Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހޯރަފުށީ އެއަރޕޯޓް

ހޯރަފުށީ އެއަރޕޯޓް މަޝްރޫއުގެ މަސައްކަތް ރައީސް ސޯލިޙް ފައްޓަވައިދެއްވައިފި

31 މާރިޗު 2019 | އާދީއްތަ 13:33

ހޯރަފުށީ އެއަރޕޯޓްގެ މަސައްކަތް ކުރުމަށް ބޭނުންވާ ތަކެތި ވަނީ ގެންގޮސްފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 31 މާރިޗު 2019 | އާދީއްތަ 13:33
ހޯރަފުށީ އެއަރޕޯޓް މަސައްކަތް ފެއްޓެވުން

ހޯރަފުށީ އެއަރޕޯޓް މަސައްކަތް ފެއްޓެވުން

ހއ. ހޯރަފުށީގައި އެއާޕޯޓް މަޝްއުރޫއުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ފައްޓަވައިދެއްވައިފިއެވެ.

އެމަނިކުފާނު މިމަޝްރޫއުގެ މަސައްކަތް ފައްޓަވައިދެއްވާފައިވަނީ ތިލަދުން މައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އާދިއްތަ ދުވަހުގެ ހެނދުނު ހޯރަފުއްޓަށް ވަޑައިގެންނެވުމަށް ފަހު އެވެ.

Advertisement - newsAdvertisement

ރައީސް ސޯލިޙް ހޯރަފުށީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ހޯރަފުށީގެ އެއާޕޯޓް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ. އަދި ހޯރަފުށީގެ އެއާޕޯޓާ އެކު އުލިގަމުގެ ސިޓީ ހޮޓާ ތަރައްގީ ކުރެވި، މި ސަރަހައްދުގައި ޓޫރިޒަމް ފުޅާވެ ވަޒީފާގެ ފުރުސަތުތައް ތަނަވަސް ވެގެންދާނެ ކަމަށް ވެސް ރައީސް ސޯލިޙް ވިދާޅުވިއެވެ.

އެއާޕޯޓް މަޝްއުރޫއުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވާފައިވާއިރު ހޯރަފުށީގައި އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކާ އެމްޓީސީސީއާ އެކު ޓްރާންސްޕޯޓް މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މާރޗް މަހުގެ 25 ވަނަ ދުވަހުގައެވެ.

މިމަޝްރޫއުގެ މަސައްކަތާއި ގުޅޭގޮތުން ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ އެއާޕޯޓް އެޅުމަށް ބޭނުންވާ ސާމާނު ދެ ފަހަރެއްގެ މަތިން ހޯރަފުށްޓަށް ގެންގޮސްފައިވާ ކަމަށާއި، ބޭނުންވާ އިތުރު މެޝިނަރީޒްތައް ގެންގޮސް މަސައްކަތް ފަށައިގަންނަން މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.

އެގޮތުން ބިން ހިއްކުމާއި، ރަންވޭ ހެދުމާއި، ޓާރމިނަލްގެ މަސައްކަތް، 240 ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ މަޝްރޫއުގެ މަސައްކަތް އަވަހަށް ފެށިގެންދާ ސަބަބަކީ އެ ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓް އަހުމަދު ސަލީމް (ސައްލެ)ގެ ބުރަ މަސައްކަތުން މަޝްރޫއުގެ އީއައިއޭ ރިޕޯޓް ތައްޔާރުކޮށް ނިންމަވައި، ހުއްދަ ހޯއްދަ ހޯއްދެވުމުން ކަމަށެވެ.

ހޯރަފުށީގައި އަޅަން ނިންމި އެއާޕޯޓަކީ ނިމިދިޔަ ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯޓެކެވެ.

ހޯރަފުށީގައި އެއާޕޯޓް އެޅުމާ އެކު ރާއްޖޭގެ އެންމެ އުތުރަށް ދަތުރު ކުރުމަށް ލުއި ފަސޭހަކަން ލިބިގެންދާނެއެވެ.

އާބާދީގައި 3،000 ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ހޯރަފުށީގައި އެއާޕޯޓް އެޅުމުން، އެ ރަށާ ކައިރީގައި އޮތް އިހަވަންދޫއަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އެގޮތުން ލޯންޗުގައި ތިން މިނެޓުން ފަސޭހަކަމާ އެކު އިހަވަންދޫއިން ހޯރަފުށީ އެއާޕޯޓަށް އާދެވޭނެއެވެ. އަދި ހޯރަފުށީ އެއާޕޯޓުގެ ސަބަބުން އެންމެ ބޮޑު ފަސޭހަތަކެއް ވެގެންދާނެ ދާއިރާގެ ދެ ރަށަކީ ތުރާކުނާއި އުލިގަމެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

5

ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި 12 އެއްބަސްވުމެއްގައި ސޮއިކުރައްވަނީ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް