Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުހީ

ލީޑަރުންގެ މަޝްވަރާތައް ނުކުރެވި އުޅެނީ ބަހުގެ ހަމާލާ ބޮޑުވެގެން: ނާދިރާ

2 އެޕްރީލު 2019 | އަންގާރަ 03:52

ބަހުގެ ހަމަލާދީގެން ރައްޔިތުން މާޔޫސް ކުރާނީތޯ ނޫނީ އެއް މޭޒަކަށް އައިސް ރައްޔިތުންގެ އުންމީދުތައް އައު ކޮށްދޭނީތޯ ލީޑަރުން އަމިއްލައަށް ނިންމަވަންޖެހޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 އެޕްރީލު 2019 | އަންގާރަ 03:52
ނާދިރާ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

ނާދިރާ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

ކޯލިޝަންގެ ހަތަރު ލީޑަރުންގެ މެދުގައި މަޝްވަރާތައް ނުކުރެވިގެން އުޅެނީ ބަހުގެ ހަމަލާތައް ރައްދުކުރާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާއަށް ރައީސް މައުމޫންގެ ތާއީދާއެކު ވާދަކުރައްވާ އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސަރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނާދިރާ ވިދާޅުވީ ހަތަރު ލީޑަރުންނަށް މަޝްވަރާތައް ކުރެވެން ޖެހޭނެ ކަމަށާއި އެ ލީޑަރުން ނިކުންނަވައިގެން އެ ތިއްބެވީ ރައްޔިތުންގެ ހައްޤުގައި ކަމަށެވެ.

Advertisement - newsAdvertisement
"މަޝްވަރާތައް ނުކުރެވި އުޅެނީ ބަހުގެ ހަމަލާ ބޮޑުވެގެން ގޮސް، މަޖިލިސް އިންތިހާބުގެ ވާދަވެރިކަން ބޮޑުވުމުގެ ސަބަބުން ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ. މަޖިލިސް އިންތިހާބު ނިމުމުން އޭރު އޮތް މަސްލަހަތު އޮންނާނެ ކަމަށް ޤަބޫލުކުރަނީ. މަޝްވަރާ ކުރެވިގެން ނޫނީ މިކަންކަން ރަނގަޅެއް ނުކުރެވޭނެ. ބަހުގެ ހަމަލާދީގެން ރައްޔިތުން މާޔޫސް ކުރާނީތޯ ނޫނީ އެއް މޭޒަކަށް އައިސް ރައްޔިތުންގެ އުންމީދުތައް އައު ކޮށްދޭނީތޯ ލީޑަރުން އަމިއްލައަށް ނިންމަވަންޖެހޭ. އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާދީގެން މިކަން ހައްލެއް ނުކުރެވޭނެ" ނާދިރާ ވިދާޅުވިއެވެ.

ނާދިރާ އިތުރަށް ވިދާޅުވީ ރައްޔިތުންގެ އިތުބާރު ޖުޑިޝަރީއާ ދޭތެރޭގައި އަދިވެސް ގެއްލެމުންދާ ކަމަށާއި ސިޔާސީ މީހުންގެ ނުފޫޒް ޖުޑިޝަރީގެ ތެރެއަށް ވަރަށް ބޮޑަށް ފޯރާފައިވާ މަންޒަރު ފެންނަ ކަމަށެވެ. އާންމު ރައްޔިތު މީހާގެ މައްސަލައަށް ކޯޓުގައި ދިގުލައިގެންދާއިރު ސިޔާސީ މީހެއްގެ މައްސަލައިގައި ބާރުމިނުގައި ހުކުމް އިއްވާ މައްސަލަ ނިންމާ ކަމަށް ނާދިރާ ވިދާޅުވިއެވެ.

"އާދައިގެ އެންމެ ނިކަމެތި މީހާއަށް އަނިޔާ ލިބޭ ގޮތަށް ކަންކަން ބައްޓަންވެފައި އޮތް އޮތުން އަޅުގަނޑުމެން އެބަޖެހޭ މި ޤައުމުން ފޮހެލަން. ޒިންމާދާރު ކުރަންޖެހޭ. ޒިންމާ ނަގާނެ ފަރާތްތައް އަޅުގަނޑުމެންގެ ތެރޭގައި ތިބޭނެ މިކަންކަން ހިނގާދާއިރު. އެމީހުން ޒިންމާދުކުރާނެ މެކޭނިޒަމް އޮންނަނީ ރައްޔިތުންގެ މަޖިލީހުގައި. މަޖިލިސް ޒިންމާދާރު ކުރުވައިގެން މިކަންކަން ހައްލުކުރެވޭނީ" ނާދިރާ ވިދާޅުވިއެވެ.

މަޖިލީހުގެ އިންތިޚާބަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޕީޕީއެމް/ޕީއެންސީއަށް ތާއިދުކުރަން ނިންމަވާފައިވާތީ އެކަމަށް އިޝާރަތް ކުރައްވާ ނާދިރާ ވިދާޅުވީ މަޖިލީހުގެ އިންތިޚާބުގައި ގޮނޑިތައް ނެގުމުގެ ނިޔަތުގައި އަނިޔާވެރިންނާ ގުޅުން އެއީ ރަނގަޅު ގޮތް ނޫންކަމުގައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

ބަހަށް އިސްކަންދިނުމުގެ ގޮތުން ދިވެހި ބަހުގެ ޤަވާއިދާ ޚިލާފަށް ހުންނަ ލިޔުންތައް ބަލައިނުގަތުމަށް ނިންމައިފި!

15 އެޕްރީލު 2017
ބަހަށް އިސްކަންދިނުމުގެ ގޮތުން ދިވެހި ބަހުގެ ޤަވާއިދާ ޚިލާފަށް ހުންނަ ލިޔުންތައް ބަލައިނުގަތުމަށް ނިންމައިފި!
10 އެޕްރީލު 2017

ޤަވާއިދު އިސްލާހް ކުރަން އުޅެނީ ލިބެމުންދާ ކުރިއެރުން އެމީހުންނަށް އެނގޭތީ: ފާރިސް

10 އެޕްރީލު 2017
ޤަވާއިދު އިސްލާހް ކުރަން އުޅެނީ ލިބެމުންދާ ކުރިއެރުން އެމީހުންނަށް އެނގޭތީ: ފާރިސް
02 މާރިޗު 2017

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

02 މާރިޗު 2017
ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް
21 ފެބުރުއަރީ 2017

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި
17 ފެބުރުއަރީ 2017

ކޮންވެންޝަން ސެންޓަރު ހަލާކުކޮށްލަން އެއުޅެނީ، ހޮސްޕިޓަލެއް ވެސް ނާޅާނެ: ޔަސްރިފް

17 ފެބުރުއަރީ 2017
ކޮންވެންޝަން ސެންޓަރު ހަލާކުކޮށްލަން އެއުޅެނީ، ހޮސްޕިޓަލެއް ވެސް ނާޅާނެ: ޔަސްރިފް
10 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

10 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް
09 ފެބުރުއަރީ 2017

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް