Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އަކްޝޭ ކުމާރު

އެންމެ ފަހުން ނެޝެނަލް އެވޯޑާއި ބެހޭ ގޮތުން އަކްޝޭ ރައްދު ދީފި

އަކްޝޭ ބުނީ ނުފޫޒު ބޭނުންކޮށްގެން މިހާތަނަށް އެއްވެސް ކާމިޔާބެއް ހޯދާފައި ނުވާނެ ކަމަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 14 އެޕްރީލު 2017 | ހުކުރު 11:38
ފިލްމު ރުސްތުމްގެ މަންޒަރެއްގައި އަކްޝޭ ކުމާރު

ފިލްމު ރުސްތުމްގެ މަންޒަރެއްގައި އަކްޝޭ ކުމާރު

އިންޑިއާގެ 64 ވަނަ ނެޝެނަލް އެވޯޑް އަކްޝޭ ކުމާރަށް ލިބުމުން އާންމުންގެ ފަރާތްތަކުން އޭނާއަށް ކީ ފާޑަށް އެންމެ ފަހުން ރައްދު ދީފިއެވެ.

އަކްޝޭއަށް ނެޝެނަލް އެވޯޑް ލިބުނީ ފިލްމު 'ރުސްތަމް' އިންނެވެ. އެއީ އޭނާއަށް ހައްގު އެވޯޑެއް ނޫން ކަމަށް ބުނެ ވާހަކަ ދައްކަމުން އަންނަ ފަރާތްތަކަށް އަކްޝޭ ބުނީ ނުފޫޒު ބޭނުންކޮށްގެން މިހާތަނަށް އެއްވެސް ކާމިޔާބެއް ހޯދާފައި ނުވާނެ ކަމަށެވެ. ފިލްމީ ދާއިރާގައި ހޭދަކުރި 25 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް މީހެއް ގާތު ބުނެގެން އެވޯޑެއް އަދި ފިލްމަކުން ރޯލެއް ވެސް ހޯދާފަ އެއް ނުވާނެ ކަމަށް އޭނާ އިންޑިއާގެ ނޫހެއްކަމަށްވާ ޑެއިލީ މިރާއަށް ދީފައިވާ އިންޓަވިއުއެއްގައި ބުންޏެވެ. އަކްޝޭ ބުނީ އެވޯޑު ލިބުމުން ވަރަށް އުފަލުން ހުރި ކަމަށާއި، އެއީ އޭނާގެ އާއިލާ އާއި ސަޕޯޓަރުންގެ ހެޔޮ ދުއާ ކަމުގައި ބުނެފައެވެ.

އިންޑިއާގެ ނޫސްތަކުން ވެސް އަކްޝޭގެ މިއެވޯޑަށް ވަނީ ފާޑު ކިޔާފައެވެ. އެ ނޫސްތަކުން ބުނެފައިވަނީ އަކްޝޭއަށް މިއެވޯޑް ހައްގުވާ ކަމަށް ގަބޫލް ނުކުރާ ކަމަށެވެ. އަދި ރުސްތުމްގައި އަކްޝޭގެ އެކްޓު ހުރީ އެވްރެޖްގައި ކަމަށެވެ.

އަކްޝޭއަށް އެވޯޑު ލިބިފައި ވަނީ، ގައުމީ އެވޯޑުގެ ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ޑައިރެކްޓަރު ޕްރިޔާދަރްޝަން އާ ދެމެދު އޮންނަ ގާތް އެކުވެރިކަމުގެ ސަބަބުން ކަމަށްވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ . އަކްޝޭއާ އެކު ގިނަ ފިލްމްތަކެއްގައި މަސައްކަތްކޮށްފައިވާ ޕްރިޔަދަރްޝަން ވެސް ވަނީ އަކްޝޭއަށް ކިޔާފައިވާ ފާޑަށް މީގެ ކުރިން ރައްދު ދީފައެވެ. އޭނާ ބުނެފައިވަނީ އިންޑިއާގެ ނެޝަނަލް ފިލްމު އެވޯޑް އަކްޝޭ އަށް ލިބުމުން ފާޑުކިޔަންޖެހޭ ސަބަބެއް ނުވިސްނުނު ކަމަށެވެ. އަދި އެއީ އޭނާއަށް ހައްގު އެވޯޑެއްކަމަށްވެސް ބުނެގއެވެ،

މިދިޔަ އަހަރު ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި އާމިރް ޚާންގެ "ޑަންގަލް" އާއި މަނޯޖް ވަޖްޕާއީގެ "އަލީގަރް" އާއި މަހެންދަރް ސިންގް ދޯނީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ސުޝާންތު ސިންގް ރާޖްޕޫތު ލީޑް ރޯލުން ފެނިގެންދާ "އެމް.އެސް ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ" ހިމެނެއެވެ. މި ތިން ފިލްމަކީ ވެސް މި ތިން ތަރިންގެ ހުނަރު އިންތިހާ އަށް ފެނިގެން ދިޔަ ފިލްމްތައް ކަމަށްވާއިރު މި ފިލްމްތަކުން އިބުރަތްތަކެއް ވެސް ހާސިލްވެގެން ގޮސްފައިވާ ކަަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. އެ ގޮތުން "ޑަންގަލް" ގައި އާމިރް ޚާން ވަނީ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މި އެވޯޑް އަހަންނަށް ހައްގު ނޫނިއްޔާ މި ގެންދޭ: އަކްޝޭ

މި އެވޯޑް އަހަންނަށް ހައްގު ނޫނިއްޔާ މި ގެންދޭ: އަކްޝޭ

25 އެޕްރީލު 2017
އަކްޝޭއަށް ނެޝަނަލް އެވޯޑް ލިބުމުން ފާޑުކިޔަންޖެޭހޭ ސަބަބެއް ނުވިސްނުނު: ޕްރިޔާދަރްޝަން

އަކްޝޭއަށް ނެޝަނަލް އެވޯޑް ލިބުމުން ފާޑުކިޔަންޖެޭހޭ ސަބަބެއް ނުވިސްނުނު: ޕްރިޔާދަރްޝަން

10 އެޕްރީލު 2017
ބައްޕަގެ ހާލު މިހާރު ރަނގަޅު:އަކްޝޭ ކަންނާ

ބައްޕަގެ ހާލު މިހާރު ރަނގަޅު:އަކްޝޭ ކަންނާ

10 އެޕްރީލު 2017
ކަރަންގެ ދަރިންނާ ބެހޭ ގޮތުން އެއްޗެއް ބުނަން ކާޖޮލް ބޭނުމެއް ނުވި

ކަރަންގެ ދަރިންނާ ބެހޭ ގޮތުން އެއްޗެއް ބުނަން ކާޖޮލް ބޭނުމެއް ނުވި

05 އެޕްރީލު 2017
އަކްޝޭ އަށް އަނޫޕަމްގެ ތައުރީފް

އަކްޝޭ އަށް އަނޫޕަމްގެ ތައުރީފް

21 މާރިޗު 2017

އަހަރުތަކުން މިއަދު

18 މާރިޗު
ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟
20251 އަހަރު ކުރިން
އިސްލާމް

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެ ދަނީއެވެ. ޙާޞިލް ކުރެވުނީ ކިހައިވަރެއް ހެއްޔެވެ؟

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

13 އަހަރުގެ ކުއްޖާ ރަހީނުކޮށް މަރާލި މައްސަލައިގައި ދައުވާ އުފުލި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވެއްޖެ

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ސައްދާމު ޙުސައިންގެ ފަޚްރަކަށްވި "އަލް-މަންސޫރު": މިއަދު އެއީ މަސްވެރިންގެ ފިނި މައިޒާން

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!
20224 އަހަރު ކުރިން
ރިޕޯޓު

މަކަރާއި ހީލަތުން ފައިސާ ހޯދަން އިތުރުގޮތެއް، މިފަހަރު މަންމަނު މީހެއް!

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!
20215 އަހަރު ކުރިން
ރިޕޯޓު

ފުލުހުންގެ ޑީއެންއޭ ލެބޯޓަރީގެ ހެޑް އިއްތި، ބެއްލެވި ފުރަތަމަ ކޭސްއަކީ ޝީރީންގެ މަރުގެ މައްސަލަ!

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
20197 އަހަރު ކުރިން
ރާއްޖެ

ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!
20188 އަހަރު ކުރިން
ރިޕޯޓު

އާމިރު އާއި ވިސާމް ހައްޔަރުކުރުން: މި ރިޕޯޓް ކިޔާލަންޖެހޭ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު