Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

ގާސިމާއި އާދަމް ޝަރީފު އަދި ސައީދަށް ލިބުނު ވޯޓު އަލުން ގުނަނީ

10 އެޕްރީލު 2019 | ބުދަ 09:39

ތިން ދާއިރާގެ ވޯޓުތައް ގުނަން ނިންމީ ބުދަ ދުވަހުގެ 3 ޖަހާއިރު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 10 އެޕްރީލު 2019 | ބުދަ 09:39
މަޖިލިސް އިންތިޚާބުގައި މީހަކު ވޯޓު ލަނީ

މަޖިލިސް އިންތިޚާބުގައި މީހަކު ވޯޓު ލަނީ

އިލެކްޝަންސް ކަމިޝަން(އީސީ)އަށް ހުށައެޅުނު ޝަކުވާތަކާއި ގުޅިގެން މާމިގިލީ ދާއިރާގެ 1 ވޯޓު ފޮށި، މަޑުއްވަރީ ދާއިރާގެ 4 ވޯޓު ފޮށި އަދި މާވަށު ދާއިރާގެ 69 ސެކިއުރިޓީ އުރަ އަލުން ގުނަން އެ ކަމިޝަނުން ނިންމައިފިއެވެ.

އީސީއިން އެ ތިން ދާއިރާގެ ވޯޓުތައް ގުނަން ނިންމީ ބުދަ ދުވަހުގެ 3 ޖަހާއިރަށެވެ.

Advertisement - newsAdvertisement

އީސީއިން ގުނަން ނިންމި ތިން ދާއިރާ ތަކުގައި ހިމެނެނީ މާމިގިލީ ދާއިރާގެ ގޮނޑި ދިފާއު ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްއާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހޮވިވަޑައިގެންނެވި މާވަށު ދާއިރާގެ 69 ސެކިއުރިޓީ އުރައާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ކާމިޔާބު ކުރެއްވި މަޑުއްވަރީ ދާއިރާގެ 4 ވޯޓު ފޮއްޓެވެ.

ތިން ދާއިރާތަކުގެ ވަގުތީ ނަތީޖާތައް އިއުލާންކޮށް ނިމިފައިވަނިކޮށް އަލުން އެދާއިރާތަކުގެ ވޯޓު ކަރުދާސް ގުނަން ނިންމީ ހުށައެޅުނު ޝަކުވާތަކާއި ގުޅިގެންނެވެ.

ޕީއެންސީ ކެންޑިޑޭޓް އާދަމް ޝަރީފް ކުރި ހޯއްދެވީ އެ ދާއިރާއަށް ކުރިމަތިލެއްވި އެމްޑީޕީގެ ކެންޑިޑޭޓް އާދަމް ޝިހާމާއި ވާދަކޮށް 17 ވޯޓުގެ ތަފާތަކުންނެވެ.

އާދަމް ޝަރީފްއަށް ލިބިލެއްވީ 868 ވޯޓެވެ. އަދި އާދަމް ޝިހާމަށް ލިބިވަޑައިގަތީ 851 ވޯޓެވެ. މިދާއިރާގައި 65 ވޯޓު ބާތިލު ކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ.

މީގެ އިތުރުން، ފަރަގު ކުޑަ ވުމުގެ ސަބަބުންނާއި ބާތިލު ވޯޓު ގިނަވުމުގެ ސަބަބުން މީގެ ކުރިން ވެސް އެދާއިރާގެ ޝަކުވާ ހުށަހަޅައިގެން އަންގާރަ ދުވަހު ގުނިއެވެ. ގުނިއިރު ސައީދަށް ވަނީ އެއް ވޯޓު މަދުވެފަ އެވެ. އެހެންކަމުން އޭނާ އާއި ފަލާހްއާ ދޭތެރޭގައި މިހާރު އުޅެނީ 5 ވޯޓުގެ ފަރަގެކެވެ.

ބާތިލް ވޯޓުތައް އަލުން ގުނިއިރު ގާސިމަށް 19 ވޯޓު ވަނީ އިތުރުވެފަ އެވެ. އޭގެ ކުރިން އެމަނިކުފާނާއި އެ ދާއިރާ އަށް ވާދަ ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓާ މެދު ހުރީ 80 ވޯޓުގެ ތަފާތެކެވެ.

މި އިންތިޚާބުގައި 65 ގޮނޑިއާ އެކު މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދާފައި ވާއިރު މިއަދު އަލުން މި ގުނާ ތިން ދާއިރާގައި ވެސް ވަގުތީ ނަތީޖާތައް އާންމުކުރި އިރު ހޮވުނު ކެންޑިޑޭޓުން ވާދަކުރައްވަނީ އެމްޑީޕީގެ ތިން ކެންޑިޑޭޓުންނާއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
16 ފެބުރުއަރީ 2017

ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

16 ފެބުރުއަރީ 2017
ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
10 ފެބުރުއަރީ 2017

ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

10 ފެބުރުއަރީ 2017
ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް