Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޖެންޑާ 19

ހޮނިހިރު ދުވަހަކީ ހިޔާނާތާއި ވައްކަމަށް އަނެއްކާވެސް ފުރުސަތު ދޭނީތޯ ނުވަތަ ނޫންތޯ ރައްޔިތުން ނިންމާނެ ދުވަސް: ރައީސް

3 އެޕްރީލު 2019 | ބުދަ 09:15

އަސާސީ ހިދުމަތްތައް ހޯދުމަށް ސަލާންޖަހަން ނުޖެހޭނެ ނިޒާމެއް ޤާއިމްކުރާނަން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 3 އެޕްރީލު 2019 | ބުދަ 09:15
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދ. މީދޫގައި ވާހަކަފުޅުދައްކަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދ. މީދޫގައި ވާހަކަފުޅުދައްކަވަނީ

ކުރިއަށް އޮތް ހޮޮނިހިރު ދުވަހަކީ ރައްޔިތުން މުހިންމު ނިންމުމެއް ނިންމަންޖެހޭ ދުވަސް ކަމަށާއި، އެ ދުވަހަކީ ހިޔާނާތާއި ވައްކަމަށް އަނެއްކާވެސް ފުރުސަތު ދޭނީތޯ ނުވަތަ ނޫންތޯ ރައްޔިތުން ނިންމާނެ ދުވަސްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކެމްޕޭން ދަތުރުފުޅެއްގައި ދ. މީދޫ ވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ހޮނިހިރު ދުވަހު ރައްޔިތުން ނިންމާ ނިންމުމަކީ ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހު ރައްޔިތުން ނިންމާ ނިންމުމަކީ، ވައްކަމާއި ހިޔާނާތަށް ފުރުސަތުދޭނނީތޯ ނުވަތަ، ވައްކަމާއި ހިޔާނާތާއި ނުލާ، ރާއްޖެ ތަރައްޤީކުރާނީތޯ ނިންމާ ދުވަސްކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރައީސް ސޯލިހް ވަނީ ނަޒާހަތްތެރި މަޖިލީހެއް ޤާއިމްކުރުމަށް އެމްޑީޕީގެ ކެނޑިޑޭޓަށް ވޯޓު ދެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ ވަރަށް މުހިންމު އިންތިހާބެއްކަން ފާހަގަކުރައްވާ އިތުރަށް ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބބުގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ކަމަށެވެ. އެގޮތުން ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމާއި، އަސާސީ ހިދުމަތްތައް ކަށަވަރުކުރުމަށްވެސް މަޖިލީހުގެ މެޖޯރިޓީ މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީީދޫއަކީ މަސްވެރި ރަށެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މީދޫ ބަނދަރު ބޮޑުކުރަންޖެހޭ ކަމަށެވެ. އަދި ސުކޫލަށް މަލްޓި ޕާރޕާސް ހޯލެއް މުހިންމުކަމަށާއި، ރައްޔިތުން ބޭނުންވާގޮތަށް އެ ހޯލު އިމާރަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެއިތުރުން ރިނބިދުއާއި، ހުޅުދެލީގެ ބަނދަރު ހެދުމުގެ މަޝްރޫއު މި އަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށާއި، ބަނޑިދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުވެސް މި އަހަރުގައި ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަސްވެރިންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މަހަށް ހަމަ އަގު ވަރަށް އަވަހަށް ހޯދައިދެވޭނެކަމަށް ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. އަދި އޭގެއިތުރުން މަސްވެރިންނަށް ޑީސަލް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ޑީސަލުން ނަގާ ޑިއުޓީ ކަނޑާލައިފައިވާ ކަމަށާއި، އޭގެ ފައިދާވެސް ވަރަށް އަވަހަށް ރައްޔިތުންނަށް ލިބޭނެކަމަށް ރައީސް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

24 މާރިޗު 2017

އާރތް އަވަރ" ފާހަގަކުރުން ހޮނިހިރު ދުވަހު

24 މާރިޗު 2017
އާރތް އަވަރ" ފާހަގަކުރުން ހޮނިހިރު ދުވަހު
12 މާރިޗު 2017

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވަނީ އަންނަ ހޮނިހިރު ދުވަހު

12 މާރިޗު 2017
ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވަނީ އަންނަ ހޮނިހިރު ދުވަހު
09 މާރިޗު 2017

ވައްކަމަށް ފަޚުރުވެރިވާ ބަޔަކަށް ވޯޓު ދިނުމުގެ މާނައެއް ނެތް: އަލީ ޝިޔާމް

09 މާރިޗު 2017
ވައްކަމަށް ފަޚުރުވެރިވާ ބަޔަކަށް ވޯޓު ދިނުމުގެ މާނައެއް ނެތް: އަލީ ޝިޔާމް
21 ފެބުރުއަރީ 2017

ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

21 ފެބުރުއަރީ 2017
ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ
09 ފެބުރުއަރީ 2017

ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި

09 ފެބުރުއަރީ 2017
ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް