Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސެމިނާއޮން ފައިބަރ ގުލާސް އެޕްލިކޭޝަން

ހުވަދު އަތޮޅަށް ޚާއްސަކޮށްގެން ސެމިނާއޮން ފައިބަރ ގުލާސް އެޕްލިކޭޝަން ބާއްވަނީ

ސެމިނާ އަމާޒުކޮށްފައި ވަނީ އޮޑިދޯނި ފަހަރުގެ ވެރިންނަށް

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް, ރާއްޖެ އެމްވީ | 17 އެޕްރީލު 2019 | ބުދަ 17:10
ގެރެންޓީ ފައިބަރ ގުލާސް ގެ ކޯޑިނޭޓަރ އަދުނާނު ޒަކަރިއްޔާ

ގެރެންޓީ ފައިބަރ ގުލާސް ގެ ކޯޑިނޭޓަރ އަދުނާނު ޒަކަރިއްޔާ

ހުވަދު އަތޮޅަށް ޚާއްސަ ކޮށްގެން "ސެމިނާއޮން ފައިބަރ ގުލާސް އެޕްލިކޭޝަން" ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ގެރެންޓީ ފައިބަރ ގުލާސް ގެ ކޯޑިނޭޓަރ އަދުނާނު ޒަކަރިއްޔާ ވިދާޅު ވެއްޖެއެވެ.

ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން އަދުނާނު ވިދާޅުވީ މިފަދަ ސެމިނާއެއް ހުވަދު އަތޮޅަށް ޚާއްސަކޮށްގެން ބޭއްވުމުގެ ބޭނުމަކީ މިވަގުތު އެންމެގިނައިން ބޮޑަތި އުޅަނދުތައް ބަނދެފައިވަނީ އެއަތޮޅުގައި ކަމަށްވާތީ ކަމަށެވެ. ގއ. ވިލިގިލީގައި ސެމިނާ ކުރިއަށް ދާއިރު އެ އަތޮޅުގެ އެހެން ރައްރަށުގެ އޮޑިދޯނި، ސްޕީޑް ބޯޓް ލޯންޗް ފަދަ ތަކެތި ގެންގުޅެ އެ ތަކެތީގެ ވެރި ފަރާތްތަކުން ވެސް މި ސެމިނާގައި ބައިވެރި ކުރުވުމަށް މަސައްކަތް ކުރަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

" ސެމިނާ އަމާޒުކޮށްފައިވަނީ އޮޑިދޯނިފަހަރުގެ ވެރިންނަށް. އަދި ފައިބަރ އެޕލިކޭޝަންތައް ނުބައި ގޮތަކަށް ބޭނުން ކޮށްފައި ވުމުން ކަމެއް ދިމާވާ ހިނދު އޭގެ ހުރިހާ ގެއްލުމެއް ލިބޭ ބަޔަކީ އެއީ. އަދި މިތަކެތި ބަނުމުގައި މިއުޅެނީ ހަމަ އެކަނި ދިވެހިންނެއް ނޫން. ބޭރު މީހުން ވެސް އެބައުޅޭ. އަދި އެފަރާތްތަކަށް ފައބަރ މެޓީރިއަލް ފެންނަނީ ވެސް ރާއްޖެ އަންނަފަހުން . އެހެންވުމުން އެމީހުންނަކަށް ވެސް ނޭގެ ފައިބާރ ބޭނުންކުރަންޖެހޭ ގޮތެއް. އެހެންކަމުން އުޅަނދު ފަހަރުގެ ވެރިފަރާތް ތަކުންނާއި އަދި މަސައްކަތް ކުރާ މީހުން މި ސެމިނާގައި ބައިވެރި ވުމަކީ ވަރަށް މުހިންމު ކަމެއް" އަދުނާނު ވިދާޅުވިއެވެ.

އަދުނާނު ވިދާޅުވީ މިފަދަ ސެމިނާއެއް ބޭއްވުމުގެ މަގުސަދަކީ ފައިބަރުގެ ހުރިހާ މާއްދާ ތަކަކީ ވެސް ވިހަ މާއްދާތަކަކަށް ވާއިރު ފައިބަރު ބޭނުން ކުރަންޖެހޭ ޚާއްސަ އުސޫލުތަކަކާއި މިންގަނޑު ތަކަށް އުޅަނދުތައް ބަނުމަށް މީހުންނަށް ހިތްވަރު ދިނުން ކަމަށެވެ. އަދި އެކަންކަން މުޖުތަމައަށް ކިޔައިދީ މުޖުތަމައު ހޭލުންތެރި ކުރުވުން ކަމަށް އޭނާ ވިދާޅުވިއެވެ. އެނގިގެން މަސައްކަތް ކުރުމުން މަސައްކަތުގެ ކޮލިޓީ އެތައްގޮތަކުން ރަނގަޅުވެ ދިގު މުއްދަތެއްގައި އުޅަނދު ބޭނުން ކުރުމުގެ ފުރުސަތު ބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އަދުނާނު ވިދާޅުވީ އުޅަނދުތައް ބަނުމުގައި މެރިން ގުރޭޑް ފައިބަރ ބޭނުން ކުރަންޖެހޭއިރު މި ސެމިނާގައި ފައިބަރުގެ ވައްތަރުތަކާއި، ފައިބަރު މިކްސް ކުރާނެ ގޮތުގެ އިތުރުން ފައިބަރު ގުދަން ކުރާނެ ގޮތްތައް ވެސް ކިޔައިދެވިގެން ދާނެކަމަށް އޭނާ ވިދާޅުވވިއެވެ

ގެރެންޓީ ފައިބަރ ގުލާހަކީ ދެ ދާއިރާއެއްގައި ފައިބަރު ގުލާސްގެ ވިޔަފާރިކޮށް އަދި ފައިބަރ ގުލާސްއިން ތަކެތި އުފައްދާ ކުންފުންޏެކެވެ.

ފައިބަރ ގުލާސްގެ ދެފިހާރަ މާލޭގައި ހުރެއެވެ. އެއީ ފައިބާރ ފިހާރައާއި ފައިބަރ ކިޓް އެވެ.މި ދެތަނުން ދެބްރޭންޑެއްގެ ފައިބަރ ވިއްކާއިރު އެއީ އިންޓާރނޭޝަނަލް ބޮޑީސް ތަކުން ގަބޫލުކުރާ ފެންވަރުގެ ފައިބަރ ތަކެއް ކަމަށް ފައިބަރ ގުލާސްއިން މައުލޫމާތު ދެއެވެ.

ކޮންމެ އަހަރަކު އެއްފަހަރު މިސެމިނާ ރާއްޖޭގެ ކޮންމެވެސް އެއް ހިސާބެއްގައި ބާއްވަމުންދާ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ ކެމްޕޭން ޓީމް ށ އަތޮޅަށް ކުރާ ކެމްޕެއިން ދަތުރުގައި ގިނަ ރަށްތަކަކަށް ޒިޔާރަތްކޮށްފި

އެމްޑީޕީގެ ކެމްޕޭން ޓީމް ށ އަތޮޅަށް ކުރާ ކެމްޕެއިން ދަތުރުގައި ގިނަ ރަށްތަކަކަށް ޒިޔާރަތްކޮށްފި

03 މާރިޗު 2017
ކަންބޮޑުވަނީ ފ. އަތޮޅަށް ހަދަން އުޅޭ ގޮތުގެ ހަޤީގަތް ސާފުކޮށް ނުދޭތީ: މަގޫދޫ ކައުންސިލަރ

ކަންބޮޑުވަނީ ފ. އަތޮޅަށް ހަދަން އުޅޭ ގޮތުގެ ހަޤީގަތް ސާފުކޮށް ނުދޭތީ: މަގޫދޫ ކައުންސިލަރ

03 މާރިޗު 2017
ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

02 މާރިޗު 2017
ފ އަތޮޅަށް އަރައިގެން ނުވާނެ ކަމަށް ރާއްޖެޓީވީއަށް އިންޒާރުދީފި

ފ އަތޮޅަށް އަރައިގެން ނުވާނެ ކަމަށް ރާއްޖެޓީވީއަށް އިންޒާރުދީފި

02 މާރިޗު 2017
ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް

ފ. އަތޮޅަށް އަންނަނީ 10 ބިލިއަން ޑޮލަރުގެ މަޝްރޫޢެއް، ތަފްޞީލް ހާމަކުރާވަރު ވުމުން ކުރާނަން: ރައީސް

01 މާރިޗު 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު