާޓޯ ޓްރެވަލް އެވޯޑްސް އިފްތިތާހްކޮށް ޕާޓްނަރުންނާއެކު ސޮއިކޮށްފި
14 ފެބުރުއަރީ 2018

ޓްރެވަލް އެޑްވައިޒަރީތަކާ އެކު ފަތުރުވެރިންގެ މިސްރާބު އެހެން މަންޒިލްތަކަށް

14 ފެބުރުއަރީ 2018
ޓްރެވަލް އެޑްވައިޒަރީތަކާ އެކު ފަތުރުވެރިންގެ މިސްރާބު އެހެން މަންޒިލްތަކަށް
24 ނޮވެމްބަރު 2017

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑްތައް ދީފި

24 ނޮވެމްބަރު 2017
މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑްތައް ދީފި
21 ނޮވެމްބަރު 2017

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން އަށް އެއްލައްކަ މީހުން ވޯޓް ދީފި

21 ނޮވެމްބަރު 2017
މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން އަށް އެއްލައްކަ މީހުން ވޯޓް ދީފި
19 ނޮވެމްބަރު 2017

މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން ބާއްވަނީ

19 ނޮވެމްބަރު 2017
މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ އެޑިޝަން ބާއްވަނީ
07 ނޮވެމްބަރު 2017

ވޯލްޑް ޓްރެވަލް މާކެޓްގައި ރާއްޖޭގެ ޓީމްގެ އިސްވެރިޔަކަށް ބަންޑާރަ ނައިބު!

07 ނޮވެމްބަރު 2017
ވޯލްޑް ޓްރެވަލް މާކެޓްގައި ރާއްޖޭގެ ޓީމްގެ އިސްވެރިޔަކަށް ބަންޑާރަ ނައިބު!
30 އޮކްޓޯބަރު 2017

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފި

30 އޮކްޓޯބަރު 2017
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގެސްޓް ހައުސް އެޑިޝަން އަށް ހޮވުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްފި
08 ޖުލައި 2017

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް ދިރާގު

08 ޖުލައި 2017
ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގޯލްޑް ޕާޓްނަރަކަށް ދިރާގު
09 މެއި 2017

ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

09 މެއި 2017
ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި
15 މާރިޗު 2017

މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

15 މާރިޗު 2017
މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް