Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިންގެ ދުވަސް

މަސްވެރިންނަށްވީ ވައުދުތައް ނުފުއްދޭ، މަސްވެރިންގެ ތާއީދެއް ސަރުކާރަކަށް ނެތް: ޝަރީފު

17 ޑިސެމްބަރު 2017 | އާދީއްތަ 19:49

މަސްވެރިންނަށް ހަމަ އަގުގައި މަސް ވިއްކޭނެ ނިޒާމެއް ނެތް: ޝަރީފް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 17 ޑިސެމްބަރު 2017 | އާދީއްތަ 19:49
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު

ފާއިތުވެދިޔަ އަހަރުތަކުގައި މި ސަރުކާރުން މަސްވެރިންނަށް ކޮށްދިން މަސައްކަތެއް ފެންނަން ނެތް ކަމަށާއި، މިކަންކަމަށް ރިއާޔަތްކުރާނަމަ، ގިނަ މަސްވެރިންގެ ވޯޓު، މި ސަރުކާރަށް ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެންބަރު ޝަރީފު ވިދާޅުވީ، މިއަދު މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ، މަސްވެރިންނަށް މަސް ކިރޭނެ ރަނގަޅު އިންތިޒާމެއް ނެތުން ކަމަށެވެ. މިކަމަކީ ފާއިތުވެދިޔަ ސަރުކާރުތަކަށް އަދި މި ސަރުކާރަށްވެސް ހައްލެއް ހޯދައިދެވިފައިނުވާ ކަމެއް ކަމަށް ޝަރީފު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޝަރީފު ވިދާޅުވީ، ޖުމްލަ ގޮތެއްގައި މުޅި ދުނިޔޭގައިވެސް މަސްވެރިކަން ދަށްވަމުންދާއިރު، ރާއްޖޭގައި ފެށުނީއްސުރެ މަސްވެރިކަން ކުރަނީ ވަރަށް ބޮޑަށް ބެލެހެއްޓިގެން، ދެމެހެއްޓެނިވި ގޮތަކަށް ކަމަށެވެ. ތައިލެންޑް އަދި އިންޑިއާ ފަދަ ގައުމުތަކުން ގިނަ އަދަދަކުން މަސް ބާނަމުންދާކަން ފާހަގަކުރައްވަމުން ޝަރީފު ވިދާޅުވީ، ރާއްޖޭގައިވެސް މަސް އާލާ ކުރުމުގެ ނިޒާމެއް ގާއިމް ކުރަންޖެހޭ ކަމަށެވެ.

ޝަރީފު ވިދާޅުވީ، މަސް ކިރުވުމަށް ވެސް މަސްވެރިންނަށް ދަތިތައް ކުރިމަތިވާ ކަމަށާއި، މަސް ކިރުވުމުގައި މިހާރަށްވުރެ ހަރުދަނާ ނިޒާމެއް ގާއިމް ކުރަންޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން މިފްކޯ ފަދަ ކުންފުނިތަކުން އަދިވެސް ބޭނުން ކުރަނީ ދަޅު މަސް އުފެއްދުމުގައި ކުރީގެ ޕެކޭޖިންގ ނިޒާމެއް ކަމުން، ޕެކޭޖު ކުރުމުގައިވެސް އަގު ހެޔޮ ނިޒާމެއް ބޭނުން ކުރަންޖެހިފައިވާ ކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި ޕެކޭޖިންގ އަށް ކުރާ ހޭދަ ކުޑަކޮށްގެން ނޫނީ ތައިލެންޑް ފަދަ ގައުމުތަކުގެ ކުންފުނިތަކާއި އެއް ހަމައަކަށް ރާއްޖޭގެ ދަޅު މަހާއި އެނޫންވެސް މަހުގެ އުފެއްދުންތަކުގެ މާކެޓް ފުޅާ ނުކުރެވޭނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

ޝަރީފު އިތުރަށް ވިދާޅުވީ، މަސް ވިއްކުމުގައިވެސް އަމިއްލަ އުޅަނދުތަކެއް ބޭނުންކޮށް، އެކި ސަރަހައްދުތަކަށް ފަސޭހަކަމާއެކު ވިއްކޭނެ ގޮތްތައް ފަހިކުރަންޖެހޭ ކަމަށާއި، މަސް ބާނާއިރު އެ ވިއްކާނެ ބަޔަކު ކުރިން ހޯދަންޖެހިފައިވާ ކަމަށެވެ.

"އެއްގޮތަކަށްވެސް މިފްކޯއަކަށްވެސް އައިސް ޕްލާންޓްތަކެއް ގާއިމްކޮށް ހިންގުމަކީ ފަސޭހަކަމެއް ނޫން. އެއީކީވެސް ފަސޭހަކަމެއް ނޫން. ގިނަ ދުވަސް ވަރަކީ މަސްވެރިކަން ނުކުރާ ދުވަސްވަރު. އެއީ މިހާރު ދިމާވާ އެންމެ ބޮޑު މައްސަލަ. ކަލެކްޓިންގ ވެސަލް ރާއްޖޭގައި އެންމެ އެކަށީގެންވާ އަދަދަކަށް ނެތް. ގިނަ ކުރަންޖެހޭ،" ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، "ބެޔަސް ނުބެޔަސް" އަކީ މި ސަރުކާރުން މަސްވެރިންނަށް ގެނެސްފައިވާ އިންޝުއަރެންސް ސްކީމު ކަމުގައިވާއިރު، އެ ސްކީމަށް އެންމެ އެކަށީގެންވާ ގޮތެއްގައި މަސްވެރިން ހޭލުންތެރި ކުރެވިފައިނުވާ ކަމަށެވެ. އެގޮތުން ކައުންސިލްތައް މެދުވެރިކޮށްގެން ނަމަވެސް މި ސްކީމުގެ ކަންކަން މަސްވެރިންނަށް ކިޔައިދޭންޖެހޭއިރު، މިސްކީމަށް މަސްވެރިން ހޭލުންތެރި ކުރެވިފައިނުވުމުން އެކަމުގެ ޒިންމާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ނަންގަވަންޖެހޭ ކަމަށް ޝަރީފު ވިދާޅުވި އެވެ.

"މަސްވެރިންނަށް ވީ ވައުދުތަކުން ކަންކަން ކޮށްދޭ މަންޒަރެއް ނުފެނޭ. އެފްޓީއޭ(ފްރީ ޓްރޭޑް އެގްރީމެންޓް)ގައި ހުރި ކަންކަން ކުރުމުން ފައިދާތަކެއް ކޮށްފާނެ. އެހެންނަމަވެސް މި ސަރުކާރުން މިފާއިތުވެދިޔަ ދުވަސްވަރު މަސްވެރިކަން ތަރައްގީ ކުރުމަށް ކޮށްދިން މަސައްކަތްތަކެއް ފެންނާކަށް ނެތް،" ޝަރީފު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2017

މި ސަރުކާރުން މަސްވެރިންގެ ދަތިތައް ފިލުވައެއް ނުދޭ، މަސްވެރިންނާމެދު ވަނީ އިހްމާލުވެފައި:ސައުދު

12 ނޮވެމްބަރު 2017
މި ސަރުކާރުން މަސްވެރިންގެ ދަތިތައް ފިލުވައެއް ނުދޭ، މަސްވެރިންނާމެދު ވަނީ އިހްމާލުވެފައި:ސައުދު
25 އޮކްޓޯބަރު 2017

މިއަހަރުގެ މަސްވެރިންގެ ދުވަސް ހއ. އިހަވަންދޫގައި ފާހަގަކުރަނީ

25 އޮކްޓޯބަރު 2017
މިއަހަރުގެ މަސްވެރިންގެ ދުވަސް ހއ. އިހަވަންދޫގައި ފާހަގަކުރަނީ
14 ސެޕްޓެމްބަރު 2017

ރައްޔިތުންގެ ތާއީދެއް ރައީސް ޔާމީނަކަށް ނެތް، މިލިޓަރީ ބޭނުންކޮށްގެން ވެރިކަން ކުރައްވަނީ!

14 ސެޕްޓެމްބަރު 2017
ރައްޔިތުންގެ ތާއީދެއް ރައީސް ޔާމީނަކަށް ނެތް، މިލިޓަރީ ބޭނުންކޮށްގެން ވެރިކަން ކުރައްވަނީ!
16 އޯގަސްޓު 2017

މަސްވެރިންގެ ކަންބޮޑުވުންތަށް ސިޓީ ކައުންސިލާ ހިއްސާ ކޮށްފި

16 އޯގަސްޓު 2017
މަސްވެރިންގެ ކަންބޮޑުވުންތަށް ސިޓީ ކައުންސިލާ ހިއްސާ ކޮށްފި
10 ޖުލައި 2017

މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހަށް ނާޒިމް ރަޝާދު ތާއީދެއް ނުކުރޭ!

10 ޖުލައި 2017
މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހަށް ނާޒިމް ރަޝާދު ތާއީދެއް ނުކުރޭ!
02 ޖުލައި 2017

މަސްވެރިންގެ ޕާކް ސަރަހައްދުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

02 ޖުލައި 2017
މަސްވެރިންގެ ޕާކް ސަރަހައްދުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
08 އެޕްރީލު 2017

ސިފައިންނާއި، ފުލުހުންގެ ތާއީދެއް ރައީސް ޔާމީނަކަށް ނެތް: އަބްދުﷲ ރިޔާޒް

08 އެޕްރީލު 2017
ސިފައިންނާއި، ފުލުހުންގެ ތާއީދެއް ރައީސް ޔާމީނަކަށް ނެތް: އަބްދުﷲ ރިޔާޒް
23 މާރިޗު 2017

ކޮށާލައި ކާޅަށް ކާންދިނަސް ދެން ޔާމީނަކަށް ތާއީދެއް ނުކުރާނަން: ޤާސިމް

23 މާރިޗު 2017
ކޮށާލައި ކާޅަށް ކާންދިނަސް ދެން ޔާމީނަކަށް ތާއީދެއް ނުކުރާނަން: ޤާސިމް
04 މާރިޗު 2017

ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި

04 މާރިޗު 2017
ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް