Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނަޝީދުގެ ލަންކާ ދަތުރުފުޅު

ލަންކާ ދަތުރުފުޅަށް ފަހު ރައީސް ނަޝީދު ހޯމަ ދުވަހު ލަންޑަނަށް ވަޑައިގަންނަވަނީ

ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން މުހިންމު ނިންމުންތަކެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2017 | ހޮނިހިރު 10:13
އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ވޯޓް ދެއްވުމަށް ރައީސް ނަޝީދު ލަންކާގެ ނުގޭގޮޑާގައި

އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ވޯޓް ދެއްވުމަށް ރައީސް ނަޝީދު ލަންކާގެ ނުގޭގޮޑާގައި

ރައީސް މުހައްމަދު ނަޝީދު ލަންކާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ހޯމަ ދުވަހު އެނބުރި އިނގިރޭސީވިލާތަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސައިފި އެވެ.

އިނގިރޭސީވިލާތުން ހިމާޔަތް ހޯއްދަވައިގެން އެގައުމުގައި ދިރިއުޅުއްވަމުން ގެންދަވާ ރައީސް ނަޝީދު ލަންކާ އަށް ވަޑައިގެންނެވީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. މި ދަތުރުފުޅަކީ، މިދިޔަ އަހަރުގެ ޖެނުއަރީގައި ބޭސްފަރުވާ އަށް ރާއްޖެ ދޫކުރައްވައި އިނގިރޭސީވިލާތަށް ވަޑައިގެންނެވި ފަހުން ރައީސް ނަޝީދު ލަންކާ އަށް ކުރެއްވި ދެވަނަ ދަތުރުފުޅެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހު ވެސް އެމަނިކުފާނު ލަންކާ އަށް ވަޑައިގެންނެވި އެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ލަންކާ އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، 2015 ވަނަ އަހަރުގެ މާޗް މަހު އެމަނިކުފާނަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ފަހުން ފުރަތަމަ ފަހަރަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންފަ އެވެ.

ލަންކާ ގައި ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީން ވަނީ މުހިންމު ނިންމުންތަކެއް ނިންމާފަ އެވެ. އެގޮތުން ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން އިޚްތިޔާރު ކުރާ ކެނޑިޑޭޓަށް އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތު ނުދީފި ނަމަ އެމްޑީޕީން އިންތިހާބުގައި ވާދަނުކުރުމަށް ވަނީ ނިންމާފަ އެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރުންނާއެކު ރައީސް ނަޝީދު

އެ ނިންމުމާ ގުޅޭ ގޮތުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި އާންމު މެންބަރުން ބޭނުންވަނީ 2018 ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެނޑިޑޭޓުގެ ގޮތުގައި އެމަނިކުފާނު ވާދަކުރެއްވުމަށް ކަމަށެވެ. ރައީސް ނަޝީދު ވަނީ ރިޔާސީ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ބައިވެރިވެ ވަޑައިގަންނަވާނެކަން އިއުލާނު ކުރައްވާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން އިޚްތިޔާރު ކުރާ ކެނޑިޑޭޓަށް ފުރުސަތު ނުދީފި ނަމަ، ތާއީދު ކުރައްވާނީ އެހެން ކެނޑިޑޭޓަކަށް ކަމަށެވެ. އަދި އެ ކެނޑިޑޭޓަކީ އެމްޑީޕީން ނެރޭ ކެނޑިޑޭޓަކަށް ވުމަށް މެންބަރުން ނޭދޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ ލަންކާގައި ދިރިއުޅެމުންދާ ދިވެހިންނާ ވެސް ބައްދަލުކުރައްވާފަ އެވެ. ރައީސް ނަޝީދާ ބައްދަލުކުރުމަށް ގިނަ އަދަދެއްގެ ދިވެހިން ލަންކާ އަށް ގޮސްފައި ވެއެވެ. މިމަހުގެ 2 ވަނަ ދުވަހު ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ހަތަރެސްފައި ބަނދެފައި އިންތިހާބުގައި ވާދަކުރިއަސް ޕީޕީއެމް ބަލިވާނެ ކަމަށެވެ.

ރައްޔިތުންނާއެކު ރައީސް ނަޝީދު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން

އެ ބައްދަލުވުމުގައި ރައީސް އަބްދުﷲ ޔާމީނަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ ތާއީދު ނެތްްކަން މިހާރު ރައީސް ޔާމީނަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ވަޒީފާގެ ބިރު ދައްކައި މަޖުބޫރުކޮށްގެން ރައީސް ޔާމީން ކަންކަން ކުރައްވަނީ ރައްޔިތުންގެ ތާއީދުނެތް ކަން އެނގިވަޑައިގަންނަވާތީ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ އަޅުގަނޑު ފުރައިގެން ދިޔައީ މާފުށީ ޖަލުން. އަޅުގަނޑު އެނބުރި ރާއްޖެ ގޮސްފި ނަމަ ހަމަ ދާން ވެސް އޮތީ މާފުށީ ޖަލު. ޖަލަށް ދާން ޖެހުނު ކަމުގައި ވިއަސް އަޅުގަނޑު ރާއްޖެ ދާންވީ ވަގުތުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ރާއްޖެ ދާނަން،"

މިމަހުގެ 9 ވަނަ ދުވަހު ރައީސް ނަޝީދު ވަނީ ޖަލު ހުކުމް އިއްވި ފަހުން ފުރަތަމަ ފަހަރަށް ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވަވާފަ އެވެ. ހިލްޓަން ހޮޓަލުގެ ދަ ބްލޫ މާލަމުގައި ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ނޫސްވެރިންގެ ގިނަ އަދަދެއްގެ ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ.

އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އެމަނިކުފާނު ފާހަގަކުރެއްވީ، 2018 ގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ބާރުއެޅުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށެވެ. އެކަންކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ 2018 ގައި އިންތިހާބެއް ކަށަވަރުކުރުމަކީ މިވަގުތަށް އެންމެ މުހިންމު މަސައްކަތް ކަމަށެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ރައީސް ނަޝީދު ޖަވާބު ދެއްވަނީ

ރިޔާސީ އިންތިހާބެއް ބާއްވައިފި ނަމަ، އެ އިންތިޚާބެއްގައި އެމަނިކުފާނު ވާދަކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އަދި ރައީސް ޔާމީނަށް އެމަނިކުފާނާ ވާދަކުރައްވަން ކެރިވަޑައިނުގަތުމާއި، ރައްޔިތުންގެ ތާއީދު ނެތުމަކީ ރައީސް ޔާމީން ލަދުވެތިވެވަޑައިގަންނަވަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ ރައީސް ޔާމީނަށް ގޮންޖައްސަވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ، ވާދަކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައިގެންފިނަމަ ސާދާ ގޮތަކަށް ބޮޑު ތަނުން ރައީސް ޔާމީން ބަލިކުރައްވާނެ ކަމަށެވެ.

"ބަޔަކު މީހުން އަޅުގަނޑަށް ތާއީދު ކުރުމަކީ އަޅުގަނޑުގެ ކުށެއް ނޫން، ވަރަށް ދެރަ ކަމެއް، ރައީސް ޔާމީނަށް ބޭފުޅުން ތާއީދު ނުކުރައްވާތީވެ، އެ ބޭފުޅާގެ އަމިއްލަ ޕާޓީން ވެސް އެކަން ނުވާތީވެ . ދެން އަޅުގަނޑު ވަރަށް ދެރަވާ މައްސަލައެއް މިއީ، އަޅުގަނޑުގެ ކުށެއް ނޫން،"

ލަންކާ ދަތުރުފުޅަށް ފަހު ހޯމަ ދުވަހުގެ ހެނދުނު ރައީސް ނަޝީދު އިނގިރޭސީވިލާތަށް ފުރާވަޑައިގަންނަވާއިރު، އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ސަމިޓުގެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް މިމަހުގެ 19 ވަނަ ދުވަހު ރައީސް ނަޝީދު ޖެނީވާ އަށް ވަޑައިގަންނަވާނެ އެވެ. ދުނިޔޭގެ މަޝްހޫރު ސިޔާސީ ކުށްވެރިންނާއި އެ ބޭފުޅުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތައް ބައިވެރިވާ އެ ސަމިޓް އޮންނާނީ މިމަހުގެ 24 ވަނަ ދުވަހު އެވެ.

  • ޖެނުއަރީ، 29: ރައީސް ނަޝީދު ލަންކާ އަށް ވަޑައިގަތުން
  • ޖެނުއަރީ، 30: އެމްޑިޕީގެ އިސް ބޭފުޅުންނާ ރައީސް ނަޝީދު ބައްދަލު ކުރެއްވުން
  • ފެބްރުއަރީ، 1: އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަތުން
  • ފެބްރުއަރީ، 2: އިދިކޮޅު އިއްތިހާދުގެ ބޭފުޅުންނާ ރައީސް ނަޝީދު ބައްދަލުކުރެއްވުން
  • ފެބްރުއަރީ، 2: ލަންކާގައި ދިރިއުޅޭ ދިވެހިންނާ ރައީސް ނަޝީދު ބައްދަލުކުރެއްވުން
  • ފެބްރުއަރީ، 9: ރައީސް ނަޝީދު ނޫސްވެރިންނާ ބައްދަލުކުރެއްވުން
  • ފެބްރުއަރީ، 10: އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ރައީސް ނަޝީދު ވޯޓް ދެއްވުން
  • ފެބްރުއަރީ، 13: ރައީސް ނަޝީދު އިނގިރޭސިވިލާތަށް ފުރާ ވަޑައިގެންނެވުން

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 ފެބުރުއަރީ
ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒުގެ މައްސަލައެއް ތަހުގީގު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިދާރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް މަޝްވަރާ ކުރަނީ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖު ހައިވޭގައި އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް، ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"
20224 އަހަރު ކުރިން
ރާއްޖެ

"ވ އާރަށް ލިބުނީ ރައީސް ޔާމީނަށް ރަނގަޅު އެއްޗެއް ދީގެން"

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!
20215 އަހަރު ކުރިން
ރިޕޯޓު

ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުގެ މުޅި އާއިލާއަށް ފްލެޓު ލިބުނު ވާހަކައަކީ ދޮގެއް!

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!
20197 އަހަރު ކުރިން
ރާއްޖެ

އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓަށް ފޯމް ހުށައެޅުމަށް ހޯމަ ދުވަހު ހުޅުވާލަނީ!

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!
20188 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަލްސާތަކަށް ނުދާ ދީނީ އިލްމުވެރިންނާ ގިޔާމަތް ދުވަހުން ސުވާލުކުރެވޭނޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު