Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޯތު މެސެޑޯނިއާ

ނޯތު މެސެޑޯނިއާ: ގްރީސްގެ ބޮޑުވަޒީރު ތާރީޚީ ދަތުރުފުޅެއްގައި

3 އެޕްރީލު 2019 | ބުދަ 02:43

ގްރީސްގެ ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ 10 ވަޒީރަކާއި ވިޔަފާރިވެރިން ބައިވެރިވޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 3 އެޕްރީލު 2019 | ބުދަ 02:43
ސަރުކާރު އިމާރާތްތަކުގެ ކައިރީގައި އެކުގައި ސެލްފީ ނަންގަވާފައި

ސަރުކާރު އިމާރާތްތަކުގެ ކައިރީގައި އެކުގައި ސެލްފީ ނަންގަވާފައި | ދި ޓެލެގްރާފް

ގްރީސްގެ އުތުރު ސަރަހައްދީ ރޮނގު ހިއްސާކުރާ ނޯތު މެސެޑޯނިއާ އަށް 1991 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން ގްރީސްގެ ވެރިއަކު ފުރަތަމަ ފަހަރަށް އެ ގައުމަށް ވަޑައިގެންފިއެވެ.

ނަމުގެ މައްސަލައިގައި ދެ ގައުމުގެ މެދުގައި ނުތަނަވަސްކަން އޮންނަތާ ތިރީހަކަށް އަހަރުވާން ގާތްވެފައި ވަނިކޮށް މެސެޑޯނިއާގެ ނަމުގެ މައްސަލަ ނިމުމަކަށް ގެނެސް، ރިޕަބްލިކް އޮފް މެސެޑޯނިއާގެ ނަން ރަސްމީކޮށް ރިޕަބްލިކް އޮފް ނޯތު މެސެޑޯނިއާ އަށް ބަދަލުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުއެވެ.

އޭގެ ފަހުން ދެ ގައުމުން ގެންދަނީ ގުޅުން ބަދަހިކުރަން މަސައްކަތްކުރަމުންނެވެ.

ރިޕަބްލިކް އޮފް ނޯތު މެސެޑޯނިއާގެ ބޮޑުވަޒީރު ޒޯރާން ޒައޭވް ގްރީސްގެ ބޮޑުވަޒީރު އެލެކްސިސް ސައިޕްރަސް އަށް މަރުހަބާ ވިދާޅުވެފައި ވަނީ ސަރުކާރު އިމާރާތްތަކުގެ ކައިރީގައި އެކުގައި ސެލްފީ ނަންގަވައިގެންނެވެ.

"ގްރީސްގެ ބޮޑިވަޒީރަކު މެސެޑޯނިއާ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރު، ހަގީގަތުގައި ވެސް ތާރީޚީ ދުވަހެއް" މެސެޑޯނިއާގެ ބޮޑުވަޒީރު ޓްވިޓަރގައި ވިދާޅުވެފައި ވެއެވެ.

ގްރީސްގެ ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ 10 ވަޒީރަކާއި ވިޔަފާރިވެރިން ބައިވެރިވެއެވެ.

ނޯތު މެސެޑޯނިއާ އިން 1991 ވަނަ އަހަރު ޔޫގޮސްލާވިއާ އިން ވަކިވެ މިނިވަންކަން އިއުލާން ކުރުމަށް ފަހު، އެ ގައުމުގެ ނަމަކަށް މެސެޑޯނިއާ ބޭނުންކުރަން ފެށުމާ އެކު އަވަށްޓެރި ގްރީސްއާ ދެމެދު މައްސަލަ ބޮޑުވިއެވެ.

ނަމުގެ މައްސަލައިގައި ގްރީސް އިން ވަނީ މެސެޑޯނިއާ އަށް ޔޫރަޕުގެ އިއްތިހާދާއި ނޭޓޯގެ މެމްބަރަކަށް ވުމަށް ހުރަސް އަޅާފައެވެ. ނަމަވެސް ނަމުގެ މައްސަލަ ހައްލުވުމާ އެކު އެ ގައުމުން ވަނީ ނޯތު މެސެޑޯނިއާ އަށް ނޭޓޯއަށާއި ޔޫރަޕުގެ އިއްތިހާދުގެ މެމްބަރަކަށް ވާން ހުރި ހުރަސްތައް ނައްތާލާފައެވެ.

ބަލްކަންގެ ގައުމެއް ކަމަށްވާ މެސެޑޯނިއާ އަށް އެނަން ކިޔުމަށް ގްރީސް އިން ނުރުހެނީ މެސެޑޯނިއާ އާއި ގްރީސް ގުޅޭ ސަރަހައްދީ ރޮނގުގައި މެސެޑޯނިއާއާ އިންވެގެން އޮންނަ ގްރީސްގެ ސަރަހައްދަކަށް ވެސް މެސެޑޯނިއާ ކިޔާތީއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

09 ޖޫން 2017

އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު

09 ޖޫން 2017
އިނގިރޭސި ވިލާތުގެ އައު ސަރުކާރު އެކުލަވާލައްވާނީ މިހާރުގެ ބޮޑުވަޒީރު
28 އެޕްރީލު 2017

ޙަޅުތާލުކުރާ ފަރާތްތަކުން މެސެޑޯނިއާގެ ގާނޫނުހަދާ މަޖިލީހަށް ވަދެގެންފި

28 އެޕްރީލު 2017
ޙަޅުތާލުކުރާ ފަރާތްތަކުން މެސެޑޯނިއާގެ ގާނޫނުހަދާ މަޖިލީހަށް ވަދެގެންފި
20 އެޕްރީލު 2017

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި
20 އެޕްރީލު 2017

ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

20 އެޕްރީލު 2017
ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟
19 އެޕްރީލު 2017

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން
19 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

19 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް