Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކަރަން ޖޯހަރު

ކަރަންގެ ދަރިންނާ ބެހޭ ގޮތުން އެއްޗެއް ބުނަން ކާޖޮލް ބޭނުމެއް ނުވި

ސޯނީ އެނބުރި ޓީވީ ސީރީޒްތަކަށް އަންނާނީ ސްޓާޕްލަސް އިން ފެށުމަށް ހަމަޖެހިފައިވާ "ކިޔާ ތޫ މެރި ލާގެ" އިން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 5 އެޕްރީލު 2017 | ބުދަ 11:40
ކަރަން ކާޖޮލްއާއެކީ

ކަރަން ކާޖޮލްއާއެކީ

މަޝްހޫރު ފިލްމު ޕްރޮޑިއުސަރ ކަރަން ޖޯހަރަށް ދާދި ފަހުން ލިބުނު އެއްމާބަނޑު ދެ ދަރިންނާ ބެހޭ ގޮތުން ފިލްމީ ތަރި ކާޖޮލް އެއްވެސް އެއްޗެއް ބުނަން ބޭނުމެއް ނުވިއެވެ.

އެންމެ ފަހުން ބޭއްވި އިވެންޓެއްގައި ކާޖޮލް ކައިރީގައި ކަރަންގެ ދެ ދަރިންނާ ބެހޭ ގޮތުން ބުނަނީ ކީކޭތޯ ސުވާލު ކުރުމުން އޭނާ ބުނީ "އެ ޓޮޕިކާ ބެހޭގޮތުން ކުރާ އެއްވެސް ސުވާލަކަށް ޖަވާބު ދޭން ބޭނުން ނުވާ" ކަމަށެވެ.

ކަރަން ޖޯހަރުގެ "ކުޗް ކުޗް ހޯތާ ހޭ"، "ކަބީ ހުށީ ކަބީ ގަމް" އަދި " މައި ނޭމް އިޒް ޚާން" ގައި މުހިއްމު ރޯލުތަކެއް އަދާކުރި ކާޖޮލް އާއި ކަރަންއަކީ ކުރިން ވަރަށް ގާތް ރައްޓެހިންތަކެކެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ދެމީހުންގެ ގުޅުމަށް ވަނީ ހީވެސް ނުކުރާ ކަހަލަ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

މީޑިއާ މެދުވެރިކޮށް ދެމީހުން ބަހުގެ ހަމަލާތައް ދީފައިވާއިރު ކާޖޮލް ބުނެފައި ވަނީ އޭނާއާ ބެހޭ ގޮތުން ކަރަން ދޮގު ވާހަކަތައް ދައްކާފައި ވާކަމަށެވެ.

ސަރޮގޭޓް ކޮށްގެން ކަރަން ޖޯހަރަށް ވަނީ އެއްމާބަނޑު ދެ ދަރިން ލިބިފައެވެ. ދުވަހަކު ވެސް ކައިވެންޏެއް ކޮށްފައި ނުވާ ކަރަން ޖޯހަރަށް ލިބުނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. ފިރިހެންކުއްޖާއަށް ޔާޝްގެ ނަން ދީފައިވާއިރު އަންހެން ކުއްޖާއަށް ކިޔަނީ ރޫހީއެވެ. ޔާޝްއަކީ ކަރަންގެ ކާފަގެ ނަމެވެ. ރޫހީއަކީ ކަރަންގެ މަންމަގެ ނަމުގެ ދެ އަކުރު ބަދަލުކުރަމުން އަންނަ ނަމެކެވެ. ކަރަން ބުނެފައި ވަނީ އޭނާގެ ދެ ދަރިން ބަލަނީ އޭނާ އާއި އޭނާގެ މަންމަ ހީރޫ ކަމަށެވެ. ކަރަންއަށް ދަރިން ލިބުމުން އޭނާގެ ގާތް ރައްޓެހިން ދަނީ އޭނާގެ ދަރިންނަށް ޒިޔާރަތްކޮށް އޭނާ އަށް މަރުހަބާ ކިޔަމުންނެވެ.

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2017

"ކޯންޗެއްބާ؟" އަކީ ކޮންއެއްޗެއް؟

23 ނޮވެމްބަރު 2017
"ކޯންޗެއްބާ؟" އަކީ ކޮންއެއްޗެއް؟
01 އޮކްޓޯބަރު 2017

ކަރަންގެ އާ ފިލްމުގައި ރަންބީރު ކަޕޫރު

01 އޮކްޓޯބަރު 2017
ކަރަންގެ އާ ފިލްމުގައި ރަންބީރު ކަޕޫރު
19 އޯގަސްޓު 2017

އަހަރެންގެ އެއްޗެއް ހޯދުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނަން: ކަންގަނާ

19 އޯގަސްޓު 2017
އަހަރެންގެ އެއްޗެއް ހޯދުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނަން: ކަންގަނާ
03 ޖުލައި 2017

އިމްރާން ހާޝިމީ: ކެންސަރާ ބެހޭ ޑޮކިއުމެންޓްރީ ހަދަން ފަށައިފި

03 ޖުލައި 2017
އިމްރާން ހާޝިމީ: ކެންސަރާ ބެހޭ ޑޮކިއުމެންޓްރީ ހަދަން ފަށައިފި
29 ޖޫން 2017

އިންޑިއާގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު ރޯމާ ދުވާލު ކޮޅަށް ހުންނަވާ ފާރަކަށް ކުޑަގިފިލި ކުރައްވައިފި

29 ޖޫން 2017
އިންޑިއާގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު ރޯމާ ދުވާލު ކޮޅަށް ހުންނަވާ ފާރަކަށް ކުޑަގިފިލި ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު