Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓްރާންސްޕޯޓް މިނިސްޓްރީ

ޓެކްސީ މީޓަރުގެ ގޮތުގައި ބޭނުންކުރާނީ މޮބައިލް އެޕް: ޓްރާންސްޕޯޓް 

17 އެޕްރީލު 2019 | ބުދަ 04:27

މިހާރު ޓެކްސީ ދަތުރުތަކަށް ނަގާ ވަރަށް ވުރެ ޚަރަދު ކުޑަވާނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 17 އެޕްރީލު 2019 | ބުދަ 04:27
ޓެކްސީ

ޓެކްސީ

ޓެކްސީ މީޓަރުގެ ގޮތުގައި ބޭނުންކުރާނީ މޮބައިލް އެޕްލިކޭޝަން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ދަތުރުތަކުގެ އަގު ބޮޑުވެ ރައްޔިތުންގެ ޝަކުވާއާ ގުޅިގެން އެމިނިސްޓްރީން ވަނީ ޓެކްސީގައި މީޓަރު ހަރުކުރަން ނިންމާފައެވެ.

Advertisement - newsAdvertisement

މިނިސްޓްރީން ޖެނުއަރީ މަހު އެގޮތަށް ނިންމި ނަމަވެސް އެ މަސައްކަތް ނުފެށި ދިގުލައިގެން ދާތީ ރާއްޖެއެމްވީއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ މިހާރު ނިންމާފައިވަނީ ޓެކްސީގައި މޮބައިލް އެޕްލިކޭޝަން ބޭނުން ކުރުމަށް ކަމަށެވެ. އަދި އެޕްލިކޭޝަންގައި ހުންނަންޖެހޭ ޝަރުތުތަކާއި އެކަމާ ގުޅޭ ތަފްސީލް އަންނަ މަހުގެ ފެށޭ ހަފްތާ ތެރޭގައި އާންމު ކުރާނެ ކަމަށް ވިދާޅުވިއެވެ.

"މޮބައިލް އެޕްލިކޭޝަންގައި ހުންނަންޖެހޭ ފީޗާސް ހުންނާނެ ގޮތާއި ޝަރުތުތަށް އަންނަ މަސް ފެށޭ ތާނގައި މިނިސްޓްރީން އިއުލާން ކުރާނެ،" އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ މޮބައިލް އެޕް ބޭނުންކޮށްގެން ޚިދުމަތް ދިނުން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ފެށޭވަރު ވާނެ ކަމަށެވެ. އަދި އެ ބަދަލު ގެނައުމުން މިހާރު ޓެކްސީ ދަތުރުތަކަށް ނަގާ ވަރަށް ވުރެ ޚަރަދު ކުޑަވާނެ ކަމަށް ވިދާޅުވިއެވެ.

މާލޭގައި އެކަނި ވެސް 1100 އަށް ވުރެ ގިނަ ޓެކްސީ ވަނީ ރެޖިސްޓްރީކޮށްފައެވެ.

އާދިލް ވިދާޅުވީ އެހާ ގިނަ އަދަދެއްގެ ޓެކްސީ ރެޖިސްޓްރީކޮށްފައިވާއިރު ވެސް ޓެކްސީ ނުލިބިގެން ރައްޔިތުންގެ ޝަކުވާ އަންނަ ކަމަށާއި އެގޮތަށް ދިމާވަނީ ބައެއް ޓެކްސީތައް ބޭނުން ނުކުރާތީ ކަމަށެވެ. އެހެންކަމުން އެ މިނިސްޓްރީން ތައާރަފްކުރާ މޮބައިލް އެޕްގެ ސަބަބުން އެއަށް ވެސް ހައްލު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"ބައެއް ޓެކްސީތައް އެބަހުރި ދުވާލަކު 4 ގަޑިއިރެއްހާއިރު ދުއްވާލުމަށް ފަހު ޕާކް ކޮށްލާފައި ބާއްވާ ޓެކްސީތައް ވެސް. އަޅުގަނޑުމެން ތައާރަފްކުރަން އުޅޭ އެޕުން އެނގިގެންދާނެ ކިހާ ވަގުތެއްގައިތޯ ބޭނުން ނުކުރާނީ. އެކަންތައްތަކަށް ވެސް ހައްލު ލިބިގެން ދާނެ،" އާދިލް ވިދާޅުވިއެވެ.

ޓްރާންސްޕޯޓުން ޓެކްސީގެ އަގުތަކެއް މިހާރު ވެސް ކަނޑައަޅާފައިވެއެވެ. ނަމަވެސް ސިނަމާލެ ބްރިޖް ހުރަސްކުރުމަށް އެކި ޓެކްސީތަކުން ނަގަމުން ދަނީ އެކި ވަރަށެވެ. އެ ގޮތުން އާންމު ގޮތެގައި ބްރިޖްގެ ދަތުރަކަށް 100ރ. ނަގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް