Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމައުރޯ އިކާޑީ

އިކާޑީ އަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް!

އިކާޑީއަށް އަމާޒުކޮށް އިންޓަ މިލާނުގެ ކޯޗު ލޫސިއާނޯ ސްޕެލެއްޓީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފި

މިއުނާ ހަސަން
މިއުނާ ހަސަން | 2 އެޕްރީލު 2019 | އަންގާރަ 09:24
މައުރޯ އިކާޑީ

މައުރޯ އިކާޑީ

އިންޓަ މިލާނުގެ ފޯވާޑް މައުރޯ އިކާޑީއަށް އަމާޒުކޮށް އިންޓަ މިލާނުގެ ކޯޗު ލޫސިއާނޯ ސްޕެލެއްޓީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފިއެވެ.

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހު ވާދަވެރި ލާޒިއޯ އަތުން 1-0 އިން އިންޓާ ބަލިވިވުމުން މީޑިއާގައި ދެކެވެމުން އައި ވާހަކައަކީ އިކާޑީ ހުރި ނަމަ ލާޒިއޯ އަތުން އެ ޓީމު މޮޅުވެވުނީސް ކަމަށެވެ. އެ ވާހަކަތަކަށް ކޯޗް ސްޕްލެއްޓީ ވަނީ ހޫނު ރައްދެއް ދީފައެވެ.

ސްޕްލެއްޓީ މީޑިއާ އަށް ބުނެފައި ވަނީ އޭނާގެ ވަޒީފާއަކީ ކޮބައިކަން އޭނާއަށް އެނގޭ ކަމަށާއި، އިކާޑީގެ އަމަލުތައް އެންމެ ޕްރޮފެޝަނަލް ނޫން ކަމަށެވެ. އިކާޑީ ފަދަ ކުޅުންތެރިއަކަށް ކުޅުމުގެ ފުރުސަތު ދިނުމަށް ވުރެން އެ ފުރުސަތު ހައްގުވާ ކުޅުންތެރިއަކަށް ފުރުސަތު ދޭންޖެހޭ ކަމަށެވެ. ސްޕްލެއްޓީ ބުނީ އިކާޑީއަކީ މެސީ ނުވަތަ ރޮނާލްޑޯ ނޫން ކަމަށާއި، އިކާޑީ ހުއްޓާ އިންޓަ ޗެމްޕިއަންސް ލީގު ނުކުޅެ ވެސް އަހަރުތަކެއް ހޭދަކުރި ކަމަށެވެ.

ސްޕެލެއްޓީ ބުނީ ކިތަންމެ ހުނަރުވެރި ކުޅުންތެރިޔެއް ނަމަވެސް އެންމެ މުހިއްމު ކަމަކީ ޕްރޮފެޝަނަލްވުމާއި އަހުލާގު ހިފެހެއްޓުން ކަމަށެވެ. އެ ނެތިއްޖެ ނަމަ ކުޅުންތެރިއަކަށް ވާނެ ކަމެއް ނެތް ކަމަށެވެ. އަދި އިކާޑީ އާއި އިންޓައާ ދެމެދު އޮތް މައްސަލަ ހައްލުކުރެވޭނީ ވަކި މީހަކު ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތަކަކުން ނޫން ކަމަށާއި އެކަން އެ އަށް ވުރެން ރަނގަޅަށް ކުރެވެންޖެހޭނެ ކަމަށް ވެސް އިންޓަގެ ކޯޗު ވަނީ ބުނެފައެވެ.

ކޯޗުގެ އިތުރުން އިންޓަ މިލާނަށް ކުރިން ކުޅުނު އަރޖެންޓީނާގެ ކުރީގެ ފޯވާޑް ގަބްރިއެލް ބަޓިސްޓޫޓާ ވެސް ވަނީ އިކާޑީ އަށް ފާޑުކިޔައިފަ އެވެ. އޭނާ އިކާޑީއަށް ފާޑު ކިޔަމުން ބުނީ ޓީމު ތެރޭގައި ޖެހޭ މައްސަލަތައް ސޯޝަލް މީޑިއާގައި މަޝްވަރާކޮށް އޮންނަ އުސޫލުން ބޭރުން އެއްވެސް ކަމެއް ގެންދިއުމަކީ ކުޅުންތެރިއަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އޭނާ ވެސް ބުންޏެވެ.

ރިޕޯރޓްތައް ބުނާ ގޮތުގައި އިކާޑީ އާއި އިންޓަ މިލާނުގެ ގުޅުން ގޯސްވެފައި މިވަނީ ފެބްރުއަރީ މަހު އޭނާ އަތުން އެ ކްލަބްގެ ކެޕްޓަންކަން ނެގުމުން އޭނާ އެ ޓީމަށް ކުޅެން ދެކޮޅު ހެދުުމުންނެވެ. އިންޓަ ކެޕްޓަނަކަށް ހަމަޖެއްސީ އެ ޓީމުގެ ގޯލްކީޕަރު ސާމިރު ހަންޑަނޮވިޗްއެވެ. އޭރު ސްޕެލެއްޓީ ބުނީ އިކާޑީ އަތުން ބޭންޑް ނެގީ އޭނާގެ ވަށައިގެން ހިނގަމުން އަންނަ ކަންތައްތަކުގެ ސަބަބުން އޭނާ އާއި ޓީމަށް ވެސް އުނދަގޫވަމުން އަންނާތީ ކަމަށެވެ.

އިކާޑީގެ ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތައް ހުއްޓިފައިވާއިރު އެކަމުގެ އިނގިލި ދިއްކުރެވުނީ އޭނާގެ އަންހެނުން އަދި އޭޖެންޓް ވަންޑާ ނާރާ އަށެވެ. އޭނާ މިދިޔަ ޖެނުއަރީ މަހު ބުނީ އިކާޑީގެ ކޮންޓްރެކްޓް އާކުރުން އޮތީ ވަރަށް ދުރުގައި ކަމަށާއި ރެއާލް މެޑްރިޑާއި ބާސެލޯނާ އިން އޭނާ އަށް ޝައުގުވެރިވާ ކަމަށެވެ.

އުމުރުން 26 އަހަރުގެ އިކާޑީގެ ރިލީޒް ފީއަކަށް މީގެ މަހެއްހާ ދުވަސް ކުރިން 110 މިލިއަން ޔޫރޯ ކަނޑައަޅާފައިވާއިރު، އޭނާ ހޯދުމަށް އޭރު އެންމެ ބޮޑަށް މަސައްކަތް ކޮށްފައިވަނީ ރެއާލްއެވެ. އެގޮތުން އެ ކްލަބުން ވަނީ އޭނާއަށް އެތައް ފަހަރެއްގެ މަތިން ބިޑު ވެސް ކޮށްފައެވެ.

އިކާޑީގެ ޓްރާންސްފާއާ ގުޅިގެން މީޑިއާތަކުގައި ތަފާތު ވާހަކަތަކެއް ފެތުރިފައި ވަނިކޮށް އޭރު އޭނާގެ އެޖެންޓް އަދި އަނބިމިހާ ކުރި ޓްވީޓެއްގައި ބުނީ، އިކާޑީގެ އެއްބަސްވުމުގެ ގަނޑުތައް ކިޔާފައިވާ ކަމަށެވެ. އަދި އިޓަލީ ބަހުން ކޮށްފައިވާ މި ޓްވީޓްގައި އޭނާ ވަނީ އިކާޑީ ޓެގު ވެސް ކޮށްފައެވެ.

އިންޓަގެ އެއްބަސްވުން އިކާޑީ އާކުރާނެ ކަމާ މެދު ޝައްކު ނުކުރާ ކަމަށް 2018 ވަނަ އަހަރުގެ ކުރީކޮޅު ނާރާ ވަނީ ބުނެފައެވެ. އޭރު އޭނާ ބުނީ، އިކާޑީ ބޭނުން ވަނީ ދުނިޔޭގެ އެންމެ މޮޅު ކްލަބްތަކުގެ ތެރޭގައި އިންޓަ ހިމެނުން ކަމަށެވެ.

އިތުރަށް ކިޔާލަން

02 މެއި 2017

އޭޝިއާގެ ވަރުގަދަ މެޑެލްއަކާއެކު ސާއިދު ރާއްޖެ އަތުވެއްޖެ

02 މެއި 2017
އޭޝިއާގެ ވަރުގަދަ މެޑެލްއަކާއެކު ސާއިދު ރާއްޖެ އަތުވެއްޖެ
30 އެޕްރީލު 2017

ކުލަބް މޯލްޑިވްސް: ވަރުގަދަ ސްކޮޑަކާއެކު ނުކުތް ފެނަކަ ބަލިކޮށް އެލައިޑް ކުއާޓާރއަށް

30 އެޕްރީލު 2017
ކުލަބް މޯލްޑިވްސް: ވަރުގަދަ ސްކޮޑަކާއެކު ނުކުތް ފެނަކަ ބަލިކޮށް އެލައިޑް ކުއާޓާރއަށް
23 އެޕްރީލު 2017

ވިކްޓްރީ އަކީ ލީގުގައި އެންމެ ވަރުގަދަ އެއް ޓީމު، ދެޓީމަށްވެސް ފަސޭހައެއްނުވާނެ: ސެކުލޮވްސްކީ

23 އެޕްރީލު 2017
ވިކްޓްރީ އަކީ ލީގުގައި އެންމެ ވަރުގަދަ އެއް ޓީމު، ދެޓީމަށްވެސް ފަސޭހައެއްނުވާނެ: ސެކުލޮވްސްކީ
03 އެޕްރީލު 2017

ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ

03 އެޕްރީލު 2017
ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް، އެހެނަސް ޖެހިލުމެއް ނުވޭ: ސެކުލޮސްކީ
16 މާރިޗު 2017

ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

16 މާރިޗު 2017
ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު