Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑޮނޭޝިއާގެ ރިޔާސީ އިންތިހާބު

އިންޑޮނޭޝިއާ ރައީސްގެ ކެމްޕެއިންގައި ހޮލޮގްރާމެއް!

13 އެޕްރީލު 2019 | ހޮނިހިރު 03:11

ވިދޯދޯ މި ފަހަރު ވެސް އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވަނީ ބެލެވިފައި

އަމަން ހަލީމް
އަމަން ހަލީމް | 13 އެޕްރީލު 2019 | ހޮނިހިރު 03:11
އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިދޯދޯގެ ހޮލޮގްރާމް ކެމްޕެއިން ރެލީއެއްގައި

އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިދޯދޯގެ ހޮލޮގްރާމް ކެމްޕެއިން ރެލީއެއްގައި

އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިދޯދޯ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމުގެ ގޮތުން އެމަނިކުފާނުގެ ހޮލޮގްރާމެއް ބޭނުންކުރައްވަން ފައްޓަވައިފިއެވެ.

އެމެރިކާއަށް ވުރެ ވެސް ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ އިންޑޮނޭޝިއާގެ 17000 ޖަޒީރާ ރަށްތަކަށް ކެމްޕެއިންއަށް ދަތުރު ކުރެއްވުމުގައި އަވަދިނެތި އުޅުއްވަމުން، ރައީސް ވިދޯދޯ ވަނީ އެމަނިކުފާނަށް ވަޑައިނުގެންނެވޭ ސަރަހައްދުތަކަށް ހޮލޮގްރާމްގެ އެހީގައި އާއްމުންގެ ވޯޓު ހޯދަން ކެމްޕެއިން ރެލީތައް ބާއްވަވަމުންނެވެ.

އާދައިގެ ހުދު ގަމީހަކާއި ނޫ ޖިންސެއް ތުރުކުރައްވައިގެން ހުންނެވި ވިދޯދޯގެ ހޮލޮގްރާމް ފެނުމުން އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ފޯރިއާ އެކު ކެމްޕެއިން އިވެންޓްތަކުގައި ވެސް ބައިވެރިވަމުންނެވެ. އަދި މި ހޮލޮގްރާމަކީ ސައްތައިން ސައްތަ އިންޑޮނޭޝިއާގެ ޒުވާނުންގެ އުފެއްދުމެއް ކަމަށް ވެސް ވިދޯދޯގެ ހޮލޮގްރާމް ވިދާޅުވެއެވެ.

ރޮއިޓަރޒް ނޫސް އެޖެންސީއަށް އިންޓަވިއު ދިން ޒުވާނަކު ބުނެފައި ވަނީ އޭނާއަށް މިކަން ވަރަށް ކަމުގޮއްސި ކަމަށާއި، ހީވަނީ ހަމަ ރައީސް އެމީހުން ކައިރިއަށް އައިސް ބައްދަލުކޮށްލާހެން ކަމަށެވެ. ލޯބިން އެގައުމުގެ ރައްޔިތުން "ޖޮކޯވީ" ގެ ނަމުން މުހާތަބު ކުރާ ވިދޯދޯއަކީ ރައްޔިތުން، ހާއްސަކޮށް ޒުވާނުންގެ މެދުގައި މަގުބޫލު ރައީސްއެކެވެ.

އިންތިހާބުގެ ކެމްޕެއިންގައި ހޮލޮގްރާމްގެ ޒަރިއްޔާއިން ރައްޔިތުންނާ ބައްދަލުކުރުން އިންޑޮނޭޝިއާއަށް އައު ކަމަކަށްވީ ނަމަވެސް، މީގެ ކުރިން ތުރުކީގެ ރައީސް ތޮއްޔިބް އުރުދުޣާން އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ ކެމްޕެއިން ކުރައްވަން ހޮލޮގްރާމް ބޭނުން ކުރައްވާފައެވެ.

އިންޑޮނޭޝިއާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ގާތްވެފައިވާ އިރު، މިފަހަރުގެ އިންތިހާބުގައި 192 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ވިދޯދޯ މިފަހަރުގެ އިންތިހާބު ވެސް ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވެއެވެ. އެގޮތުން ވިދޯދޯ އުޅުއްވަނީ އެމަނިކުފާނާ އެއްމެ ގާތުން ވާދަކުރައްވާ ކުރީގެ އަސްކަރިއްޔާގެ ޖެނެރަލް ޕްރަބޯވޯއަށް ވުރެ އެތައް ގުނައެއް ކުރީގައި ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2018

ލަންކާގެ ރައީސްގެ ދައުރުގެ މުއްދަތު އިތުރު ކުރުމަށް ހުށަހެޅުއްވި މައްސަލައިގައި 5 މެމްބަރުންގެ ބެންޗެއް

11 ޖެނުއަރީ 2018
ލަންކާގެ ރައީސްގެ ދައުރުގެ މުއްދަތު އިތުރު ކުރުމަށް ހުށަހެޅުއްވި މައްސަލައިގައި 5 މެމްބަރުންގެ ބެންޗެއް
27 ސެޕްޓެމްބަރު 2017

އެންގޯލާއަށް 38 އަހަރަށް ފަހު އާ ރައީސެއް، އަދިވެސް ހުރިހާ ބާރެއް ކުރީގެ ރައީސްގެ އަތްޕުޅުގައި!

27 ސެޕްޓެމްބަރު 2017
އެންގޯލާއަށް 38 އަހަރަށް ފަހު އާ ރައީސެއް، އަދިވެސް ހުރިހާ ބާރެއް ކުރީގެ ރައީސްގެ އަތްޕުޅުގައި!
04 ސެޕްޓެމްބަރު 2017

މިޔަންމާގެ އަމަލުތައް ހުއްޓާލުމަށް ގޮވާލުމަށްޓަކައި އިންޑޮނޭޝިއާގެ ފޮރިން މިނިސްޓަރު މިޔަންމާ އަށް

04 ސެޕްޓެމްބަރު 2017
މިޔަންމާގެ އަމަލުތައް ހުއްޓާލުމަށް ގޮވާލުމަށްޓަކައި އިންޑޮނޭޝިއާގެ ފޮރިން މިނިސްޓަރު މިޔަންމާ އަށް
23 އޯގަސްޓު 2017

ނައިޖީރިއާގެ ރައީސްގެ ރަސްމީ އޮފީސް މީދާ ކެއުމުގެ ސަބަބުން އަމިއްލަ ގެކޮޅުގައި މަސައްކަތް ފައްޓަވައިފި

23 އޯގަސްޓު 2017
ނައިޖީރިއާގެ ރައީސްގެ ރަސްމީ އޮފީސް މީދާ ކެއުމުގެ ސަބަބުން އަމިއްލަ ގެކޮޅުގައި މަސައްކަތް ފައްޓަވައިފި
23 ޖުލައި 2017

ބަޑިޖަހާ މަރާލާ، ރަޙުމުކޮށްގެން ނުވާނެ: އިންޑޮނޭޝިއާގެ ރައީސް

23 ޖުލައި 2017
ބަޑިޖަހާ މަރާލާ، ރަޙުމުކޮށްގެން ނުވާނެ: އިންޑޮނޭޝިއާގެ ރައީސް
15 ޖުލައި 2017

މަނީ ލޯންޑަރިންގެ ތުހުމަތުގައި ޕެރޫގެ ކުރީގެ ރައީސްގެ ދެކަނބަލުން ހައްޔަރުކޮށްފި

15 ޖުލައި 2017
މަނީ ލޯންޑަރިންގެ ތުހުމަތުގައި ޕެރޫގެ ކުރީގެ ރައީސްގެ ދެކަނބަލުން ހައްޔަރުކޮށްފި
23 ޖޫން 2017

ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ އެކުވެރިޔާ ތިން އަހަރަށް ޖަލަށް ލައިފި

23 ޖޫން 2017
ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ އެކުވެރިޔާ ތިން އަހަރަށް ޖަލަށް ލައިފި
21 މެއި 2017

ބްރެޒިލްގެ ރައީސްގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތެއް!

21 މެއި 2017
ބްރެޒިލްގެ ރައީސްގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތެއް!
13 މެއި 2017

ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!

13 މެއި 2017
ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!
17 އެޕްރީލު 2017

ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލައިފި

17 އެޕްރީލު 2017
ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ މައްޗަށް ރަސްމީކޮށް ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް