Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް 2019

ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާއަށް 101 އޮޑިޓް ރިޕޯރޓް!

14 އެޕްރީލު 2019 | އާދީއްތަ 09:27

2007 ފެށިގެން 2013 ނިޔަލަށް ނުނިމި ކޮމިޓީގައި ހުރި އޮޑިޓް ރިޕޯޓްތައް ހިމެނޭ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 14 އެޕްރީލު 2019 | އާދީއްތަ 09:27
19 ވަނަ މަޖިލިސް ހުވާކުރާނީ މެއި 28 ވަނަ ދުވަހު

19 ވަނަ މަޖިލިސް ހުވާކުރާނީ މެއި 28 ވަނަ ދުވަހު

ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ކޮމިޓީން ހުށަހަޅާ ކަންތަކުގެ ތެރޭގައި، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމާފައިވާ 101 އޮޑިޓް ރިޕޯރޓް އެޖެންޑާކޮށްފިއެވެ.

މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމާފައިވާ އޮޑިޓް ރިޕޯރޓްތަކުގެ ތެރޭގައި 2007 ވަނަ އަހަރާއި 2013 ވަނަ އަހަރާއި ދެމެދުގެ ރިޕޯރޓްތައް ހިމެނެއެވެ. މީގެ ތެރޭގައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ އޮޑިޓް ރިޕޯޓާއި، އިލެކްޝަންސް ކޮމިޝަނުގެ އޮޑިޓް ރިޕޯޓްތަކާއި، އެންޓި ކޮރަޕްޝަންސް ކޮމިޝަނުގެ އޮޑިޓް ރިޕޯޓާއި، އެކި ކައުންސިލްތަކުގެ އޮޑިޓް ރިޕޯޓްތަކުގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާތަކުގެ އޮޑިޓް ރިޕޯޓްތައް ވެސް ހިމެނެއެވެ.

Advertisement - newsAdvertisement

މާލިއްޔަތު ކޮމިޓީގެ ގިނަ އަދަދެއްގެ އޮޑިޓް ރިޕޯޓް ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، ޖަލްސާގެ ވަގުތު އިތުރުކުރަން އަދި މަޖިލީހުގެ ރިޔާސަތުން ނިންމާފައިނުވާ ކަމަށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވަނީ ވިދާޅުވެފައެވެ. ނިއުޝާ ވިދާޅުވީ ހޯމަ ދުވަހުގެ ޖަލްސާގެ ވަގުތު ހަމަވާއިރު، ގޮތެއް ނުނިމި ބާކީ ހުރި ރިޕޯޓްތައް ދެން ޖެހިގެން އޮންނަ ޖަލްސާއަކަށް އެޖެންޑާކުރާނެ ކަމަށެވެ. މިހާރު ހިނގާ 18 ވަނަ މަޖިލިސް ނިމުމަކަށް އަންނައިރު، ފެންނަނީ މަޖިލީހުގައި ނުނިމި ގިނަ މަސައްކަތްތަކެއް ކޮމިޓީ މަރްހަލާގައި އޮތް ތަނެއެވެ.

އެއް ޖަލްސާއަކަށް މިހާތަނަށް އެޖެންޑާކުރި އެންމެ ގިނަ ބިލްތައް ވެސް އެޖެންޑާކޮށްފައި ވަނީ ހޯމަދުވަހުގެ ޖަލްސާއަށެވެ. ހޯމަ ދުވަހުގެ ޖަލްސާއަށް މަޖިލީހަށް ތައާރަފްކުރަންޖެހޭ ބިލްގެ ތެރޭގައި 12 ބިލެއް ވަނީ އެޖެންޑާކޮށްފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ތަގާފީ ތަރިކައިގެ ބިލްގެ ފުރަތަމަ ކިޔުން އިއްވުމާއި، ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ހުށަހަޅުއްވާފައިވާ ވިޔަފާރީގެ ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވުމުގެ އިތުރުން ސަރުކާރުގެ ފަރާތުން އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވުން ހިމެނެއެވެ.

މީގެ އިތުރުން ސަރުކާރުގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާހް ހުށަހަޅުއްވާފައިވާ، ސިވިލް ސަރވިސްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމުގެ އިތުރުން ސަރުކާރުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ހުށަހަޅުއްވާފައިވާ ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނަށް އިޞްލާޙުގެ ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއި، ސަރުކާރުގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ އިންތިޤާލީ ޢަދާލަތުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއި، ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ މެންބަރު އަޙްމަދު މަރުޒޫގު ހުށަހަޅުއްވާފައިވާ ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ބެހޭ ބިލުގެ ފުރަތަމަ ކިޔުން އިއްވުން ހިމެނެއެވެ.

މީގެ އިތުރުން ސަރުކާރުގެ ފަރާތުން، އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއި، ސަރުކާރުގެ ފަރާތުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުالله ހުށަހަޅުއްވާފައިވާ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު އަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން ހިމެނެއެވެ.

އަށާރަ ވަނަ މަޖިލިސް ނިމުމަކަށް އަންނާނީ އޭޕްރީލް 30 ވަނަ ދުވަހާއި ހަމައަށެވެ. ނަވާރަ ވަނަ މަޖިލިސް ހުވާކުރާނީ މެއި މަހުގެ 28 ވަނަ ދުވަހުއެވެ.

ހޯމަ ދުވަހު ޖަލްސާ އެޖެންޑާކޮށްފައި މި ވަނީ ޖަލްސާއެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. އެންމެ ފަހުން ޖަލްސާއެއް ބާއްވާފައި ވަނީ މާރޗް 27 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ލަންކާ ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ހޯމަ ދުވަހު ލަންޑަނަށް ވަޑައިގަންނަވަނީ

11 ފެބުރުއަރީ 2017
ލަންކާ ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ހޯމަ ދުވަހު ލަންޑަނަށް ވަޑައިގަންނަވަނީ
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް