Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްއެމްއޭގެ ތަފާސްހިސާބު

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

ދައުލަތުން 2017 ވަނަ އަހަރު 21.9 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 10 ފެބުރުއަރީ 2017 | ހުކުރު 13:23
އެމްއެމްއޭ

އެމްއެމްއޭ

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް، 2016 ވަނަ އަހަރުގެ ނިޔަލަށް 2.7 ޕަސެންޓް އިތުރުވެފައިވާ އިރު، އުފެއްދުންތެރިކަމުގެ 23 ޕަސެންޓް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތެވެ.

ރާއްޖޭގެ އުފެއްދުންތެރިކަމުގެ 10 ފަސެންޓް ކޮމިއުނިކޭޝަން ދައިރާއަށް ހިއްސާކުރާ އިރު ނުވަ ޕަސެންޓް ހިއްސާ ކުރަނީ ކޮންސްޓްރަކްޝަންގެ ދާއިރާ އެވެ.

ރާއްޖޭގެ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު ޕަސެންޓެއް ފަތުރުވެރިކަމުގެ ދާއިރާ ހިއްސާކުރާއިރު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެކަނި ރާއްޖެއަށް 119،000 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. އެހެން ނަމަވެސް 2015 ވަނަ އަހަރުގެ ޑިސެންބަރު މަހާ އަޅައިބަލާއިރު ފަތުވެރިން ޒިޔާރަތްކުރި އަދަދަށް މާބޮޑު ބަދަލެއް އައިސްފައި ނުވެ އެވެ.

މި މުއްދަތުގެ ތެރޭގައި ޖުމްލަކޮށް ފަތުރުވެރިން ހޭދަކޮށްފައިވާ ރޭގެ އަދަދު ވަނީ ތިން ޕަސެންޓް އިތުރުވެފައެވެ. އަހަރުންއަހަރަށް ބަލާއިރު، ޑިސެމްބަރު މަހު ފަތުރުވެރިން ޒިޔާރަތްކުރި އަދަދު ޖުމްލަކޮށް އިތުރުވެފައިވަނީ އޭޝިއާގެ ޤައުމުތަކުން ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އެގޮތުން އިންޑިޔާ އަދި މެލޭޝިއާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފަ އެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި ޔޫރަޕުގެ ބޮޑެތި މާކެޓްތައްކަމުގައިވާ ޔޫކޭ އަދި ޖަރުމަނުންޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފަ އެވެ.

ދައުލަތުން މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި 21.9 ބިލިއަން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އިރު 22.2 ބިލިއަން ރުފިޔާ ޚަރަދު ކުރުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހަމަޖެހިފައިވަނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ
09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
03 މާރިޗު 2017

ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!

03 މާރިޗު 2017
ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު