Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބްރެޒިލްގެ ރައީސް

ބްރެޒިލްގެ ރައީސްގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތެއް!

ތުހުމަތުތައް ދޮގުކުރައްވާ

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 21 މެއި 2017 | އާދީއްތަ 14:39
ބްރެޒިލްގެ ރައީސް މިޝެލް ޓެމިއާ

ބްރެޒިލްގެ ރައީސް މިޝެލް ޓެމިއާ

ބްރެޒިލްގެ ރައީސް މިޝެލް ޓެމިއާގެ މައްޗަށް އެގައުމުގެ އެންމެ ބޮޑު އެއް މީޑިއާއިން ތުހުމަތުކުރި ބޮޑު ކޮރަޕްޝަނުގެ މައްސަލައެއް ތަހުގީގު ކުރުމުގެ މަސައްކަތް އެގައުމުގެ ހައިކޯޓަކުން ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން ހިންގާ ނޫހެއް ކަމަށްވާ "އޮގްލޮބޯ" އިން ތުހުމަތުކުރާ ގޮތުގައި ރައީސް ކަމުގައި ހުންނެވި ޓެމިއާ ވަނީ ބްރެޒިލްގެ ސެނެޓުގެ ކުރީގެ މެންބަރަކަށް ވަރަށް ގިނަ އަދަދެއްގެ ފައިސާދީފައެވެ.

އެނޫހުން ބުނާ ގޮތުގައި ޓެމިއާ، ބްރެޒިލް ސެނެޓުގެ ސްޕީކަރު އެޑުއާޑޯ ކުންހާއަށް ފައިސާދީފައި ވަނީ ކޮރަޕްޝަނުގެ ކުށް ސާބިތު ވެގެން ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދެވިއިރު، އިތުރު ބަޔެއްގެ ވާހަކަ ނުދައްކާ ހަނު ބެހެއްޓެވުމުގެ ގޮތުންނެވެ.

އޮގްލޮބޯގެ މި ތުހުމަތުތައް ޓެމިއާވަނީ ދޮގުކުރައްވާފައެވެ. އަދި ބްރެޒިލްގެ ސުޕްރީމް ކޯޓުން އެމައްސަލަ ބަލަންފަށާފައިވާއިރު، ރިޕޯޓަރުންނާއި ވާހަކަ ދައްކަވަމުން ޓެމިއާ ވިދާޅުވީ އޭނަގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާ ގުޅިގެން އިސްތިއުފާ ދެއްވަން ބޭނުންފުޅު ނުވާ ކަމަށެވެ.

ޓެމިއާ ވިދާޅުވީ އެއްވެސް މީހަކު ހަނު ބެހެއްޓުމަށް، ރިޝްވަތުގެ ފައިސާ ދިނުމަށް އަންގާފައިނުވާ ކަމަށެވެ. ނަމަވެސް އޮގްލޮބޯ އިން ބުނާގޮތުގައި ކުންހާއަށް ރިޝްވަތު ދިނުމަށް ޓެމިއާ ވިދާޅުވާ ވާހަކަތައް ވަނީ ރިކޯޑް ކުރެވިފައެވެ.

އެ ނޫހުން ބުނާގޮތުގައި ޓެމިއާ މިގޮތައް ކަންތައް ކުރައްވާފައިވަނީ ހިނގަމުންދާ ކޮރަޕްޝަނުގެ ބޮޑު ތަހުގީގެއްގައި އެއްޗެއް ވިދާޅުނުވެ ހުންނަވައިފިނަމަ އޭގެ ބަދަލުގައި ކޮށްދެއްވާ ކަމެއްގެ ގޮތުގައެވެ.

ޓެމިއާ ވިދާޅުވި ގޮތުގައި އޭނާގެ ކުށެއް ނެތްކަން ސާބިތުކޮށް ދެއްވަން މަސައްކަތް ކުރައްވާނެއެވެ.

"އަޅުގަނޑަށް އެނގޭ އަޅުގަނޑުކުރީ ކީއްކަން، އަޅުގަނޑަށް އެނގޭ އަޅުގަނޑުގެ އަމަލުތައް ރަނގަޅުކަން، މި ތުހުމަތުތައް އަވަހަށް ތަހުގީގު ކުރުމަށް އަޅުގަނޑު ބާރު އަޅަން" ޓެމިއާ ވިދާޅުވެފައިވެއެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި

16 މާރިޗު 2017
ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި
12 މާރިޗު 2017

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ
06 މާރިޗު 2017

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

06 މާރިޗު 2017
އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި
03 މާރިޗު 2017

މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

03 މާރިޗު 2017
މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު