Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލޭ ލީގު

ވިކްޓްރީ އަކީ ލީގުގައި އެންމެ ވަރުގަދަ އެއް ޓީމު، ދެޓީމަށްވެސް ފަސޭހައެއްނުވާނެ: ސެކުލޮވްސްކީ

މާޒިޔާ އޮތީ ނުވަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައި

ލީވާން އަލީ
ލީވާން އަލީ | 23 އެޕްރީލު 2017 | އާދީއްތަ 19:56
މާޒިޔާގެ ކޯޗު ސެކުލޮވްސްކީ

މާޒިޔާގެ ކޯޗު ސެކުލޮވްސްކީ

ވިކްޓްރީ ސްޕޯޓްސް ކްލަބް އަކީ މާލޭ ލީގުގައި ކުޅޭ އެންމެ ވަރުގަދަ އެއް ކްލަބް ކަމަށާއި، މި މެޗަކީ ދެޓީމަށްވެސް އުނދަގޫވާނެ މެޗެއްކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަންގެ ކޯޗު ސެކުލޮވްސްކީ ބުނެފިއެވެ.

މެޗުގެ ކުރިން އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސެކުލޮވްސްކީ ބުނީ އޭނާ ދެކޭގޮތުގައި ވިކްޓްރީ އަކީ ލީގުގައި ވާދަކުރާ އެންމެ ވަރުގަދަ ކްލަބް ކަމަށެވެ.

އެގޮތުން އޭނާ ބުނީ ވިކްޓްރީ ޕޮއިންޓް ތާވަލުގައި އޮތް މަގާމަކީ އެޓީމުގެ ފެންވަރަށް ބަލާއިރު، އަސްލެއް ނޫން ކަމަށާއި، އެޓީމުގައި ރަނގަޅު ކުޅުންތެރިންނާއި ރާއްޖޭގައި ހުރި އެންމެ ރަނގަޅު އެއް ކޯޗު އެބަހުރި ކަމަށެވެ.

ސެކުލޮވްސްކީ ބުނީ މާލޭ ލީގުގައި މި ސީޒަނުގައި ކުޅުނު އެއްވެސް މެޗަކީ ފަސޭހަ މެޗެއް ނޫން ކަމަށެވެ. އެހެންނަމަވެސް އޭނާ ބުނީ ދެޓީމަށްވެސް މި މެޗު އުނދަގޫވާނެ ކަމަށާއި، ހުރިހާ ޓީމެއްގެ ޓާގެޓަކީ މާލޭ ލީގުގެ ގަދަ ހަތަރެއްގައި ހިމެނި ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުން ކަމަށެވެ.

މެޗުގައި ކުޅުންތެރިން އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރަންޖެހޭ ކަން ފާހަގަކުރަމުން ސެކުލޮވްސްކީ ބުނީ ކުޅުންތެރިން ރަނގަޅު ކުޅުމެއް މެޗުގައި ދައްކައިފިނަމަ އަބަދުވެސް އުފާކުރާ ކަމަށެވެ. އެގޮތުން މާޒިޔާ ޓީމުގެ ޓީމްވޯކް ރަނގަޅުކަން ސެކުލޮވްސްކީ ވަނީ ފާހަގަކޮށްފައެވެ.

ކުޅުންތެރިން ރަނގަޅުކުރަންޖެހޭ ބައިވަރުކަންތައްތައް ހުރިކަން ފާހަގަކުރަމުން ސެކުލޮވްސްކީ ބުނީ ޓީމު ރިކަވާންވެސް ލިބެނީ މަދު ދުވަސްކޮޅެއް ކަމަށާއި، ބައެއް ފަހަރު ހަފްތާއަކު ދެ މެޗު ކުޅެންޖޭ ކަމަށެވެ. އެގޮތުން އޭގެ ތެރެއިން އެއް މެޗަކީ އޭއެފްސީ ކަޕްގެ މެޗަށްވުމުން ދަތިތަކާ ގިނަ ފަހަރު ކުރިމަތިލާންޖެހޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މާޒިޔާ ވަނީ މާލޭ ލީގުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފައެވެ. އެޓީމު އޮތީ ނުވަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
10 ޖެނުއަރީ 2017

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
06 ޖެނުއަރީ 2017

އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
އީސްމާއިލް އީސަ، މުހައްމަދު އާރިފް އަދި ހަސަން އަދުހަމް ވިކްޓްރީއަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު