Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއަބީޖީތު

އަންހެނުންނާ ބެހޭގޮތުން ބޭއަދަބީ ވާހަކަ ޓްވީޓް ކުރުމުން އަބީޖީތުގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކޮށްފި

އަބީޖީތު ވަނީ މީގެ ކުރިން ކުރި ޓްވީޓަކާއި ގުޅިގެން ހައްޔަރުކޮށްފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 24 މެއި 2017 | ބުދަ 11:09
އަބީޖީތު

އަބީޖީތު

މަޝްހޫރު ލަވަކިޔުންތެރިޔާ އަބީޖީތު ބައްޓާޗަރްޔާގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކޮށްފިއެވެ.

އޭނާގެ ޓްވިޓާ އެކައުންޓް ސަސްޕެންޑް ކުރީ އަންހެނުންނާ ބެހޭގޮތުން ބޭއަދަބީ ވާހަކަތައް ޓްވީޓްކުރަން ފެށުމުންނެވެ.

އެ ޓްވީޓަކީ ޖޭއެންޔޫ ގެ ކުރީގެ ވައިސް ޕްރެޒިޑެންޓް ޝެހެލާ ރާޝިދު ބީޖޭޕީގެ ލީޑަރަކު އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ކުށުގައި ލިޔެފައިވާ ލިޔުކަމެއް ޓްވީޓްކުރުމުން އަބީޖީތު ކުރި ޓްވީޓެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ހިންދުސްތާން ޓައިމްސްއިން ލިޔެފައިވާ ލިޔުމެއް އެޓޭޗް ކުރުމަށްފަހު ޝެހެލާ ކޮށްފައިވާ ޓްވީޓަށް އަބީޖީތު ވަނީ ރައްދުދީފައެވެ.

އޭނާ ވަނީ މީގެ ކުރިންވެސް އިންޑިއާގެ އަންހެން ނޫސްވެރިޔެއް ކަމަށްވާ ސްވާތީ ޗަތުވާޑީއާއި ޖިންސީ ފުރައްސާރަ ކުރި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައެވެ. ސްވާތީ ކުރި ޓްވީޓްކަމަށްވާ ޗެންނާއީގައި ސޮފްޓްވެއާ އިންޖިނިއަރަކު މަރާލި މައްސަލައިގައި އަބީޖީތު ބުނެފައިވަނީ އެ ހަމަލާ އަކީ ޖިހާދުގެ އަމަލެއް ކަމަށެވެ .އަބީޖީތު އެފަހަރު ކުރި ޓްވީޓާއި ގުޅިގެން އޭނާ ދައްކާފައި ވަނީ މުޖުތަމައުގައި ހަމަނުޖެހުން އުފެދޭ ފަދަ ވާހަކައެއް ކަމަށާއި އެކަމަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ސްވާތީ ވަނީ ބުނެފަ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން އަބީޖީތު ހައްޔަރު ކުރުމަށްފަހު ދޫކޮށްލީ އެކަހަލަ ކަމެއް ދެން ތަކުރާރު ނުވާނެ ކަމަށް ބުނުމުންނެވެ. ޕޮލިސް ސްޓޭޝަނުން ނުކުތް އިރު އަބީޖީތު ވަރަށް ބާރަށް ރޮމުން ދިޔަ ކަމަށް އިންޑިއަން އެކްސްޕްރެސްގައި ބުނެފައިވެއެވެ. އަބީޖީތު ވަނީ މީގެ ކުރިންވެސް ބޭއަދަބީ ވާހަކަތައް ސޯޝަލް މީޑިއާގައި ދައްކާފައިވާ މީހެކެވެ. އަދި އޭނާއަށް ވަނީ އެ ވާހަކަތަކުގެ ސަބަބުން މީހުންގެ ނުރުހުމާއި ފާޑުކިޔުން ވަރަށްބޮޑަށް އަމާޒުވެފައެވެ.

އިތުރަށް ކިޔާލަން

28 ޑިސެމްބަރު 2017

ބެންކޮކް އެއަރޕޯޓުގައި 2 މަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ތާށިވެފައި ތިބި އާއިލާ އެއްގެ ވާހަކަ ފެންމަތިވެއްޖެ!

28 ޑިސެމްބަރު 2017
ބެންކޮކް އެއަރޕޯޓުގައި 2 މަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ތާށިވެފައި ތިބި އާއިލާ އެއްގެ ވާހަކަ ފެންމަތިވެއްޖެ!
07 ޑިސެމްބަރު 2017

އެންޖެލީނާ ޖޯލީއަށް ވުމަށް ހެދި ސާޖަރީގެ ވާހަކައަކީ ފޭކެއް: ރިޕޯޓް

07 ޑިސެމްބަރު 2017
އެންޖެލީނާ ޖޯލީއަށް ވުމަށް ހެދި ސާޖަރީގެ ވާހަކައަކީ ފޭކެއް: ރިޕޯޓް
08 ނޮވެމްބަރު 2017

ޓްވީޓް ކުރާއިރު ބޭނުންކުރެވޭ ކެރެކްޓާ ލިމިޓް 140ން 280އަށް

08 ނޮވެމްބަރު 2017
ޓްވީޓް ކުރާއިރު ބޭނުންކުރެވޭ ކެރެކްޓާ ލިމިޓް 140ން 280އަށް
03 އޮކްޓޯބަރު 2017

ޒިމްބާބްވޭގެ ފަސްޓްލޭޑީ ބޭނުންކުރައްވާފައިވާ ޖަނގިޔާ ބައްސަވާ ވާހަކަ ލިޔުނު ކަމަށް ބުނެ ނޫސްވެރިޔަކު ހައްޔަރު ކޮށްފި

03 އޮކްޓޯބަރު 2017
ޒިމްބާބްވޭގެ ފަސްޓްލޭޑީ ބޭނުންކުރައްވާފައިވާ ޖަނގިޔާ ބައްސަވާ ވާހަކަ ލިޔުނު ކަމަށް ބުނެ ނޫސްވެރިޔަކު ހައްޔަރު ކޮށްފި
03 އޯގަސްޓު 2017

އެންޖެލީނާ ޖޯލީގެ ފިލްމްގެ އޮޑިޝަން ޕްރޮސެސްގައި ކުޑަ ކުދިންނަށް އިހާނެތިކޮށް ހިތި ވާހަކަ ދޮގު ކޮށްފި

03 އޯގަސްޓު 2017
އެންޖެލީނާ ޖޯލީގެ ފިލްމްގެ އޮޑިޝަން ޕްރޮސެސްގައި ކުޑަ ކުދިންނަށް އިހާނެތިކޮށް ހިތި ވާހަކަ ދޮގު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު