Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް އިންތިހާބު 2019

ވަޒީރުކަން ދެއްވީ ގާސިމެއް ނޫން، ރައީސް ސޯލިހު: އަލީ ވަހީދު

4 އެޕްރީލު 2019 | ބުރާސްފަތި 15:51

ރާއްޖެއަށް އަނބުރާ ވަޑައިގަތީ ގާސިމްގެ އެދިލެއްވުމުގެ މަތިން ކަމަަށް ވިދާޅުވި

އަމަން ހަލީމް
އަމަން ހަލީމް | 4 އެޕްރީލު 2019 | ބުރާސްފަތި 15:51
ޖީހާންގެ ކެމްޕެއިންގައި ބައިވެރިވަޑައިގަތުމަށް އަލީ ވަހީދު ހިންނަވަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ޖީހާންގެ ކެމްޕެއިންގައި ބައިވެރިވަޑައިގަތުމަށް އަލީ ވަހީދު ހިންނަވަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރުންގެ މަޖިލީހަށް ވަޑައިގެންނެވި ނަމަވެސް، ވަޒީރުކަން ދެއްވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނޫން ކަމަށާއި، ވަޒީރުކަން ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޓިކެޓްގައި ޅ. ހިންނަވަރު ދާއިރާ އަށް ވާދަކުރައްވާ ޖީހާން މަހްމޫދުގެ ކެމްޕެއިން ހަރަކާތުގައި އެ ރަށަށް ވަޑައިގެން ވާހަކުފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ރާއްޖެ އިން ބޭރުގައި ހުންނަވަނިކޮށް އިނގިރޭސިވިލާތުގައި މަޑުކުރައްވަން ބޭނުންފުޅުވާ ކަމަށް ގާސިމް އަރިހުގައި ވިދާޅުވި ކަމަށެވެ. ނަމަވެސް އެ ނިންމުން ބަދަލުކޮށް ރާއްޖެއަށް އަނބުރާ އައީ، އެމަނިކުފާނަކީ މުހިންމު ބޭފުޅެއް ކަމަށް ވިދާޅުވެ ވަޒީރުންގެ މަޖިލިހަށް އެންމެ ފުރަތަމަ ފޮނުވާނީ އެމަނިކުފާނުގެ ނަަންފުޅު ކަމަށް ގާސިމް ވައުދުވެވަޑައިގެންނެވުމުން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކަން ނިމިގެން ދިޔަ އިރު އެންމެ ފަހުން ވަޒީރުންގެ މަޖިލީހަށް ފޮނުއްވެވީ އެމަނިކުފާނުގެ ނަން ކަމަށް ވިދާޅުވެ އަލީ ވަހީދު ވަނީ ގާސިމް އިތުރުފުޅު ހެއްދެވި ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އިތުރުފުޅު ހެއްދެވީ ކީއްވެގެންތޯ އެއްސެވުމުން ސީދާ ޖަވާބެއް ގާސިމް ނުދެއްވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ. ވަޒީރުންގެ މަޖިލީހަށް ނަން ފޮނުއްވެވީ ވެސް އެ ހިސާބުން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ގާސިމް އިބްރާހިމަށް މިހާ ބޮޑަށް ފާޑު ވިދާޅުވާން ޖެހުނީ ފެނިވަޑައިގެންނެވި ފޮޓޯއެއްގެ ސަބަބެއް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ޕީއެންސީގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ އާއި ގާސިމް އެކުގައި ކާރުކޮޅުގައި އިންނަވާ މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި އަލީ ވަހީދު ވަނީ ހޯރަފުށީ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު އިސްމާއިލަށް ޖޭޕީން ތާއީދުކުރައްވަން ނިންމެވި ނިންމެވުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ފައިސާ ގޯނި ހިފައިގެން ދިޔަކަމަށް ދަައުވާކުރެއްވި މީހާއަށް ތާއީދު ކުރަން ނިންމުމަކީ "އަމިއްލަ ގަޔަށް ކުޅު ޖެހުން" ފަދަ ކަމެއްގެ ގޮތުގައި އަލީ ވަހީދު ސިފަކުރެއްވިއެވެ. އަދި މިހާރު ޖޭޕީން ޓިކެޓު ދީފައިވާ ބައެއް ކެންޑިޑޭޓުންނަކީ ހުރިހާ ވައްކަމެއްގައި ބައިވެރިވެގެން ތިބި ބައެއް ކަމަށް ވިދާޅުވެ، އޭނާ ވަނީ ސެޕްޓެމްބަރު މަހު ބޭއްވުނު ރިޔާސީ އިންތިހާބުގެ ކުރިން ޖޭޕީއާ އެކު މަސައްކަތް ކުރެއްވި ބޭފުޅުން ކުރިމަތިލައްވާ ދާއިރާތައް ފިޔަވައި ދެން ހުރި ހުރިހާ ދާއިރާއަކުން އެމްޑީޕީއަށް ވޯޓު ދެއްވަން އެދިވަޑައިގެންފައެވެ.

ހޮނިހިރު ދުވަހު އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޖޭޕީން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާ އެކު މަަސައްކަތް ކުރައްވަން ނިންމެވުމުން، ޖޭޕީގެ އިސް ގިނަ ފަރާތްތަކަކުން ވަނީ އެމްޑީޕީއަށް ފާޅުގައި ކެމްޕެއިން ކޮށްދެއްވަން ނިކުމެވަޑައިގެންފައެވެ. އޭގެ ތެރޭގައި އަލީ ވަހީދުގެ އިތުރުން، ނައިބު ރައީސް ފައިސަލް ނަސީމާއި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އާއި ޓްރާންސްޕޯޓް މިނިސްޓަރު އަދި ގާސިމްގެ އަނބިކަނބަލުން އާއިޝަަތު ނަހުލާގެ އިތުރުން އެ ޕާޓީގެ ސެކެޓްރީ ޖެނެރަލްކަން ކުރިން ކުރެއްވި އަދި މިހާރު ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ހިމެނިވަޑައިގަންނަވައެވެ. މީގެ ތެރެއިން ގިނަ ބޭފުޅުން ހިންނަވަރަށް ވެސް ވަޑައިގެންފައިވާ އިރު ޖީހާން އަށް ތާއީދު ހޯއްދެވުމަށް އައިޝާ ވެސް ވަނީ ބުދަ ދުވަހު ހިންނަވަރަށް ދަތުރެއް ކުރައްވާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް