Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަން ހަނގުރާމަ

ޔަމަން ހަނގުރާމައިގައި އެމެރިކާގެ ދައުރު ނިންމާލުމަށް ފާސްކުރި ބިލް ޓްރަމްޕް ވީޓޯ ކުރައްވައިފި

މެމްބަރުންގެ ނުރުހުން ބޮޑުވެފައިވަނީ ޚާޝުގްޖީގެ މަރުގެ މައްސަލަ އަށް ފަހު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 17 އެޕްރީލު 2019 | ބުދަ 06:10
ރައީސް ޓްރަމްޕް ވީޓޯ ކުރެއްވި ގަރާރަށް މަޖިލީހުގެ ދެ ގެއިން ވެސް ތާއީދު ލިބުނު

ރައީސް ޓްރަމްޕް ވީޓޯ ކުރެއްވި ގަރާރަށް މަޖިލީހުގެ ދެ ގެއިން ވެސް ތާއީދު ލިބުނު

ޔަމަނުގެ ހަނގުރާމައިގައި ސައުދީ-ޔޫއޭއީ ކޯލިޝަނަށް އެމެރިކާ އިން ދެމުންދިޔަ އެހީތެރިކަން ނިމުމަކަށް ގެނައުމަށް އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުން ނިންމި ނިންމުން ރައީސް ޑޮނަލްޑް ޓްރަމްޕް ވީޓޯ ކުރައްވައިފިއެވެ.

އެ ގަރާރު ރައީސް ޓްރަމްޕް ސިފަކުރެއްވީ އެ މަނިކުފާނުގެ ދުސްތޫރީ ބަރުތައް ކުޑަކުރެއްވުމަށް ފާސްކުރި "ބޭކާރު" އަދި "ނުރައްކާތެރި" ގަރާރެއްގެ ގޮތުގައެވެެ.

މިއީ ރައީސް ޓްރަމްޕަށް ލިބިވަޑައިގަންނަވާ ވީޓޯ ކުރުމުގެ ބާރު ބޭނުންކުރެއްވި ދެވަނަ ފަހަރެވެ.

ޔަމަނާ މެދު ރައީސް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތާ މެދު ގާނޫނުހަދާ މަޖިލީހުގައި ތިއްބަވާ އިދިކޮޅު މެމްބަރުންގެ ނުރުހުން ބޮޑުވާން ފަށާފައި ވަނީ ސައުދީން ތުރުކީއަށް ދަތުރުކުރި އޭޖެންޓުންތަކެއް ވެގެން ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ އިސްތަންބޫލް ކޮންސިއުލޭޓްގެ ތެރޭގައި މަރާލި ހާދިސާ އަށް ފަހުއެވެ.

ޔަމަނުގެ ހަނގުރާމައިގައި ސައުދީ-ޔޫއޭއީ ކޯލިޝަނަށް އެމެރިކާ އިން ދެމުންދިޔަ އެހީތެރިކަން ނިމުމަކަށް ގެނައުމަށް ގާނޫނުހަދާ މަޖިލީހުގެ މަތިގެއިން މާޗް މަހު ފާސްކޮށްފައިވާއިރު ގާނޫނުހަދާ މަޖިލީހުގެ ތިރިގެއިން އެ ގަރާރު ފާސްކޮށްފައި ވަނީ އޭޕްރީލް މަހުއެވެ.

މަޖިލީހުގެ ދެ ގެއިން ވެސް މި ގަރާރަށް ތާއީދުކޮށްފައިވާއިރު މިއީ ކޮންގްރެސްގެ ރުހުމަކާ ނުލައި އެމެރިކާގެ ސިފައިން ރައީސްގެ އަމުރަށް ހަނގުރާމައަށް ފޮނުވުން ކޮންޓްރޯލް ކުރުމަށް ވިއެޓްނާމް ހަނގުރާމައިގެ ދުވަސްވަރު 1973ގައި ހެދި ހަނގުރާމައިގެ ބާރުތަކުގެ ގާނޫނުގެ ދަށުން ރައީސްގެ ބާރުތައް ކުޑަކުރި ފުރަތަމަ ފަހަރެވެ.

ސައުދީ އާއި ޔޫއޭއީ އިން 2015 ވަނަ އަހަރު ޔަމަނުގެ ހޫޘީންނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ވައިގެ ތެރޭގައި އޮވެ މަތިންދާ ބޯޓުތަކަށް ތެޔޮ އަޅައިދިނުމާއި، ހަމަލާގެ ކުރިން ސަރަހައްދު ބަލައިދިނުމާއި، އިންޓެލިޖެންސް މައުލޫމާތު ފޯރުކޮށްދިނުމަކީ އެމެރިކާއިން ދީފައިވާ އެހީތެރިކަމެވެ. އެ ކޯލިޝަނުން 19،000 އަށް ވުރެ ގިނަ ފަހަރަށް ޔަމަނުގައި ވައިގެ ހަމަލާތައް ދީފައި ވެއެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު