Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ސިޓީ ހަތް ގޮނޑި

ހަތް ގޮނޑި ދިނީ އައްޑޫ ސިޓީ ތަރައްގީ ކުރަން: ސޯބެ

8 އެޕްރީލު 2019 | ހޯމަ 07:23

އައްޑޫގެ ހުރިހާ ގޮނޑި އެމްޑީޕީއަށް ލިބުނީ ފުރަތަމަ ފަހަރު

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 8 އެޕްރީލު 2019 | ހޯމަ 07:23
އައްޑޫސިޓީ މޭޔާރ އަބްދުﷲ ސޯދިގު (ސޯބެ)

އައްޑޫސިޓީ މޭޔާރ އަބްދުﷲ ސޯދިގު (ސޯބެ)

އައްޑޫ ސިޓީގެ ހަތް ގޮނޑި ފުރަތަމަ ފަހަރަށް އެ ސިޓީގެ ރައްޔިތުން އެމްޑީޕީއަށް ދިނީ، އައްޑޫސިޓީ ތަރައްގީ ކުރުވަން ކަމަށް އައްޑޫ ސިޓީގެ މޭޔާރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.

ފުރަތަމަ ފަހަރަށް އައްޑޫ ސިޓީގެ ހަތް ދާއިރާގެ ހަތް ގޮނޑި އެމްޑީޕީއަށް ލިބުމާ ގުޅިގެން ރާއްޖެއެމްވީއަށް ދެއްވި އިންޓަރވިއުއެއްގައި ސޯބެ ވިދާޅުވީ އައްޑޫ ސިޓީގެ ހަތް ދާއިރާގެ ހަތް ގޮނޑި އެ ސިޓީގެ ރައްޔިތުން އެމްޑީޕީއަށް ދިނީ، އެ ސިޓީ ތަރައްގީ ކުރުވަން ކަމަށާއި، އަދި އެކަން މި ސަރުކާރުން ކޮށްދޭނެ ކަމުގެ ޔަގީންކަން އައްޑޫސިޓީގެ ރައްޔިތުންނަށް އޮތުމުން ކަމަށެވެ.

Advertisement - newsAdvertisement

މޭޔަރު ވިދާޅުވީ އާ ސަރުކާރު ފެށުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އައްޑޫސިޓީގެ ތަރައްގީގެ ބައެއް މަޝްރޫއުތައް ފަށާފައިވާތީ، މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އެ ސިޓީ ތަރައްގީކޮށްދޭނެ ކަމުގެ އުއްމީދު އައްޑޫސިޓީގެ ރައްޔިތުންނަށް އާވެފައިވާ ކަމަށެވެ. މި އަހަރުގެ ތެރޭގައި ފަށަން ރާވާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ އައްޑޫ ސިޓީ މީދޫ މަގުގެ ތާރު އެޅުމުގެ މަސައްކަތް ފެށުމާއި، އައްޑޫ ސިޓީ ކުނި ނައްތާލުމުގެ މަސައްކަތް މިހާރު ވެސް ފެށިފައިވާ ކަން ސޯބެ ފާހަގަކުރެއްވިއެވެ.

ސޯބެ ވިދާޅުވީ އައްޑޫ ސިޓީގެ މެޖޯރިޓީ އެމްޑީޕީއަށް ދިނުމުގައި މަޖިލިސް އިންތިޚާބުގެ ކެމްޕެއިންއަށް އައްޑޫ ސިޓީއަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވި 5.4 ބިލިއަން ރުފިޔާގެ ބިޔަ ބޮޑު މަޝްރޫއުގެ ހިމެނޭ ކަމެކެއެވެ.

ސޯބެ ވިދާޅުވީ 5.4 ބިލިޔަން ރުފިޔާގެ މަޝްރޫއު އެކުލަވާލައި ނިމިފައިވާ ކަމަށާއި، ފަންޑު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އޭގެ ތެރޭގައި މި އަހަރަށް ޕްލޭންކޮށްގެން ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫއުތައް ހިމެނޭ ކަމަށާއި، އޭގެ ތެރޭގައި ހުޅުދޫ ބޮޑު މަގު ހެދުމާއި، ރީޖަނަލް ޕޯޓެއް ހެދުމާއި، ބިން ހިއްކުމާއި، ކުނި ނައްތާލުމުގެ ނިޒާމާއި، ސިޓީ ހޮޓެލް އަދި ގެސްޓް ހައުސް ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށެވެ.

އައްޑޫ ސިޓީގެ ރައްޔިތުންނަކީ ނަޒާހަތްތެރި، ކޮރަޕްޝަނާއި ދުރުހެލި މަޖިލީހެއް އަބަދުވެސް ބޭނުންވާ ސިޓީއެއް ކަމަށް ސޯބެ ވިދާޅުވިއެވެ.

މި މަހުގެ ހަވަނަ ދުވަހު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހަތް ދާއިރާގެ ހަތް ގޮނޑި ވެސް ކާމިޔާބުކޮށްފައި ވަނީ، އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި ހަތް ކެނޑިޑޭޓުންނެވެ. އެއީ ހިތަދޫ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އިބްރާހިމް ނާޒިލާއި މަރަދޫ ދާއިރާގެ ގޮނޑި ދިފާއު ކުރެއްވި އިބްރާހީމް ޝަރީފު (މަވޯޓާ) އާއި ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މުހައްމަދު އަސްލަމާއި މީދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ރޮޒެއިނާ އާދަމް އާއި ހިތަދޫ މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަހްމަދު ރަޝީދާއި ހުޅުދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އިލްޔާސް ލަބީބެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް