Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް 2019

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާނަން: ޖާބިރު

9 އެޕްރީލު 2019 | އަންގާރަ 04:36

ރައީސް ކަމަށް ކުރިމަތިލެއްވުމާއި ގުޅޭ ގޮތުން ރައީސް ސޯލިހު އަދި ރައީސް ނަޝީދާއި މަޝްވަރާ ކުރާނަން

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 9 އެޕްރީލު 2019 | އަންގާރަ 04:36
ޖާބިރު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި

ޖާބިރު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި

ރައްޔިތުންގެ މަޖިލިސްގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާއަށް އިންތިޚާބުވެ ވަޑައިގެންނެވި އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

އިންތިޚާބުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ޓީވީއަކަށް ދެއްވި އިންޓަރވިއުއެއްގައި ރާއްޖެޓީވީ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަޝްހޫރު ވިޔަފާރިވެރިޔާ ޖާބިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށާއި، އެކަމަށް ކުރިމަތިލައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

Advertisement - newsAdvertisement

މަޖިލީހުގެ ރައީސް ކަމަށް ހިތަދޫ އުތުރު ދާއިރާއަށް އިންތިޚާބުވެ ވަޑައިގެންނެވި އަދި މިހާރު ވެސް އެ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ އަސްލަމް އަކީ މަޖިލީހުގެ ރައީސް ކަމަށް އެކަށީގެންވާ ބޭފުޅެއް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވާތީ، އެކަމަށް އިޝަރާތް ކުރައްވާ ޖާބިރު ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވުމާއި ގުޅޭ ގޮތުން އަސްލަމް އާއި މަޝްވަރާކުރައްވާނެ ކަމަށެވެ.

ޖާބިރު ވިދާޅުވީ އަސްލަމް އާއި މަޝްވަރާ ކުރެއްވުމަށް ފަހު، އަސްލަމް މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ހުރެއްޖެނަމަ، ދެން އޮންނާނީ ދެ ބޭފުޅުންގެ ދެމެދުގައި ކޮމްޕެޓިޝަނެއް ކަމަށާއި، އެކަމަށް އެއްވެސް ޖެހިލުމެއް ނެތި އަސްލަމް އާއި ވާދަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. ކުރިމަތިލެއްވި ކަމެއް ވެއްޖިއްޔާމު މިހާތަނަށް ކާމިޔާބު ކުރައްވާފައިވާ ކަމަށާއި، އެހެންކަމުން މަޖިލިސްގެ ރައީސްކަމުގެ ރޭހުގައި ވެސް ކާމިޔާބު ހޯއްދަވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައީސް ނަޝީދާއި މަޝްވަރާކުރައްވާނެ ކަމަށާއި، ނަމަވެސް އެއްވެސް ފަރާތަކުން ވިދާޅުވިޔަސް ރައީސް ކަމަށް ކުރިމަތިނުލައްވާ ދޫކޮށް ނުލައްވާނެ ކަމަށް ވިދާޅުވިއެވެ.

”މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވުމާއި ގުޅޭ ގޮތުން އަސްލަމް އާއި ވާހަކަދައްކާނަން. ގާބިލް ވެއްޖެއްޔާ އޮންނާނީ ކޮމްޕެޓިޝަނެއް. ކުރިމަތިލައިފިއްޔާމު އެކަން ކާމިޔާބުކުރާނަން" ޖާބިރު ވިދާޅުވިއެވެ.

ޓުއަރިޒަމް ތަރައްގީ ކުރައްވާނެ ގިނަ ކަންތައްތަކަށް އިޝާރާތްކުރައްވާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ކެސިނޯ އަޅަން ހުއްދަދޭނެ ކަމަށާއި، ގާނޫނުތަކަށް ބަދަލުގެނެސް މިޔަރު އަދި ކަހަނބު ނަގަން ހުއްދަކުރައްވާނެ ކަމަށެވެ. ކަހަނބު އަދި މިޔަރު ނެގުމަކީ ރާއްޖޭގެ ގާނޫނުތަކުން މިހާރު މަނާކޮށްފައިވާ ކަމެކެވެ.

ކާށިދޫ ތަރައްގީ ކުރައްވާނެ ކަމަށާއި، މުސްތަގްބަލްގައި ކާށިދޫ ގާފަރު ވެގެންދާނީ ރާއްޖޭގައި އެންމެ ތަރައްގީވެފައި އޮތް ދާއިރާއަށް ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާކުރައްވާފައިވަނީ 861 ވޯޓުންނެވެ. ޖާބިރާ އާއި އެންމެ ގާތުން ވާދަކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓް އަބްދުﷲ ރިފްއަތާއި ދެމުދު އޮތީ 41 ވޯޓް ފަރަގެކެވެ. ރިފްއަތަށް ލިބިވަޑައިގެންނެވީ 820 ވޯޓެއެވެ.

17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑި ދުވަސްކޮޅަކަށް ޖާބިރު ފުރުއްވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް