Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޮޮޑުތިލަދުންމަތި

ރައީސް ޔާމީން ގެންދަވަނީ ގާސިމް ގުނބޯ ހައްދަވަމުން: ރައީސް ނަޝީދު

31 މާރިޗު 2019 | އާދީއްތަ 08:05

ރައީސް ޔާމީނަށް ރާއްޖޭގެ ސިޔާސީ ލީޑަރުން، ދެން ޖަލަށް ނުލެވޭނެ ކަމަށް ވިދާޅުވި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 31 މާރިޗު 2019 | އާދީއްތަ 08:05
ރައީސް ނަޝީދު ހދ ގެ ހުރިހާ ރަށަަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި

ރައީސް ނަޝީދު ހދ ގެ ހުރިހާ ރަށަަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އުޅުއްވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ގުނބޯ ހައްދައިގެން ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނޮޅިވަރަމް ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު އަލީއަށް ތާއީދު ހޯއްދެވުމަށް ނޮޅިވަރަމަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން އަލުން އަނބުރާ ގާސިމް ގުނބޯ ހައްދަވަމުން ގޮސް އެ މަނިކުފާނު ޖަލަށް ލެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީނަށް ސިޔާސީ ލީޑަރުން ޖަލަށް ލެވުނު ޒަމާން މާޒީއާ އެކުވެގެން ހިގައްޖެ ކަމަށާއި، ދެން ރާއްޖޭގެ އެއްވެސް ސިޔާސީ ލީޑަރެއް ރައީސް ޔާމީނަށް ޖަލަށް ނުލެއްވޭނެ ކަމަށެވެ.

Advertisement - newsAdvertisement

ނޮޅިވަރަމް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ނުހަނު ބޭނުންވާ ކަމަށެވެ. ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ނޮޅިވަރަމް ދާއިރާގެ އެންމެނަށް ވަޒީފާ ކަށަވަރުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ހުށަހަޅާ މިނިމަމް ވޭޖް ބިލްގެ ސަބަބުން، މުވައްޒިފުންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ވެސް ކަނޑައެޅިގެންދާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ "މިނިމަމް ވޭޖް" ކަނޑައެޅުމުން ރިސޯރޓްތަކުގައި މަސައްކަތް ކުރާ މީހުންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅި ގެންގޮސް، ރިސޯރޓްތަކުގައި މަސައްކަތް ކުރާ މީހުންނަށް ސާރވިސް ޗާރޖާ ނުލައި މުސާރައިގެ ގޮތުގައި 10000ރ. އި ލިބިގެންދާނެ ގޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހައްދަވައިދެއްވާނެ ކަމަށެވެ.

ރާއްޖޭގެ ހުރިހާ ކައުންސިލެއްގައި ވަޒީފާ ބޭނުންވާ މީހުންގެ ދަފްތަރެއް އެކުލަވާލައި، ވަޒީފާ ބޭނުންވާ އެންމެނަށް ވަޒީފާ ލިބޭނެ ގޮތް، އެމްޑީޕީގެ މެޖޯރިޓީ އޮންނަ 19 ވަނަ ރައްޔިތުންގެ މަޖިލީހެއްގައި ހައްދަވައިދެއްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ތަރައްގީއަކީ އުސް އިމާރާތްތަކާއި، ކޮންކްރީޓްތަކެއް ނޫން ކަމަށާއި، ތަރައްގީއަކީ މީހާއަށް އަންނަ އެއްޗެއް ކަމަށެވެ. ރާއްޖެ ތަރައްގީ ކުރަން ބޭނުންވާ ނަމަ، ފުރަތަމަ ޖެހޭ ކަމަކީ ރައްޔިތު މީހާއަށް ތަރައްގީ ގެނައުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ތިލަފަތައް ވޯޓް ދެއްވުމަށް ރައީސް ނަޝީދު ވަނީ ނޮޅިވަރަމް ދާއިރާގެ ރައްޔިތުންގެ ފަރާތުން އެދިވަޑައިގެންފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް