Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުމްހޫރީޕާޓީ

ޖޭޕީ ބަލިވީ އެމްޑީޕީން ފައިސާ ބެހީމަ: ގާސިމް

7 އެޕްރީލު 2019 | އާދީއްތަ 04:36

އެމްޑީޕީން އެންމެ ފަހު ދުވަހު ވާރޭފެންހެން ފައިސާ އޮއްސަމުން ދިޔަ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 7 އެޕްރީލު 2019 | އާދީއްތަ 04:36
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އެޕާޓީގެ ކައުންސިލް މެންބަރު އަލީ ސޯލިހް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އެޕާޓީގެ ކައުންސިލް މެންބަރު އަލީ ސޯލިހް

ޖުމްހޫރީޕާޓީ ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނީ ވަގެއްގެ އަތުގައި ހިފައިގެންނޫން ކަމަށާއި އެމްޑީޕީން ފައިސާ ބެހީމަ ކަމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވެފައި ވަނީ ޖޭޕީއަށް ނާކާމިޔާބާއި ކުރިމަތިލާން ޖެހުނީ "ވަގެއް"ގެ އަތުގައި ހިފުމުން ކަމަށް އެޕާޓީގެ ކައުންސިލް މެންބަރު އަދި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވުމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ކައުންސިލް ވަޓްސް އެޕް ގުރޫޕްގައި އެޕާޓީގެ ސްލޮޓްގައި މިހާރުގެ ސަރުކާގެ އިސް މަގާމްތަކުގައި ތިއްބެވި ބޭފުޅުންނަށް ރައްދު ދެއްވަމުންނެވެ.

Advertisement - newsAdvertisement

އެންމެ ފަހު ދުވަހު ވާރޭފެންހެން ފައިސާ އޮއްސަމުން ދިއުމުގެ އިތުރުން ސަރުކާރުން އެކި ވަޒީފާތައް ދޭނެ ކަމުގެ ޔަގީންކަން އެމްޑީޕީން އެކި ފަރާތްތަކަށް ދީފައިވާ ކަމަށް ވިދާޅުވެ ގާސިމް ވަނީ އެމްޑީޕީގެ މައްޗަށް ބޮޑެތި ތުހުމަތު ތަކެއް ކުރައްވައިފައެވެ. އަދި އެއީ ޖޭޕީ ބަލިވި ސަބަބުތަކުގެ ތެރެއިން އެއް ސަބަބުކަމުގައި ގާސިމް ވަނީ ފާހަގަ ކުރައްވައިފައެވެ.

އިންތިޚާބުގައި ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނު ދެވަނަ ކަމެއްގެ ގޮތުގައި ގާސިމް ފާހަގަ ކުރައްވާފައިވާ ކަމަކީ މިހާރުގެ ސަރުކާރުގެ އިސްމަގާމްތަކުގައި ތިބި ޖުމްހޫރީ ޕާޓީގެ މީހުން ޖޭޕީއަށާއި ގާސިމަށް އެއްޗެހި ގޮވަމުން ދިޔުން ކަމަށެވެ.

ގާސިމް އިތުރަށް ވިދާޅުވީ 2009 ވަނަ އަހަރު އެއްވެސް ޕާޓީއަކާއި ނުގުޅި 30 ދާއިރާއެއްގެ ކެނޑިޑޭޓުންނަށް ޖޭޕީން ޓިކެޓް ދީގެން ބޮޑު ޚަރަދެއް ކޮށްގެން ވެސް ހޮވުނީ ގާސިމް އެކަނި ކަމަށް ވިދާޅުވެ އެއީ ކީއްވެގެން ވީކަމެއްތޯ ސުވާލު އުފައްދަވާފައެވެ.

ވާހަކަތަކެއް ދެއްކުމަކުން ނުސިހޭނެ ކަމަށް ވިދާޅުވެ އެއިން އެއްވެސް ފަރާތަކުން ނިމިގެން ދިޔަ އިންތިޚާބު ކާމިޔާބު ކުރުމަށް ކޮށްދިން އެއްވެސް ކަމެއް ނެތް ކަމަށް ވިދާޅުވެ ގާސިމް ވަނީ އެފަރާތްތަކަށް ވަޓްސްއެޕް ގުރޫޕްގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މިހާތަނަށް ނަތީޖާތައް ދައްކާ ގޮތުން އިންތިޚާބުގައި ކާމިޔާބު ހޯދުނީ ޖޭޕީގެ ފަސް ކެންޑިޑޭޓަކަށެވެ. އެ ޕާޓީއިން ޖުމްލަ 41 ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރި އެވެ.

އަދި އެމްޑީޕީން 85 ދާއިރާއަށް ވާދަކޮށްގެން 69 ގޮނޑި ކާމިޔާބު ކޮށްފައިވާ ކަން ފާހަގަ ކޮށްލެވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް