Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރުގެ 100 ދުވަހުގެ ވައުދު

ވައުދުތައް ސަމާސާގޮތެއްގައި ނުނަގާނެ، ހުރިހާ ވައުދެއްވެސް މި ސަރުކާރުންް ފުއްދާނެ: މާރިޔާ

29 މާރިޗު 2019 | ހުކުރު 07:39

ޔާމީނު ސަރުކާރުގައި މިލިއަނުން މިލިއަނުން ރާއްޖެޓީވީ ޖުރިމަނާ ކުރި

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 29 މާރިޗު 2019 | ހުކުރު 07:39
ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ

ޑިފެންސް މިނިސްޓަރ މާރިޔާ އަޙުމަދު ދީދީ

މި ސަރުކާރުން ވި ވައުދުތައް ސަމާސާއަކަށް ނުނަގާނެކަމަށާއި، ވި ހުރިހާ ވައުދުތައް ފުއްދާނެކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ފަރާތުން ފުލިދޫ ދާއިރާއަށް ވާދަކުރައްވާ މަބްރޫކް އަބްދުލް އަޒީޒްގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ މި ސަރުކާރުން ވައުދެއްވުމަށްފަހު، އެއީ ސަމާސާއަކަށް ބުނި އެއްޗެކޭ ނުވަތަ ކުދި ބަޔަކު ނިކުމެ ނުކުމެ ބެނާރއެއްގައި ލިޔުނު އެއްޗެކޭ ނުބުނާނެ ކަމަށެވެ. އަދި މި ސަރުކާރުން ވީ ހުރިހާ ވައުދެއްވެސް ފުއްދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މާރިޔާ ވަނީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ކާމިޔާބީ ފާހަގަކުރައްވާފަ އެވެ. އެގޮތުން 100 ދުވަހަށް ކަނޑައެޅި ވައުދުތަކުގެ 83 އިންސައްތަ މިހާރުވެސް ފުރިހަމަކޮށްފައިވާކަމަށް މާރިޔާ ވިދާޅުވި އެވެ.

މި ސަރުކާރުން ރައްޔިތުންނަށްވެފައިވާ ވައުދުތައް ބާރު ސްޕީޑްގައި ފުއްދައިދީ އޭގެ މަންފާ ރައްޔިތުންނަށް ފޯރުކޮށްދެވޭނީ ތިލަފަތަށް ވޯޓް ދީގެން ކަމަށް މާރިޔާ ވިދާޅުވިއެވެ.

ފުލިދޫ ދާއިރާއިން މަޖިލީހަށް ނުކުންނަ ކެނޑިޑޭޓް މަބްރޫކަށް ތާއިދު ކުރަށްވާ މި ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ އޭނާ އަކީ ޒުވާނެއް ކަމަށާއި، ނަޒާހަތްތެރި މީހެއްކަމަށެވެ. އަދި ކެރޭ ހީވާގި މީހެއްކަމަށް މާރިޔާ ވިދާޅުވިއެވެ.

"މްބަރޫކް ފަދަ ޒުވާނުންނަށް މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރެ ވިއްޖެނަމަ އަޅުގަނޑުމެންނަށް ޔަގީންވޭ އަޅުގަނޑުމެންނަށް އެގޮނޑިތައް މިހަވާލު ކުރަނީ ރަނގަޅު ބޭފުޅުންނާކަން ނަޒާހަތްތެރި މީހުންނާކަން. އަދި އެޖެންޑާ 19 ގައިވާ ހުރިހާ ކަމެއް އެއޮތް ތަރުތީބުން ކޮށްދެއްވާނެކަން"

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ވޭތިވެ ދުވަސްތަކުގައި ޔާމީނުގެ ނަން ކިޔަސް އެމީހަކު ހިފާ ހައްޔަރުކުރާކަމަށާއި، 2018 ގެ ކެމްޕެއިންގެ ދުވަސްވަރު ފިޔާތޮށި ކުލައިގެ ދިދަ ނޫން ދިދައެއް ރާއްޖެއިން ނުފެންނަ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ދޫތައް އެދުވަސްވަރު ބަންދުވެފައިވާކަން ފަހަގަކުރައްވާ މާރިޔާ ވިދާޅުވީ ކެމްޕޭން ޕޯޑިއަމެއް ކައިރިއަށް ހުއްޓި އަނގައިން ބުނުމުގެ ފުރުސަތުުވެސް ނޯންނަކަމަމަށް މާރިޔާ ވިދާޅުވި އެވެ.

"ކިތައް ފަހަރު ކަމެއް ނޭނގޭ މިލިއަނުން މިލިއަނުން ރާއްޖެޓީވީ ޖުރިމަނާ ކުރީކީ. ދައްކަން ޖެހުނު ފައިސާގެ އަދަދު ކިތަންމެހާވެސް ގިނަ. ޔާމީނޭ ބުނެލި މީހެއްވިއްޔާ ހިފާ ހައްޔަރު ކުރަމުން ގެންދިޔަ. އަޅުގަނޑުމެންވެސް ބޭނުން ކެމްޕެއިން ތަކުގައި އަނގަ ހުޅުވާ ވާހަކަ ދައްކަން. އެކަމަމަކު އެދުވަހު އެފުރުސަތެއް ނުލިބުނު"

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2019

އެމްޑީޕީ ކެނޑިޑޭޓުންނަށް ރައީސްގެ ނަސޭހަތްޕުޅު: ތެދުބަހުން ވާހަކަ ދައްކަވާ، ފުއްދޭނެ ވައުދުތައް ވެވަޑައިގަންނަވާ!

01 ފެބުރުއަރީ 2019
އެމްޑީޕީ ކެނޑިޑޭޓުންނަށް ރައީސްގެ ނަސޭހަތްޕުޅު: ތެދުބަހުން ވާހަކަ ދައްކަވާ، ފުއްދޭނެ ވައުދުތައް ވެވަޑައިގަންނަވާ!
18 ޖެނުއަރީ 2019

ވައުދުތައް ފުއްދުމަށް އެމްޑީޕީއަށް މެޖޯރިޓީ ލިބުން މުހިއްމު: ރައީސް ސާލިހު

18 ޖެނުއަރީ 2019
ވައުދުތައް ފުއްދުމަށް އެމްޑީޕީއަށް މެޖޯރިޓީ ލިބުން މުހިއްމު: ރައީސް ސާލިހު
16 ޖެނުއަރީ 2019

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

16 ޖެނުއަރީ 2019
ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
03 ޖެނުއަރީ 2019

ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ވައުދުތައް: 56 ވައުދު ފުދި 11 ވައުދު ފުރިހަމަނުވޭ!

03 ޖެނުއަރީ 2019
ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ވައުދުތައް: 56 ވައުދު ފުދި 11 ވައުދު ފުރިހަމަނުވޭ!
30 ޑިސެމްބަރު 2018

19 ވަނަ މަޖިލީސް ވެގެން ދާނީ ވައުދުތައް ފުއްދަން ގާނޫނީ ބާރުވެރިކަން ހޯދައިދޭ މަޖިލީހަކަށް : ރައީސް ނަޝީދު

30 ޑިސެމްބަރު 2018
19 ވަނަ މަޖިލީސް ވެގެން ދާނީ ވައުދުތައް ފުއްދަން ގާނޫނީ ބާރުވެރިކަން ހޯދައިދޭ މަޖިލީހަކަށް : ރައީސް ނަޝީދު
22 ޑިސެމްބަރު 2018

ސަރުކާރުގެ ވައުދުތައް ފުއްދޭނީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިގެން: ނަޝީދު

22 ޑިސެމްބަރު 2018
ސަރުކާރުގެ ވައުދުތައް ފުއްދޭނީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިގެން: ނަޝީދު
18 ނޮވެމްބަރު 2018

ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި

18 ނޮވެމްބަރު 2018
ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
15 ޖުލައި 2018

އައްޑޫއަށް އިބޫ ވެވަޑައިގަންނަވާ ވައުދުތައް އިއްވުން ދެން އޮންނަ ދަތުރުފުޅެއްގައި

15 ޖުލައި 2018
އައްޑޫއަށް އިބޫ ވެވަޑައިގަންނަވާ ވައުދުތައް އިއްވުން ދެން އޮންނަ ދަތުރުފުޅެއްގައި
10 ޖެނުއަރީ 2018

ރައީސް ޔާމީނަށް އިގުތިސާދީ ސިޔާސަތުން ގެނެވުނު އާ ކަމެއް ނެތް، ވައުދުތައް ނުފުއްދަވާ: އަމީރު

10 ޖެނުއަރީ 2018
ރައީސް ޔާމީނަށް އިގުތިސާދީ ސިޔާސަތުން ގެނެވުނު އާ ކަމެއް ނެތް، ވައުދުތައް ނުފުއްދަވާ: އަމީރު
17 ޑިސެމްބަރު 2017

މަސްވެރިންނަށްވީ ވައުދުތައް ނުފުއްދޭ، މަސްވެރިންގެ ތާއީދެއް ސަރުކާރަކަށް ނެތް: ޝަރީފު

17 ޑިސެމްބަރު 2017
މަސްވެރިންނަށްވީ ވައުދުތައް ނުފުއްދޭ، މަސްވެރިންގެ ތާއީދެއް ސަރުކާރަކަށް ނެތް: ޝަރީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް