Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީންގެ ރައްދު ނަޝީދަށް

ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

ރައީސް ނަޝީދު ޑިމޮކްރެސީގެ ނަމުގައި ކުރެއްވީ ހުދުމުހުތާރު ވެރިކަމެއް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 10 ފެބުރުއަރީ 2017 | ހުކުރު 00:18
ޕީޕީއެމްގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމީއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ

ޕީޕީއެމްގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމީއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ

ރައީސުލް ޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަށް ތާއިދު ނެތް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ރައީސް އަބްދުﷲ ޔާމީން ރައްދު ދެއްވައިފިއެވެ.

ސްރީލަންކާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ރައީސް ޔާމީން އަށް ތާއިދު ނެތުމަކީ އެބޭފުޅާގެ ކޫށެއް ނޫން ކަމަށާއި އަދި ރައީސް ޔާމީންގެ ޕާޓީ ތެރެއިން ވެސް ރައީސް ޔާމީން އަށް ތާއިދު ނެތީތީ ވަރަށް ދެރަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

ޕީޕީއެމްގެ އޮފީސް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމީއްޔާތުގައި ރައީސް ނަޝީދުގެ އެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް ނަޝީދުގެ ކުށަކީ އެމަނިކުފާނަށް ތާއިދު ނެތުން ނޫން ކަމަށާއި އެއަށްވުރެ ރައީސް ނަޝީދުގެ ކުށް މާ ބޮޑު ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައީސް ނަޝީދު ކުރެއްވީ ވަރަށް ބޮޑު ކުށެއް ކަމަށާއި އެކުށަކީ ޑިމޮކްރަސީގެ ޗެމްޕިއަނެއްގެ ގޮތުގައި ވަކާލާތު ކުރައްވައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ހުދުމުތާރުކޮށް އަމަލުތައް ކުރެއްވުން ކަމަށެވެ.

ރައިސް ޔާމީން ވިދާޅުވީ ސިޔާސީ ގޮތުން އެމަނިކުފާނާއި "ޖަދަލުކުރާ" ފަރާތްތަކުން އެމަނިކުފާނަށް ތާއިދު ނެތް ކަމަށް ވިދާޅުވުމަކީ އެބޭފުޅުންގެ ކުށެއް ނޫންކަމަށާއި އެފަދަ ޚުދުމުޚުތާރު މީހުން ދައްކާ ވާހަކަތަކަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ރައްދު ދެއްވާފައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އޮބާމާގެ ރިޔާސީ ދައުރު ނިންމާލައްވަމުން ވިދާޅުވި ފަދައިން އެންމެ ގަދައަށް ޑިމޮކްރަސީގެ ވާހަކަ ދައްކަވާ ޗެމްޕިއަނުންނަކީ މަގާމު ލިބުމާއެކު ޑިމޮކްރަސީ ކަތިލައި، ރައްޔިތުންނަށް ހުދުމުހުތާރު ވެރިއަކަށްވުން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ޑިމޮކުރެސީގެ ވާހަކަ އެންމެ ގަދަޔަށް ދައްކާ މީހުން ވެރިކަމަށް އާދެވުމުން ޑިމޮކުރެސީ ކަތިލާ އެންމެ ރަހުމް ކުޑަކޮށް ރައްޔިތުންގެ ހައްގުތަކަށް އަރައިގަނަ މީހުންނަކީ ޑިމޮކްރެސީގެ ނަމުގައި ހުދުމުހުތާރު ވެރިކަން ކުރައްވާ ބޭފުޅުން ކަމަށެވެ. އަދި ރައީސް ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި ފެނިގެން ދިޔައީ ހުދުމުހުތާރު ވެރިކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާން ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމާ ދެކޮޅަށް ނުކުތީ އެހެން ވެގެން ކަމަށެވެ. އަދި ރައީސް ނަޝީދުގެ ވެރިކަން ބަދަލު ކުރެއްވުމަށް އޭރު ކުރި މަސައްކަތަކީ އެއްގޮތަކަށް ވެސް ސިފައިންނާ ފުލުހުންނާ ދެކޮޅަށް ހިންގި ކަންތައްތަކެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ކަންކަން ނިންމާނީ ދިވެހިން ބޭނުންވާ ގޮތަށް ކަމަށާއި އެހެން ބައަކު ބޭނުންވާ ގޮތަށް ނޫން ކަމަށެވެ.

އެމަނިކުފާން ވިދާޅުވީ މިއީ ހުރިހައި ދިވެހިރައްޔިތުންގެ ރާއްޖެ ކަމަށާއި ރާއްޖޭގެ ކަންކަން ނިންމާނީ ދިވެހިންގެ ގިނަ ބައަކު ބޭނުންވާ ގޮތަށް ކަމަށެވެ. އަދި ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވާ އަނެއް ދިވެހިރާއްޖެ ދާނީ އެހެން ދިވެހިން ކަމަށްވެސް ރައިސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީގެކުރިން ވެސް ޕްރައިމަރީއެއް ބާއްވައިގެން ރިޔާސީ ކެނޑިޑޭޓެއް ނެރުނީ ޕީޕީއެމުން ކަމަށާއި އަދި ކުރިއަށް އޮތްތާ ވެސް އެހެން ޕާޓީއަކަށް ޕްރައިމަރީއެއް ބާއްވައިގެން ކެނޑިޑޭޓެއް ނެރެން ނުކުރޭނެ ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު