Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރައީސް ބުޚާރީ

ނައިޖީރިއާގެ ރައީސްގެ ރަސްމީ އޮފީސް މީދާ ކެއުމުގެ ސަބަބުން އަމިއްލަ ގެކޮޅުގައި މަސައްކަތް ފައްޓަވައިފި

3 މަސް ދުވަހު ބޭސްފަރުވާ ކުރައްވަން އުޅުއްވުމަށްފަހު ގައުމަށް އެނބުރި ވަޑައިގަތީ ވަރަށް ފަހުން

ރާއްޖެ އެމްވީ | 23 އޯގަސްޓު 2017 | ބުދަ 12:02
ނައިޖިރީއާގެ ރައީސް މުހައްމަދު ބުޚާރީ

ނައިޖިރީއާގެ ރައީސް މުހައްމަދު ބުޚާރީ

ތިން މަސްދުވަހު ގައުމުން ބޭރުގައި ބޭސްފަރުވާ ކުރައްވަން އުޅުއްވުމަށް މަހު ނައިޖިރީއާގެ ރައީސް މުހައްމަދު ބުޚާރީ އެނބުރި ގައުމަށް ވަޑައިގެންނެވި އިރު ކަމަކަދާކަށް ނެތެވެ. އެމަނިކުފާނުގެ ރަސްމީ އޮފީސް މީދާ ކައި ގެއްލުންދީއެވެ.

ސަރުކާރުގެ ތަރުޖަމާނު ގާބާ ޝެހޫ ވިދާޅުވީ، ރައީސްގެ ރަސްމީ އޮފީހުގެ އެއަރކޯން އާއި ފަރުނީޗަރުތައް މީދާ ކައި ގެއްލުންދީފައިވާތީ، އޮފީސް މަރާމާތު ކުރުމަށްޓަކައި، ކުރިއަށް އޮތް 3 މަސްދުވަހު ރައީސް މަސައްކަތް ކުރައްވާނީ އަމިއްލަ ގެކޮޅުގައި ކަމަށެވެ.

ތަރުޖަމާނު ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ސާމާނާ ތަކެއްޗާއެކު ހުރި ރަނގަޅު ފެންވަރުގެ އޮފީހެއްގެ ރައީސްގެ އަމިއްލަފުޅު ގެކޮޅުގައިވެސް ހުރުމާއެކު ރައީސަށް މަސައްކަތްޕުޅު ކުރައްވާކަށް އެއްވެސް ދައްޗެއް ނެތް ކަމަށެވެ.

ބުޚާރީ 3 މަސްދުވަހުގެ މުއްދަތައް ބޭސްފަރުވާ ކުރައްވަން ހުންނެވީ އިނގިރޭސި ވިލާތުގައެވެ.

ދިގު މުއްދަތެއްގައި ގައުމުން ބޭރުގައި ހުންނެވުމުގެ ސަބަބުން ނައިޖީރިއާގެ ބައެއް ރައްޔިތުން ވަނީ އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާލާފައެވެ. ރައީސް މިހާ ދިގު މުއްތަކަށް ފަރުވާ ހޯއްދެވާފައި ވުމާއެކު އެމަނިކުފާނުގެ އާލާސްކަންފުޅާ ބެހޭ މައުލޫމާތު ހާމަ ނުކޮށްގެންވެސް އެއްބަޔަކު އަނެއް ބަޔަކު ވަނީ ރުޅިއައިސްފައެވެ.

ބީބީސީން ބުނާގޮތުގައި އެމަނިކުފާނު ފުރަތަމަ ލަންޑަނަށް ވަޑައިގަތީ، ޖޫން 2016 ގައެވެ. އޭރު އެއީ ކަންފަތްޕުޅުގެ އިންފެކްޝަނަކަށް ފަރުވާކުރައްވަން ކަމަށް ރައީސް ބުޚާރީގެ އޮފީހުން ހަމަކޮށްފައިވެއެވެ.

އަނެއްކާ މިއަހަރުގެ ޖަނަވަރީ އާއި މޭމަހު އިނގިރޭސިވިލާތައް ވަޑައިގެންފައިވެއެވެ. ފަރުވާ ހޯއްދަވާ މައްސަލައާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

އިދިކޮޅު ފަރާތްތަކުން ބުނަނީ އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދަވަނީ ޕްރޮސްޓްރޭޓް ކެންސަރަށް ކަމަށެވެ. ނަވަމެސް ބުޚާރީ ވިދާޅުވެފައިވަނީ އެއީ ދޮގެއް ކަމަށެވެ.

ރައީސްގެ ސިއްހަތާ މެދު ކަންބޮޑުވާންޖހޭ އެއްވެސް ކަމެއް ނެތް، ރައީސްގެ ކިބައިން ފެންނަ ކަންކަމަށް ބަލާއިރު ބުނެވޭނީ، އަހަރެމެންނަށް ލިބިފައި މިވަނީ މުޅިން އައު ބުޚާރީއެއް، ހަކަތަ ހުރި، އަދި ވަރަށް ބޮޑަށް ކަންކަމަށް ސަލާމުކަން ދެއްވާ، ޔަގީން އެމަނިކުފާނު ހުންނެވީ ފުރިހަމަ ސިއްހަތެއްގައި ކަން – ބީބީސީ އަށް ރައީސް ބުޚާރީގެ ތަރުޖަމާނު ޝެހޫ ވިދާޅުވެފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ރަނގަޅު ކަމަށާއި އެހެން ކަމުން، ދެން އަލާސްކަންފުޅާ ބެހޭ ވާހަކަ ދައްކާކަށް ނުޖެހޭ ކަމަށެވެ.

ބުޚާރީ އަމިއްލަ ގެ ކޮޅުން މަސައްކަތް ކުރެއްވުމަށް ދެއްކެވި ސަބަބު ނައިޖީރިއާގެ ރައްޔިތުން ދެކެނީ ޝައްކުގެ ނަޒަރަކުންނެވެ. ސޯޝަލް މީޑިއާގައި މީހުން މިކަމާ ގުޅިގެން ފާޅު ކުރަމުންދާ ޚިޔާލު ތަކަށް ބަލާއިރު، ގިނަ ބަޔަކު ދަނީ މިކަމަށް ފާޑުކިޔާ ހަޖޫ ޖަހަމުންނެވެ.

HTTPS://TWITTER.COM/REALFFK/STATUS/899954590870888448?REF_SRC=TWSRC%5ETFW&REF_URL=HTTP%3A%2F%2FWWW.BBC.COM%2FNEWS%2FWORLD-AFRICA-41016366

ކޮމެންޓް

އިތުރަށް ކިޔާލަން

މަނީ ލޯންޑަރިންގެ ތުހުމަތުގައި ޕެރޫގެ ކުރީގެ ރައީސްގެ ދެކަނބަލުން ހައްޔަރުކޮށްފި

މަނީ ލޯންޑަރިންގެ ތުހުމަތުގައި ޕެރޫގެ ކުރީގެ ރައީސްގެ ދެކަނބަލުން ހައްޔަރުކޮށްފި

15 ޖުލައި 2017
ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ އެކުވެރިޔާ ތިން އަހަރަށް ޖަލަށް ލައިފި

ދެކުނު ކޮރެއާގެ ކުރީގެ ރައީސްގެ އެކުވެރިޔާ ތިން އަހަރަށް ޖަލަށް ލައިފި

23 ޖޫން 2017
އަލް ނޫރީ މިސްކިތް ގޮއްވާލުމަކީ އައިއެސް އިން "ރަސްމީކޮށް ބަލި ގަބޫލުކުރުން": އިރާގު

އަލް ނޫރީ މިސްކިތް ގޮއްވާލުމަކީ އައިއެސް އިން "ރަސްމީކޮށް ބަލި ގަބޫލުކުރުން": އިރާގު

22 ޖޫން 2017
ޕެރިސް އެގްރީމެންޓުން އެމެރިކާ ބޭރުވާނެކަން ރަސްމީކޮށް އިއުލާން ކޮށްފި

ޕެރިސް އެގްރީމެންޓުން އެމެރިކާ ބޭރުވާނެކަން ރަސްމީކޮށް އިއުލާން ކޮށްފި

02 ޖޫން 2017
ބްރެޒިލްގެ ރައީސްގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތެއް!

ބްރެޒިލްގެ ރައީސްގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތެއް!

21 މެއި 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު