Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޑަބްލިޔު.ޓީ.އެމް ފެއަރ

ޑަބްލިޔުޓީއެމް އެފްރިކާ 2018 ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ފެއަރގައި ބައިވެރިވުމަށް ނަންނޯޓް ކުރުމުގެ ފުރުސަތު ފެބްރުއަރީ 15 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 ޖެނުއަރީ 2018 | ހޯމަ 10:40
ޑަބްލިޔުޓީއެމް އެފްރިކާ 2018 ފެއަރ

ޑަބްލިޔުޓީއެމް އެފްރިކާ 2018 ފެއަރ

ޑަބްލިޔުޓީއެމް އެފްރިކާ 2018 ފެއަރގައި ބައިވެރިވުމުގެ ފުރުސަތު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފީލް އިންވެސްޓްމަންޓް އިން ހުޅުވާލައިފިއެވެ.

ފެއަރގައި 11 ޖާގަ އޮތްއިރު ފީލް އިންވެސްޓްމަންޓްގެ އިން ބުނީ ރިސޯޓްތަކާއި ގެސްޓް ހައުސްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުލާފައިވާ ކަމަށެވެ. އަދި ފެއަރގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފެބްރުއަރީ 15 ވަނަ ދުވަހާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ފީލް އިންވަސްޓްމަންޓްގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރ އިބްރާހިމް ހުލައިލް ވިދާޅުވީ އެ ކުންފުނީގެ ފަރާތުން މި ފެއަރގައި ބައިވެރިވާން ނިންމީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ދެކުނު އެފްރިކާގައި އިޝްތިހާރު ކުރުމުގެ ގޮތުން ކަމަށެވެ. އަދި މޯލްޑިވިއަންގެ ފަރާތުން ދެކުނު އެފްރިކާ އިން ރާއްޖެއަށް ޑައިރެކެޓް ފްލައިޓްތަކެއް ވަރަށް އަވަހަށް ފަށަން ނިންމާފައިވާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އެ ގައުމުގައި އިޝްތިހާރު ކުރުމަކީ މުހިންމު ކަމެއް ކަން އޭނާ ވަނީ ފަހާގަކުރައްވާފައެވެ.

މި ފެއަރ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހާ ހަމައަށް ސައުތު އެފްރިކާގެ ކޭޕް ޓައުންގައެވެ.

މީގެ އިތުރުން ފެއަރ ނިންމާފައިވާ އެފްރިކާގެ ޖޮހެނަސްބޭރގް ސިޓީގައި ރޯޑް ޝޯއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފީލް އިންވެސްޓްމަންޓް އިން ބުންޏެވެ.

މި ފެއަރގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވަނީ ހާއްސަ ޕެކޭޖެއް ވެސް ތައާރަފުކޮށްފައެވެ. އަދި ފެއަރއާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 3007575 ނަންބަރަށް ގުޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

މި އަންނަ އަހަރު ޑަބްލިޔުޓީއެމް އެފްރިކާ ފެއަރގައި މިއަށްވުރެއް ގިނަ ފަރާތްތަކަށް ބައިވެރިވެވޭނެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ފީލް އިންވެސްޓްމަންޓް އިން ބުންޏެވެ.

މިއަހަރުގެ ތެރޭގައި ތަފާތު ތިން އެގްޒިބިޝަންގައި ބައިވެރިވާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

އިތުރަށް ކިޔާލަން

18 އެޕްރީލު 2018

ވިޔަފާރި ފަށާނެ ގޮތާ ބެހޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

18 އެޕްރީލު 2018
ވިޔަފާރި ފަށާނެ ގޮތާ ބެހޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
22 މާރިޗު 2018

ޗައިނާގެ ކުންމިންގ ފެއާރގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

22 މާރިޗު 2018
ޗައިނާގެ ކުންމިންގ ފެއާރގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
20 މާރިޗު 2018

ޖީއެމްފޯރަމް 2018 ގެ ޕްލެޓިނަމް ޕާޓްނަރަކަށް އެލައިޑް އިންޝިއުރެންސް!

20 މާރިޗު 2018
ޖީއެމްފޯރަމް 2018 ގެ ޕްލެޓިނަމް ޕާޓްނަރަކަށް އެލައިޑް އިންޝިއުރެންސް!
14 މާރިޗު 2018

މޮސްކޯ ފެއަރގައިވެސް ދިވެހިރާއްޖެއަށް ޓްރެވަލް އެޖެންޓުންގެ ޝައުޤުވެރިކަމެއް ނެތް!

14 މާރިޗު 2018
މޮސްކޯ ފެއަރގައިވެސް ދިވެހިރާއްޖެއަށް ޓްރެވަލް އެޖެންޓުންގެ ޝައުޤުވެރިކަމެއް ނެތް!
11 ފެބުރުއަރީ 2018

މޯލްޑިވްސް އެޗްއާރް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

11 ފެބުރުއަރީ 2018
މޯލްޑިވްސް އެޗްއާރް ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު