Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބާބަރާ ބުޝް

އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ ބާބަރާ ބުޝް އަށް 92 އަހަރުފުޅު ފުރުން ފާހަގަކޮށްފި

ބާބަރާއަކީ އެމެރިކާގެ 43 ވަނަ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ވެސް މަންމާފުޅު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 9 ޖޫން 2017 | ހުކުރު 11:42
އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ ބާބަރާ ބުޝް

އެމެރިކާގެ ކުރީގެ ފަސްޓްލޭޑީ ބާބަރާ ބުޝް

އެމެރިކާގެ 41 ވަނަ ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝްގެ އަނބިކަނބަލުން, ފަސްޓްލޭޑީ ބާބަރާ ބުޝް އަށް ބުރާސްފަތިދުވަހު 92 އަހަރުފުޅު ފުރިއްޖެއެވެ.

އެކަމާ ގުޅިގެން ވަރަށް ކުލަގަދަކޮށް އެކަން ވަނީ ފާހަގަކުރައްވައިފިއެވެ. ބާބަރާއަކީ އެމެރިކާގެ 43 ވަނަ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ވެސް މަންމާފުޅެވެ. ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝް އެކަމަނާގެ އުފަންދުވަހުގައި ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ ބާބަރާއަށް އެންމެ އުފާވެރި އުފަންދުވަހަކަށް އެދިލައްވާ ކަމަށާއި އެމަނިކުފާނަކީ އަދިވެސް ދުނިޔޭގައި ހުންނެވި އެންމެ ނަސީބުގަދަ ބޭފުޅާ ކަމަށެވެ."

ބުޝް އާއިލާގެ ސްޕޯކްސްޕާސަން ވިދާޅުވެފައި ވަނީ ބާބަރާގެ އުފަންދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަ ކުރައްވާފައިވާ ކަމަށާއި ދައުވަތު ދެއްވާފައިވަނީ އާއިލާގެ ބޭފުޅުންނަށް ކަމަށެވެ.

ބާބަރާ އާއި ރައީސް ޖޯޖް ބުޝް އަށް ލިބިވަޑައިގެންފައި ވަނީ ހަ ބޭފުޅުންނެވެ. އޭގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް އާއި ޖެބް ބުޝް އާއި މާވީން ބުޝް ހިމެނިވަޑައިގަންނަވައެވެ.

ބާބަރާއާއި ޖޯޖް ބުޝްއަކީ އެމެރިކާގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ދުވަހު ކައިވެނި ބައްލަވައިގެން ތިއްބެވި ރައީސުންގެ މަގާމު ލިބިލައްވާފައިވާ ދެބޭފުޅުންނެވެ. އެ ދެ ބޭފުޅުންގެ ކައިވެންޏަށް 72 އަހަރު ވަނީ ފުރިފައެވެ. އެކަން މިއަހަރު ޖެނުއަރީގައި ވަނީ ފާހަގަކުރައްވާފައެވެ. ދެބޭފުޅުން ކައިވެނި ބައްލަވައިގެންފައި ވަނީ ޖެނުއަރީ 6، 1946 ވަނަ އަހަރުއެވެ. ކައިވެނި ބައްލަވާފައިވަނީ ބާބަރާގެ އުމުރުފުޅުން 19 އަހަރުގައި އަދި ޖޯޖް ބުޝްގެ އުމުރުފުޅުން 20 ގައެވެ.

ބާބަރާ ބުޝްއަށް 92 އަހަރުފުޅު ފުރުނުއިރު ރައީސް ޖޯޖް އެޗް ޑަބްލިއު ބުޝް އަށް 93 އަހަރުފުޅު ފުރޭނީ މި އަންނަ ހޯމަދުވަހުއެވެ. އެއީ ޖޫން މަހުގެ 12 ވަނަ ދުވަހެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީގެ ފިލްމީތަރި ޝަޝީ ކަޕޫރު މަރުވެއްޖެ

ކުރީގެ ފިލްމީތަރި ޝަޝީ ކަޕޫރު މަރުވެއްޖެ

04 ޑިސެމްބަރު 2017
ޒިމްބާބްވޭގެ ފަސްޓްލޭޑީ ބޭނުންކުރައްވާފައިވާ ޖަނގިޔާ ބައްސަވާ ވާހަކަ ލިޔުނު ކަމަށް ބުނެ ނޫސްވެރިޔަކު ހައްޔަރު ކޮށްފި

ޒިމްބާބްވޭގެ ފަސްޓްލޭޑީ ބޭނުންކުރައްވާފައިވާ ޖަނގިޔާ ބައްސަވާ ވާހަކަ ލިޔުނު ކަމަށް ބުނެ ނޫސްވެރިޔަކު ހައްޔަރު ކޮށްފި

03 އޮކްޓޯބަރު 2017
އެމެރިކާގެ ލަވަކިޔުންތެރިޔާ ޑެމީ ލޮވާޓޯގެ ޝުކުރު ދިވެހިންނަށް!

އެމެރިކާގެ ލަވަކިޔުންތެރިޔާ ޑެމީ ލޮވާޓޯގެ ޝުކުރު ދިވެހިންނަށް!

03 އޮކްޓޯބަރު 2017
އެމެރިކާގެ އޭޓީއެމެއްގެ ތެރޭގައި މީހަކު ތާށި ވެއްޖެ

އެމެރިކާގެ އޭޓީއެމެއްގެ ތެރޭގައި މީހަކު ތާށި ވެއްޖެ

14 ޖުލައި 2017
އެމެރިކާގެ ކުރީގެ ރައީސް ބުޝް 93 ވަނަ އުފަންދުވަސް ފާހަގަ ކުރައްވަނީ

އެމެރިކާގެ ކުރީގެ ރައީސް ބުޝް 93 ވަނަ އުފަންދުވަސް ފާހަގަ ކުރައްވަނީ

12 ޖޫން 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު