Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެންގޯލާ

އެންގޯލާއަށް 38 އަހަރަށް ފަހު އާ ރައީސެއް، އަދިވެސް ހުރިހާ ބާރެއް ކުރީގެ ރައީސްގެ އަތްޕުޅުގައި!

އެންގޯލާއަށް މިނިވަންކަން ލިބުނު ފަހުން އެ ޤައުމުގައި ވެރިކަމަށް ވަޑައިގެންފައިވަނީ 3 ރައީސުން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2017 | ބުދަ 10:41
އެންގޯލާގެ ރައީސްކަމަށް އަލަށް އައްޔަން ކުރެވުނު އެ ޤައުމުގެ ކުރީގެ ޑިފެންސް މިނިސްޓަރު، ޖޮއާއޯ ލޯރެންކޯ

އެންގޯލާގެ ރައީސްކަމަށް އަލަށް އައްޔަން ކުރެވުނު އެ ޤައުމުގެ ކުރީގެ ޑިފެންސް މިނިސްޓަރު، ޖޮއާއޯ ލޯރެންކޯ

ދެކުނު އެފްރިކާގެ ޤައުމެއް ކަމުގައިވާ އެންގޯލާގެ ރައީސްކަމަށް އަލަށް އައްޔަން ކުރެވުނު އެ ޤައުމުގެ ކުރީގެ ޑިފެންސް މިނިސްޓަރު، ޖޮއާއޯ ލޯރެންކޯ، ރައީސްކަމުގެ ހުވާކުރައްވައިފިއެވެ.

އެންގޯލާގެ ރައީސްކަމަށް ޖޮއާއޯ އައްޔަން ކޮށްފައި މިވަނީ، 38 އަހަރު ވަންދެން އެ ޤައުމުގައި ވެރިކަން ކުރެއްވި ހޯޒޭ އެޑުއާޑޯ ޑޮސް ސަންތޯޒް އަންގާރަ ދުވަހު ވެރިކަމުން ދުރުވެވަޑައިގަތުމުންނެވެ. އެމަނިކުފާނު ވެރިކަމާ ދުރުވެވަޑައިގަތް ނަމަވެސް، ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ޖޮއާއޯ ލޯރެންކޯގެ ވެރިކަމުގައި ވެސް އެންމެ ނުފޫޒު ގަދަ ފަރާތަކަށް އެ ޤައުމުގައި ހުންނަވާނީ ކުރީގެ ރައީސް ޑޮސް ސަންތޯޒެވެ.

އެންގޯލާގެ ރައީސް ޖޮއާއޯ ލޯރެންކޯ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

އޭގެ އެއް ސަބަބެއް ކަމުގައި ތަޖުރިބާކާރުން ބުނަނީ، އެންގޯލާގެ ޤާނޫނުތައް ލިޔެފައިވާ ގޮތުން، ޤައުމުގެ ރައީސަކީ، ސީދާ ރިޔާސީ އިންތިޚާބެއްގެ ބަދަލުގައި ޤާނޫނުހަދާ މަޖިލީހުގެ މެޖޯރިޓި ލިބޭ ޕާޓީއަކުން އައްޔަން ކުރާ މީހަކަށް ވާއިރު، އާ ރައީސް ޖޮއާއޯ ލޯރެންކޯ ނިސްބަތްވެވަޑައިގަންނަވާ ޕޮޕިއުލަރ މޫވްމަންޓް ފޯރ ލިބަރޭޝަން އޮފް އެންގޯލާ (އެމްޕީއެލްއޭ)ގެ ލީޑަރަކީ އަދިވެސް ކުރީގެ ރައީސް ޑޮސް ސަންތޯޒް ކަމުގައި ވުމެވެ.

ޕާޓީގެ ކޮންޓްރޯލް ޑޮސް ސަންތޯޒްގެ އަތްޕުޅުގައި އޮތްއިރު، އެމަނިކުފާނު ވެރިކަމުން ދުރުވެވަޑައިގަތުމުގެ ކުރިން ވަނީ އެމަނިކުފާނުގެ ބާރާއި ނުފޫޒު ދެމިގެންދާނެ ގޮތަށް ބައެއް ކަންކަން ކުރައްވާފައެވެ.

އެގޮތުން، އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ކުރެއްވި ކަމަކީ، އެމަނިކުފާނަށްޓަކައި އާ ޤާނޫނީ ލަޤަބެއް ތަޢާރުފު ކުރެއްވުމެވެ. "ޕްރެސިޑެންޓް އޮފް ދަ ރިޕަބްލިކް އެމެރިޓަށް އޮނަރަރީ" ގެ ނަމުގައި އުފައްދަވައި އަމިއްލަށް ލިބިގެންނެވި މި ލަޤަބުގެ ސަބަބުން، އެމަނިކުފާނާއި، އެމަނިކުފާނުގެ އާއިލާގެ މައްޗަށް އެއްވެސް ބާވަތެއްގެ ދަޢުވާއެއް ނުކުރެވޭނެއެވެ.

ވެރިކަން ދޫކޮށްލެއްވުމުގެ ކުރިން ޑޮސް ސަންތޯޒް ވަނީ، އަސްކަރިއްޔާ އާއި، ސަލާމަތީ ބާރުތަކާއި، ޖާސޫސީ އިދާރާތަކަށް އާ ވެރިން ހަމަޖެއްސުން 2025 ވަނަ އަހަރާ ހަމައަށް ހުއްޓުވުމަށް ރިޔާސީ ޤަރާރެއް ފާސްކުރައްވާފައެވެ. މި ޤަރާރުގެ ސަބަބުން، ޑޮސް ސަންތޯޒްގެ ވެރިކަމުގައި އަސްކަރިއްޔާ އާއި، ސަލާމަތީ ބާރުތަކާއި، ޖާސޫސީ އިދާރާތަކަށް ލައްވަވާފައިވާ އެމަނިކުފާނަށް ވަފާތަރެރި ފަރާތްތައް އެ މަޤާމުތަކުގައި ތިބުމަށް މަގުފަހިވެގެން ދާނެއެވެ. އަދި ހަމަ މިއާ އެކު ވެރިކަން ދޫކޮށްލެއްވުމުގެ ކުރިން އެމަނިކުފާނު ވަނީ ފުލުހުންގެ އިސް ކޮމާންޑަރުންގެ ތެރެއިން 165 މީހަކަށް ވަޒީފާގެ ކުރިއެރުން ދީފައެވެ.

މީގެ އިތުރުން، ވެރިކަންކުރާ އެމްޕީއެލްއޭގެ ވެރިޔަކީ އަދިވެސް ޑޮސް ސަންތޯޒްކަމުން، ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި އެމަނިކުފާނުގެ މުހިއްމު ދައުރެއް އޮންނާނެއެވެ.

ކަން މިހެން ހުރި ނަމަވެސް، އާ ރައީސް، ޖޮއާއޯ ލޯރެންކޯ ވަނީ ސަރުކާރު ހިންގުމަށް ޑޮސް ސަންތޯޒް އަތް ނުބާނުއްވަވާނެ ކަމަށް ވިދާޅުވެފައެވެ.

38 އަހަރުވަންދެން އެންގޯލާގައި ޤައުމުގައި ވެރިކަން ކުރެއްވި ހޯޒޭ އެޑުއާޑޯ ޑޮސް ސަންތޯޒް

ތެލުގެ މުއްސަނދިކަން ލިބިފައިވާ އެންގޯލާގެ ވެރިކަމުގައި ޑޮސް ސަންޓޯޒްގެ ހުންނެވިއިރު، އެމަނިކުފާނު ވަނީ އާއިލާ އާއި ގާތް މީހުންގެ މުދާ ގިނަކޮށް، "ވަގުންގެ ސަރުކާރެއް" ޤާއިމްކުރައްވާފައެވެ. އެގޮތުން ތެލުގެ ވިޔަފާރިން ޤައުމަށް ވަންނަ ބޮޑު އާމްދަނީއަށް ވީނުވީއެއް ނޭނގި، ބިލިއަނުން ގެއްލިފައިވާ ކަމަށް ދުނިޔޭގެ މާލީ އެކި ޖަމިއްޔާތަކުން ތުޙުމަތުކުރެއެވެ. ނަތީޖާއެއްގެ ގޮތުން، އެންގޯލާ ފާހަގަކުރެވެނީ ދުނިޔޭގެ އެންމެ ފަގީރު އެއް ޤައުމުގެ ގޮތުގައެވެ.

ވެރިކަން ބަދަލުވެގެން ދިޔަ ނަމަވެސް، އެންގޯލާގެ ބޮޑެތި ކުންފުނިތަކާއި މުއައްސަސާތަކުގެ ވެރިންނަށް އަދިވެސް ތިބީ ޑޮސް ސަންޓޯޒްގެ އާއިލާގެ އެކި ފާރަތްތަކެވެ.

އެގޮތުން، އެފްރިކާގެ އެންމެ މުއްސަނދި އަންހެނާ އަދި ޑޮސް ސަންތޯޒްގެ ދަރިކަނބަލުން، ބިލިއަނަރު އިޒަބެލް ޑޮސް ސަންތޯޒަކީ އެންގޯލާގެ ދައުލަތުގެ ތެޔޮ ކުންފުނި، ސޮނަންގޯލްގެ ވެރިޔާއެވެ. ޑޮސް ސަންތޯޒްގެ ދަރިކަލުން ހޯޒޭ ފިލޮމެނޯ ޑޮސް ސަންތޯޒަކީ، 5 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި އެންގޯލާގެ ސޮވަރިން ވެލްތު ފަންޑް، ފަންޑޯ ސޮބެރާނޯ ޑި އެންގޯލާގެ ޗެއާމަނެވެ.

އެންގޯލާގެ ބޭންކިން ސެކްޓަރގައި ނުފޫޒުގަދަ ޑޮސް ސަންތޯޒްގެ ހަގު ދަރިކަނބަލުން، ވެލްވިޓްޝިއާ ޑޮސް ސަންތޯޒްއަކީ ވެރިކަންކުރާ އެމްޕީއެލްއޭގެ ސެންޓްރަލް ކޮމިޓީގެ ނުފޫޒުގަދަ މެންބަރެކެވެ.

އެންގޯލާއަށް 1975 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން އެ ޤައުމުގައި ވެރިކަމަށް ވަޑައިގެންފައި ވަނީ 3 ރައީސުންނެވެ. އެއީ 1975 ން 1979 ވަނަ އަހަރު އަވަހާރަވަންދެން ވެރިކަން ކުރެއްވި އަގޮސްޓީނޯ ނޭޓޯ އާއި، 1979 އިން މި އަހަރާ ހަމައަށް ވެރިކަން ކުރެއްވި ހޯޒޭ އެޑުއާޑޯ ޑޮސް ސަންތޯޒް، ބުދަ ދުވަހު ރައީސްކަމުގެ ހުވާކުރެއްވި ޖޮއާއޯ ލޯރެންކޯއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު

ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު

10 އެޕްރީލު 2017
ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި

ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި

06 އެޕްރީލު 2017
ތިން މަހަށްފަހު ބޮބް ޑިލަން ނޮބެލް އިނާމާ ހަވާލުވެއްޖެ

ތިން މަހަށްފަހު ބޮބް ޑިލަން ނޮބެލް އިނާމާ ހަވާލުވެއްޖެ

02 އެޕްރީލު 2017
ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި

ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި

28 މާރިޗު 2017
ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި

ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި

23 މާރިޗު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު