Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރާއްޖެޓީވީއަށް ބިރު ދެއްކުން

ރާއްޖެޓީވީ ބަޔަކު ފ އަތޮޅަށް އަރައިފި ނަމަ މަރާލާނެ ކަމަށް ބުނި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ބުރާސްފަތި ދުވަހު އެތައް ފަހަރެއްގެ މަތިން ރާއްޖެޓީވީއަށް ވަނީ އިންޒާރު ދީފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 2 މާރިޗު 2017 | ބުރާސްފަތި 14:17
ރާއްޖެޓީވީ ސީއޯއޯ ފިޔާޒް

ރާއްޖެޓީވީ ސީއޯއޯ ފިޔާޒް

ރާއްޖެޓީވީގެ ނޫސްވެރިންނަށް މަރުގެ އިންޒާރުދީ، ރާއްޖޭޓީވީ އަށް ބިރު ދައްކަމުންދާ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.

ރާއްޖެޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ ވިދާޅުވީ، ބުރާސްފަތި ދުވަހު ހެނދުނު 10.30 ހާ އިރު އެކި ތަފާތު ނަންބަރުތަކުން ގުޅާ އިންޒާރުދެމުންދާ ކަމަށާއި އިންޒާރުދީފައިވަނީ ފ އަތޮޅަށް އަރައިގެން ނުވާނެ ކަމަށް ބުނެ އެވެ. މިހެން ބުނެ އެއަތޮޅުގެ އެކި ރަށްރަށުން ކަމަށް ބުނެ އެކި ނަންބަރުތަކުން ރާއްޖެޓީވީ އަށް ގުޅާ އިންޒާރު ދެމުންގެންދާ ކަމަށް ފިޔާޒް ވިދާޅުވި އެވެ. ފިޔާޒް ވިދާޅުވީ، ފ އަތޮޅުގައި ހިނގަމުންދާ ކަންކަން ކަވަރ ކުރުމަށް ރާއްޓީވީގެ ޓީމެއް ފ އަތޮޅަށް ފުރާފައިވާ ކަމަށާއި އެކަން ކޮންމެސް ގޮތަކަށް އެގިގެން ބަޔަކު އެކަން ހުއްޓުވުމުގެ ގޮތުން އިންޒާރުދެމުންގެންދާ ކަމަށެވެ.

Advertisement - newsAdvertisement

"މިއީ ރާއްޖެޓީވީ އަށް އާ ކަމެއް ނޫން.. މިފަދަ އެތަށް މައްސަލައެއް ފުލުހުންނަށް ހުށަހަޅާފަ އޮތީ. އަޅުގަނޑު ހަމަ ގޮވާލަން ސީރިއަސް މައްސަލައެއްގެ ގޮތުގާ ބެލުމަށް." ފިޔާޒް ވިދާޅުވި އެވެ.

ފިޔާޒް ވިދާޅުވީ ރާއްޖެޓީވީގެ ނޫސްވެރިންނަށާއި ރާއްޖެޓީވީ އަށް ތަފާތު އެތަށް އިންޒާރުތަކެއްދީ އެތަށް ހަމަލާތަކެއްދީފައިވާ އިރު،އެ މައްސަލަތައްވެސް ކަމާ ގުޅޭ އިދާރާތަކުން އެންމެ އެކަށީގެންވާ ގޮތުގާ ބަލަމުން ނުދާ ކަމަށެވެ. މިހެން ކަން ހިނގި ނަމަވެސް ރާއްޖެޓީވީގެ ނޫސްވެރިން ކުރާ ނޫސްވެރިކަމުގެ މަސައްކަތައް ހުއްޓުމަކަށް ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޒާރު ދިނުމަށް ގުޅާ ފަރާތްތަކުން ވަނީ ފ.އަތޮޅުގެ މަޝްރޫޢުގެ މައުލޫމާތު ހޯދަން އެ އަތޮޅަށް އަރައިގެން ނުވާނެ ކަމަށާއި ރާއްޖޭޓީވީގެ ބަޔަކު އަރައިފިނަމަ ފުނޑާލާނެ ކަމަށެވެ.

ވަރަށް ހަޑި ހުތުރުބަހުން މުޢާމަލާތް ކުރަމުން އިންޒާރުދިނުމަށް ގުޅި އެއް ފަރާތުން ވަނީ "އަތު ޖެހިއްޖެއްޔާ މަރާލާނަން" ކަމަށް ބުނެފައެވެ.

ރާއްޖެޓީވީއަށް އިންޒާރު ދީފައިވާ އިރު މިހާރު އެ އަތޮޅުގައި ތިބި މޯލްޑިވްސް އިންޑިޕެންޑެންޓްގެ ނޫސްވެރިންނަށްވެސް ރޭގެ ވަގުތެއްގައިވަނީ ބިރު ދައްކާފައެވެ. އެކަމުގެ ސަބަބުން ރޭ މޯލްޑިވްސް އިންޑިޕެންޑެންޓުގެ ނޫސްވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު