Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަސާންޖް ހައްޔަރުކުރުން

ވިކީލީކްސްގެ ފައުންޑަރ އަސާންޖް ހައްޔަރުކޮށްފި

ހައްޔަރު ކުރީ އެމެރިކާގެ އެދުމުގެ މަތިން

އަމަން ހަލީމް
އަމަން ހަލީމް | 11 އެޕްރީލު 2019 | ބުރާސްފަތި 14:22
ޖޫލިއަން އަސާންޖް ހައްޔަރު ކޮށްގެން ގެންދަނީ

ޖޫލިއަން އަސާންޖް ހައްޔަރު ކޮށްގެން ގެންދަނީ

ވިކީލީކްސްގެ ފައުންޑަރ ޖޫލިއަން އަސާންޖް އެކުއެޑޯގެ އެމްބަސީގެ ތެރޭގައި ހުއްޓާ އިނގިރޭސި ފުލުހުން އެތަނަށް ވަދެ އޭނާ ހައްޔަރުކޮށްގެން ގެންގޮސްފިއެވެ.

ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އަސާންޖް ހައްޔަރު ކޮށްފައިވަނީ އެމެރިކާގެ އެދުމުގެ މަތިން ސްކޮޓްލެންޑް ޔާޑުން ވަނީ ބުނެފައެވެ. އެކުއެޑޯގެ އެމްބަސީ ތެރެއަށް އިނގިރޭސި ފުލުހުން ވަދެފައިވަނީ އެމްބެސަޑަރުގެ ހުއްދައާއި އެކުގައެވެ.

މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި އެކުއެޑޯގެ ރައީސް ލެނިން މޮރޭނޯ ވިދާޅުވީ އަސާންޖް އެމްބަސީއިން ބޭރުކޮށް އޭނާއަށް ދީފައިވާ ހިމާޔަތް އަނބުރާ ނަގަން ނިންމެވީ، އޭނާގެ އަމަލުތައް ހުރި ގޮތުން ކަމަށެވެ. އަދި އަސާންޖް ނިސްބަތްވެވަޑައިގަންނަވާ ވިކިލީކްސްއިން އެ ގައުމަށް ދީފައިވާ އިންޒާރުތަކާއި ބައިނަލްއަގްވާމީ މުއާހަދާތަކާއި ހުރި ފުށުއެރުންތައް ވެސް މޮރޭނޯ ވަނީ ފާހަގަ ކޮށްފައެވެ.

މޮރޭނޯ އިތުރަށް ވިދާޅުވީ މިކަންކަމާއި ގުޅިގެން އަސާންޖް އެ ގައުމުގެ އެމްބަސީ ތެރޭގައި ބެހެއްޓުން އެހާ ބުއްދިވެރިކަމެއް ކަމަށް ބެލެވެން ނެތް ކަމަށެވެ. އަސާންޖްގެ އަމަލުތައް ހުރިގޮތުން ބޭރުކުރަން މަޖުބޫރުވީ ކަމަށް ވެސް މޮރޭނޯ ވިދާޅުވިއެވެ. އަސާންޖް ބޭރުކުރުމުގެ ކުރިން ގާނޫނީ ލަފާ ހޯދާފައިވާ ކަމަށް ވެސް މޮރޭނޯ ވިދާޅުވިއެވެ.

އަސާންޖް ހައްޔަރުކުރުމާއި ގުޅިގެން އެކަމާއި ދެކޮޅަށް ގިނަ ބަޔަކު ވަނީ އަޑުއުފުލާފައެވެ. އޭގެ ތެރޭގައި މަޝްހޫރު ވިސްލްބްލޮވަރު އެޑްވަރޑް ސްނޯޑެން ވެސް ހިމެނެއެވެ.

އޮސްޓްރޭލިއާގެ ރައްޔިތެއް ކަމުގައިވާ ޖޫލިއަން އަސާންޖް އެކުއަޑޯގެ އެމްބަސީގެ ތެރޭގައި ހިމާޔަތް ހޯދައިގެން ހުންނަތާ ހަތް އަހަރުވެއްޖެއެވެ. އޭނާގެ މޭސްތިރިކަމުގައި ވިކިލީކްސްއިން ވަނީ ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ސިއްރު ލިޔެކިޔުންތައް ލީކު ކޮށްލާފައެވެ.

އިތުރަށް ކިޔާލަން

08 އެޕްރީލު 2017

ސްވީޑެންގައި ދެވުނު ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން ދެމީހުން ހައްޔަރުކޮށްފި

08 އެޕްރީލު 2017
ސްވީޑެންގައި ދެވުނު ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން ދެމީހުން ހައްޔަރުކޮށްފި
06 އެޕްރީލު 2017

ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި

06 އެޕްރީލު 2017
ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި
11 މާރިޗު 2017

ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި

11 މާރިޗު 2017
ވައިޓްހައުސްގެ ގޯތިތެރެއަށް ހުކުރު ދުވަހު ވަން މީހަކު ހައްޔަރުކޮށްފި
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
10 މާރިޗު 2017

ޖަރުމަނުގައި ކުދިން މަރާ މީހާ ހައްޔަރުކޮށްފި

10 މާރިޗު 2017
ޖަރުމަނުގައި ކުދިން މަރާ މީހާ ހައްޔަރުކޮށްފި
07 މާރިޗު 2017

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި
07 މާރިޗު 2017

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި
24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު