Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހުމާލާ ހައްޔަރުކުރުން

މަނީ ލޯންޑަރިންގެ ތުހުމަތުގައި ޕެރޫގެ ކުރީގެ ރައީސްގެ ދެކަނބަލުން ހައްޔަރުކޮށްފި

ޝަރީއަތުގެ ކުރިން ބަންދުކުރުމަށް ކޮށްފައިވާ އަމުރަކީ ބޭއިންސާފު އަމުރެއްކަމަށް ދެބޭފޫޅުންވެސް ވިދާޅުވޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 15 ޖުލައި 2017 | ހޮނިހިރު 02:48
ޝަރީއަތުގެ ކުރިން ބަންދުކުރުމަށް ކޮށްފައިވާ އަމުރަކީ ބޭއިންސާފު އަމުރެއް ކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވޭ

ޝަރީއަތުގެ ކުރިން ބަންދުކުރުމަށް ކޮށްފައިވާ އަމުރަކީ ބޭއިންސާފު އަމުރެއް ކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވޭ

މަނީ ލޯންޑަރިންގެ ތުހުމަތުގައި ޕެރޫގެ ކުރީގެ ރައީސް އާއި އަނބިކަބަލުންގެ މައްޗަށް ދައުވާކުުރުމަށް ޕްރޮސިކިއުޓަރުން ތައްޔާރުވެފައި ވަނިކޮށް ފަނޑިޔާރުގެ އަމުރުފުޅަށް ދެ ކަނބަލުން ހައްޔަރުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ކޯޓު އަމުރު ނެރުއްވުމާއެކު އޮލާންޓެ ހިމާލާ އަދި ނަދީން ހެރެއިޑާ ވަނީ ފުލުންގެ ބޮޑު ފައުޖެއްގެ ބެލުމުގެ ދަށުން ކޯޓަށް ގެންގޮސްފައެވެ.

ފަނޑިޔާރު ކެންސެޕްސިއޮން ވަނީ ތަހުގީގު ކުރިޔަށް ގެންދިއުމަށްޓަކައި އެމީހުން 18މަސްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ބްރެޒިލްއިން ޕެރޫއަށް ކަޅުފައިސާ އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ ކުރީގެ ރައީސް ބަންދުކުރުމަށް ފަނޑިޔާރުން އަމުރު ނެރުއްވި މިއީ ދެވަނަ ފަހަރަވެ.

ޕްރޮސިކިއުޓަރ ޖާމަން ޔުއަރއެޒް ވަނީ 2011 ވަނަ އަހަރުގެ އިންތިޚާބުގެ ކެމްޕެއިނަށް ކުރީގެ ރައީސްގެ ދެ ކަނބަލުން ގާނޫނާ ޚިލާފަށް 3 މިލިއަން ޑޮލަރު ހޯއްދެވި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ބްރެޒިލްގެ ކޮންސްޓްރަކްޝަން ފާމެއް ކަމަށްވާ އޯޑެބްރެކްގެ ފަރާތުން ހެކިބަސް ނަގާފައެވެ.

މީގެ އިތުރުން ނާކާމިޔާބުވި އެ އިންތިޚާބުގައި ވެނެޒުއޭލާގެ ކުރީގެ ރައީސް ހޫގޯ ޗަވޭޒްގެ އަތުން ވެސް ފައިސާ ހޯއްދަވާފައިވާ ކަމަށް ޔުއަރއެޒް ތުހުމަތު ކުރައްވައެވެ.

އެ ފައިސާއަކީ ވެސް އޭގެ މައުލޫމާތު ހާމަކޮށްފައި ނުވާ ފައިސާއެވެ.

އަސްކަރިއްޔާގައި ކުރިން މަސައްކަތް ކުރައްވާފައިވާ ހުމާލާ ވަނީ 2011 އިން 2016 އަށް ޕެރޫގެ ވެރިކަން ކުރައްވާފައެވެ. ދެމަފިރިންގެ މައްޗަށް ކުރާ ތުހުމަތު ދޮގުކޮށް ދެ ބޭފުޅުން ވެސް ވަނީ ޝަރީއަތުގެ ކުރިން ބަންދުކުރުމަށް ކޮށްފައިވާ އަމުރަކީ ބޭއިންސާފު އަމުރެއް ކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
22 މާރިޗު 2017

ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި

22 މާރިޗު 2017
ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި
05 މާރިޗު 2017

އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!

05 މާރިޗު 2017
އަނެއްކާ ވެސް މުސްލިމް ގައުމުތަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަނީ!
22 ފެބުރުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު