Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްވީޑެން

ސްވީޑެންގައި ދެވުނު ޓެރަރިސްޓް ހަމަލާ އާއި ގުޅިގެން ދެމީހުން ހައްޔަރުކޮށްފި

ސްވީޑެންގެ ބޮޑުވަޒީރު ސްޓެފަން ލޯފްވެންގެ އެދިވަޑައިގަތުމަކަށް ވަނީ ގައުމުގެ ބޯޑަރުގެ ސެކިޔުރިޓީ ވަރުގަދަކޮށްފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 8 އެޕްރީލު 2017 | ހޮނިހިރު 11:54
މިދިޔަ މާޗް މަހު އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހަށް ދެވުނު ޓެރަރިސްޓް ހަމަލާގެ ތެރެއިން: ޔޫރަޕުގެ ގިނަ ގައުމުތަކަށް ދަނީ ޓެރަރިސްޓް ހަމަލާތަށް ދެެމުން

މިދިޔަ މާޗް މަހު އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހަށް ދެވުނު ޓެރަރިސްޓް ހަމަލާގެ ތެރެއިން: ޔޫރަޕުގެ ގިނަ ގައުމުތަކަށް ދަނީ ޓެރަރިސްޓް ހަމަލާތަށް ދެެމުން

ސްވީޑެންގެ ވެރިރަށް ސްޓޮކްހޯމްގެ ބާޒާރުމަތީ މަގެއްގައި ހުކުރު ދުވަހު ގިނަ ބައެއްގެ ތެރެއަށް ޓްރަކެއް ބާރު ސްޕީޑުގައި ދުއްވާފައި ގޮސް ޑިޕާޓްމަންޓް ސްޓޯރެއްގައި ޖެހި ހަތަރު މީހުން މަރުވި ހާދިސާ އާއި ގުޅިގެން ދެމީހަކު ހައްޔަރުކޮށްފިއެވެ.

އެންމެ ފުރަތަމަ ހައްޔަރު ކުރި މީހާ ހައްޔަރު ކުރީ ގަސްތުގައި މީހަކު މެރުމުގެ ތެރެއިން ޓެރަރިސްޓް ހަަމަލާއެއް ދިނުމުގެ ތުހުމަތުގައެވެ. ހުކުރު ދުވަހުގެ ރޭ އޭނާ ހައްޔަރު ކުރިތާ މާގިނަ އިރުތަކެއް ދެވަނަ މީހާވެސް ވަނީ ހައްޔަރުކޮށްފައެވެ.

މިހަމަލާ އާއި ގުޅޭގޮތުން ސްވީޑެންގެ ބޮޑުވަޒީރު ވިދާޅުވީ މިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.

12 އަށްވުރެ ގިނަ މީހުން ހާދިސާގައި ޒަޚަމްވެފައިވާއިރު، ސްވީޑެންގެ ބޮޑުވަޒީރު ސްޓެފަން ލޯފްވެންގެ އެދިވަޑައިގަތުމަކަށް ވަނީ ގައުމުގެ ބޯޑަރުގެ ސެކިޔުރިޓީ ވަރުގަދަކޮށްފައެވެ.

ބާރަށް ދުއްވި ވެހިކަލް އަކީ ބިޔަރު އުފައްދާ ކުންފުންޏެއްގެ ވެހިކަލަކަށްވާއިރު، ހާދިސާ ހިނގި ސަރަހައްދާއި ގާތް ހިސާބެއްގައި ހުރި ރެސްޓޯރަންޓެއްގެ ބޭރުން ވެހިކަލް ވަނީ ހާދިސާ ހިނގުމުގެ ކުރިން ހައިޖެކްކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހައްޔަރު ކޮށްފައިވާ ދެމީހުން ނަކީ އެކަކު އަނެކަކަށް ގުޅުން އޮތް މީހުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު