Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް އިންތިހާބު 2019

ރައީސް ޔާމީންއެވަނީ އިންސާފް ވިއްކާލާފައި: ހަސަން ލަތީފް

4 އެޕްރީލު 2019 | ބުރާސްފަތި 17:48

ރައީސް ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ވަނީ ފާހަގަ ކުރައްވާފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 4 އެޕްރީލު 2019 | ބުރާސްފަތި 17:48
އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް

އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ވަނީ ޖުމްލަކޮށް އިންސާފް ވިއްކާލާފައި ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާރސަން އަދި ހެންވޭރު ހުޅަނގު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބްރިޖް ކައިރި ލޮނުޒިޔާރަތްކޮޅުގައި ބޭއްވި އެޖެންޑާ 19 ކެމްޕޭން ނިންމުން ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ މި ރާއްޖެއަށް، މި ދައުލަތަށް ދިމާވި ކަންކަމާއި ދޭތެރޭގައި ރައްޔިތުން ވިސްނާލަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ހަސަން ލަތީފް ވިދާޅުވީ އިންތިޚާބަކަށް ބޯމަތި ވަމުން އަނަން އިރު ރައީސް ޔާމީނަށް ހަމަނޭވާ ލެއްވުނު އިރު ވެފައި ހުރި ކަންކަން ހަނދާންކޮށްލަންޖެހޭ ކަމަށެވެ. އެގޮތުން ހަސަން ލަތީފް ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އާއި އައިޖީއެމް ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތުގެ ވައްކަން ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ހަސަން ލަތީފް ވަނީ ސިޔާސީ ބޭފުޅުންނާއި ފުލުހުންނާއި ސިފައިނާއި އާންމުންގެ އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށް، އަނިޔާކޮށް، ނުހައްގުން ދައުވާ އުފުލި ކަން ފާހަގަ ކުރައްވަފައެވެ. އަދި އެތައް މަޖިލިސް މެންބަރުންނެއް ޖަލަށް ލާ އަނިޔާކޮށް ގޮތް ނޭނގޭ ގޮތަށް އެތައް ބައެއް މަރާލެވި އަދި ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ހަސަން ވަނީ ފާހަގަ ކުރައްވާފައެވެ.

ހަސަން ވިދާޅުވީ ރައީސް ޔާމީނަށް ހަމަނޭވާ ލެވުނު އިރު ރާއްޖެއަށް އަންނަން ތިބި ބޭރުގެ އިންވެސްޓަރުން ރާއްޖެ އަށް އޮތް އިތުބާރު ގެއްލުވާލާފައިވާ ކަމަށާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އަޅާ ބައެއްގެ ގޮތުގައި މުޅި ދުނިޔެ އެވަނީ ރާއްޖެ ލޭބަލްކޮށް އެގޮތުގައި އެ މީހުންގެ ތަސައްވުރު ކުރަހާފައި ކަމަށެވެ. އަދި ކޮމަންވެލްތުން ރާއްޖެ ވަކިކޮށް، އެކި ގައުމުތަކާ އޮތް ދުވަސް ވީ ގުޅުން ރައީސް ޔާމީން އެވަނީ ކަނޑާލާފައި ކަމަށް ހަސަން ވިދާޅުވިއެވެ

ދުނިޔޭގެ މާލީ އިދާރާތަކުން ރާއްޖެއާ މެދު އިންތިހާއަށް ނުބައި ތަސައްވުރެއް އުފައްދާ އެކަމުން ރާއްޖެ އަދިވެސް މިވަނީ މުޅިން އަރައިނުގަނވިފައިކަން ވެސް ހަސަން ވަނީ ފާހަގަ ކުރައްވާފައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިނތިޚާބުގެ ވޯޓަށް ތައްޔާރުވެފައި އޮތް އިރު ރައްޔިތުންގެ ކުރިމަތީގައި އޮތީ އެންމެ ސުވާލެއް ކަމަށާއި އެއީ ރައީސް ޔާމީންގެ ސަރުކާރުގައި ހިންގި ނުބައި ނުލަފާ އަމަލުތައް ހިންގަން ރައްޔިތުން ޔާމީނަށް ދޭނީތޯ ނުވަތަ ރައްޔިތުން ބޭނުންވާ ބޯހިޔާވަހިކަމާއި ދަތުރރުފަތުގެ ނިޒާމާއި ވަޒީފާ ޢާއި ހަމަޖެހޭ ރީތި ތާހިރު ދިރިއުޅުމަކަށް މަސައްކަތް ކުރުމަށް ރައީސުލް ޖުމްހޫރިއްޔާއަށް ފުރުސަތު ދިނުމަށް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ މެންބަރުން ހޮވާނީތޯ އޮތް ސުވާލު ކަމަށެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް