Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވަނީ އަންނަ ހޮނިހިރު ދުވަހު

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ތާރީހެއް ދެ ޤައުމުގެ ސަރުކާރުންވެސް ހާމައެއް ނުކުރޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 12 މާރިޗު 2017 | އާދީއްތަ 16:55
ސައުދީ ރަސްގެފާނު، އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިންޑޮނޭޝިއާގައި

ސައުދީ ރަސްގެފާނު، އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިންޑޮނޭޝިއާގައި

ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލް އަޒީޒް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގައިކަން ރާއްޖެއެމްވީއަށް އެނގިއްޖެ އެވެ.

އޭޝިއާގެ ޤައުމުތަކަށް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާކަން ސައުދީ ސަރުކާރުން ވަނީ ކަށަވަރު ކޮށްދީފައެވެ. ނަމަވެސް ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ތާރީހެއް، ދެ ސަރުކާރުންވެސް ހާމަކޮށްފައެއް ނުވެއެވެ. ދެ ސަރުކާރުންވެސް، އެ މައުލޫމާތު ވަނީ ސިއްރުކޮށްފަ އެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް އިތުބާރުހުރި މަސްދަރުތަކުން ކަށަވަރު ވެފައިވާގޮތުގައި ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލް އަޒީޒް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގަ އެވެ. އަދި ހޮނިހިރު ދުވަހު ދެ ޤައުމުގެ އިސްވެރިންގެ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަން ވަނީ އެނގިފަ އެވެ. މަޝްވަރާތަކަށްފަހު، ޗުއްޓީ ހޭދަކުރެއްވުމަށް ރިސޯޓަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޗުއްޓީގައި ސައުދީ ރަސްގެފާނު ފަސް ދުވަހު ރާއްޖޭގައި މަޑުކުރައްވާނެކަން އެނގިފައިވެއެވެ.

ސައުދީ ރަސްގެފާނު، ރާއްޖެ ވަޑައިގަންނަވާއިރު، އެމަނިކުފާނަށް މަރުހަބާ ދެނެންވުމަށް ޖުމްހޫރީ މައިދާން ސަރަހައްދާއި، ރަސްމީ ފާލަން ހިމެނޭ ސަރަހައްދު އަންނަނީ ރައްޔާރުކުރަމުންނެވެ. އަދި އެމަނިކުފާނުގެ ސަލާތީކަންކަން ބެލެހެއްޓުމަށް ދެ ޤައުމުގެ ގިނަ އަދަދެއްގެ ސިފައިން މިހާރު ހަރަކަތްތެރި ވަމުންގެންދާއިރު، ސައުދީ ރަސްގެފާނާއި، އެމަނިކުފާނުގެ ވަފުދު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައިވާ ތިން ރިސޯޓްގެ ސަލާމަތީކަންކަން ވަރަށް ވަރުގަދަކުރަމުން އަންނަކަން އެނގިފައިވެއެވެ.

ސަލާމަތީ ކަންކަމުގައި ބައިވެރިވުމަށް ސައުދީ އަސްކަރިއްޔާގެ މަނަވަރާއި، އިތުރު ސާމާނާއި ރާއްޖޭގައި އަންނަނީ ބޭނުންކުރެވެމުނެވެ. އަދި ސައުދީ ރަސްގެފާނުގެ ދަތުރުފުޅާއި ގުޅުއްވައި ގިނަ މީޑިއާތަކެއްވެސް މިހާރު ރާއްޖޭގައި ހަރަކާތްތެރި ވަމުންގެންދެ އެވެ.

ސައުދީގެ ޝާހީ އާއިލާއިން ރާއްޖޭގައި ބޮޑު އިންވެސްޓްމެންޓެއްކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސް އަބްދުﷲ ޔާމީން މީގެކުރިން ވިދާޅުވެފައިވީނަމަވެސް ސައުދީ އެމްބަސީން ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. އެހެންކަމުން ފ. އަތޮޅު ވިއްކާލުމުގެ އެއްބަސްވުން މިހާރު ވަނީ ބޮޑު އޮޅުމެއްގެ ތެރޭގަ އެވެ. ލިބިފައިވާ ބައެއް މައުލޫމާތުތަކަށް ބަލާއިރު، ކުރިއެކޭވެސް އެއްގޮތަށް "ފްރީހޯލްޑް" އުސޫލުން ފ. އަތޮޅުން ބައެއް ސައުދީ ސަރުކާރަށް ވިއްކާލުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދެ ސަރުކާރުގެ ވާހަކަތައް ކުއްލިގޮތަކަށް ބަދަލުކޮށްފައިވަނީ އާންމު ރައްޔިތުންގެ ހިތްހަމަނުޖެހުން އިންތިހާއަށް އިތުރުވެ، ހަމަނުޖެހުމެއް ހިނގުމަށް މަގުފަހިވެދާނެތީކަމަށްކަން ވަނީ އެނިގިފަ އެވެ.

ސައުދީ ރަސްގެފާނަކީ، އެމަނިކުފާނުގެ ދަތުރުފުޅުތަކަށް ބޮޑު ހަރަދެއް ކުރައްވާ ބޭފުޅެކެވެ. އެގޮތުން ދުނިޔޭގެ އެހެން ވެރިންނާއި، ހިލާފަށް ކޮންމެ ދަތުރުފުޅަކާއި ދިމާކޮށް ބޭކާރު އެތަށް ހަރަދެއްކުރައްވާކަމަށް މީޑިއާ ރިޕޯޓްތަކުގައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު