Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޖެންޑާ 19

އެމްޑީޕީ ކެނޑިޑޭޓުންނަށް ރައީސްގެ ނަސޭހަތްޕުޅު: ތެދުބަހުން ވާހަކަ ދައްކަވާ، ފުއްދޭނެ ވައުދުތައް ވެވަޑައިގަންނަވާ!

ކެނޑިޑޭޓުން ރައްޔިތުންގެ އަޑުއެއްސެވުމަށް އިލްތިމާސްކުރެއްވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 1 ފެބުރުއަރީ 2019 | ހުކުރު 18:21
އެމްޑީޕީގެ މަޖިލިސް ޓިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ސާލިހު ވާހަކަފުޅު ދައްކަވަނީ

އެމްޑީޕީގެ މަޖިލިސް ޓިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ސާލިހު ވާހަކަފުޅު ދައްކަވަނީ

ވޯޓް ހޯއްދެވުމަށް ރައްޔިތުންގެ ގާތަށް ވަޑައިގަންނަވައިރު، ތެދު ބަހުން ވާހަކަދެއްކެވުމަށާއި، ފުއްދޭނެ ވައުތައް މެނުވީ ވެވަޑައިނުގަތުމަށް ރައީސް އިބުރާހިމް މުހައްމަދު ސާލިހު އެމްޑީޕީން މަޖިލިސަށް ކުރިމަތިލައްވާ ކެންޑިޑޭޓުންނަށް ނަސޭހަތްތެރިވެވަޑައިގަންނަވައިފި އެވެ.

އެމްޑީޕީން 19 ވަނަ މަޖިލީހަށް ކުރިމަތިލައްވާފައިވާ އެންމެހާ ކެނޑިޑޭޓުންނަށް ޓިކެޓް ހާވުލުކުރުމަށް ކާނިވާ ސަރަހައްދުގައި ހުކުރު ދުވަހު ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، މަޖިލީހުގެ ގޮނޑިއެއް ކާމިޔަބުކުރެއްވުމަށް އޮންނާނީ ދެގޮތެއްކަމަށެވެ. އެއްގޮތަކީ ރައްޔިތުން، ނުވަތަ ޖަމާއަތްތަކާއި ބައްދަލުކޮށް ސީދާ އެރަައްޔިތުން ބޭނުންވާ ކަންކަން ދެނެގަތުންކަމަށެވެ. އަދި އަނެއް ގޮތަކީ ރައްޔިތުންގެ ގާތަށް ވަޑާއިގަންނަވާއިރު، ކޮށްދެއްވާނެ ކަންތައް ތަކެއްގެ ވައުދުތަކެއް އޮތުމެވެ.

އެހެންނަމަވެސް އެ ވައުދުތައް ވާންޖެހޭނީ ފުއްދޭނެ ވައުދުތަކަކަށް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

"މަޖިލީހުގެ ގޮނޑިއެއް ކާމިޔާބުކުރުމަށް އޮންނަނީ ދެ މަސައްކަތް. ސީދާ ރައްޔުންނާއި ބައްދަލުކޮށް އަދި ވަކި ވަކިން ޖަމާއަތްތާއި ބައްދަލުކޮށް ކަންކަން ދެނެގަތުން. ދެ އޮތީ ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތަކެއްގެ ވައުުދުތަކެއް އޮންނަންޖެހޭ. އެއީ ކޮށްދެވޭނެ ކަންކަމަށް ވާންޖެހޭ. ތެދުބަހުން ވާހަކަ ދައްކަން ޖެހޭނެ" ރައީސް ސާލިހު ވިދާޅުވިއެވެ.

މި ހަފްލާގައި ވާހަފުޅު ދައްލަވަމުން ރައީސް ސާލިހު ވަނީ ރައްޔިތުންނަށް ހައްގު މިންވަރު ހޯދައިދިނުމަށް އެމްޑީޕީން ފެށުނީއްސުރެވެސް ކުރަމުން އަންނަ މަސަައްކަތަށް ތައުރީފްކުރައްވާފައެވެ. އަދި އެމްޑީޕީން އަބަދުވެސް ގެންގުޅޭ ޑިމޮކްރެސީގެ ރީތި ނަމުނާއަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

އެމްޑީޕީގެ މަޖިލިސް ޓިކެޓް ހަވާލުކުރުމުގެ ހަފްލާގެތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

ޕްރައިމަރީގައި ވާދަކޮށް ކާމިޔާބު ނުލިބުނު ކެނޑިޑޭޓުންނަށް ވެސް އެމަނިކުފާނު ވަނީ ނަސޭހަތް ދެއްވާފައެވެ. އެގޮތުން ސާލިހު ވިދާޅުވީ، ޕްރައިމަރީގައި ވާދަކޮށް ކާމިޔާބު ނުލިބުނު ކެނޑިޑޭޓުންނަކީ ނަމޫނާ ލީޑަރުން ތަކެއްގެ ގޮތުގައި އެމްޑީޕީގައި މުހިއްމު ދައުރެއް އަދާކުރައްވާނެ ބައެއްކަމަށެވެ.

"ތީ ޒުވާން ލީޑަރުން. ޕާޓީގައި އެބޭފުުޅުން މުހިއްމު ދައުރެއް އަދާކުރޭނެ. އެއީ ލީޑަރުން.ޑިމޮކްރެސީގައި އެއްބަޔަކު ބަލިވާނެ. އެއްބަޔަކު ކާމިޔާބީއާއި، އަނެއް ބަޔަކު ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހޭ، އެކަަމަކު ޕްރައިމަރީގައި ހުރިހާބޭފުޅުންވެސް ހޯއްދެވީ ބޮޑު ކާމިޔާބީ އެއް. އެހެންނަމަވެސް ޓިކެޓް ލިބެނީ އޭގެތެރެއިން އެންމެ ގިނަ ވޯޓް ލިބޭ ފަރާތް" ރައީސް ވިދާޅުވިއެވެ.

މެންބަރުންގެ ގޮތުގައިި މަޖިލީހަށް ހޮވި ވަޑައިގަތުމަށްފަހުވެސް އަމަލުކުރައްވާނެގޮތާއި ގުޅޭގޮތުން ޚުދު އެމަނިކުފާނުގެ ތަޖުރިބާގެ އަލީގައި ރައީސް ސާލިހުވަނީ ނަސޭހަތްތެރިވެވަޑައިގަންނަވާފައެވެ.

މަޖިލީހުގައި އެމަނިކުފާނުގެ އަމިއްލަފުޅު ތަޖުރިބާގެ އަލިން އިބުރަތް ހާސިލް ކުރުމަށް ގޮވާލައްވަމުން ރައީސް ސާލިހު ވިދާޅުވީ، ދެވިދާނެ އެތަށް މަގެއް އޮތް އިރު ކިލަންބުކަމެއް ނެތި ބަރުލަމާނީ ހަޔާތް ކުރިއަށް ގެންދެވުމަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި ޒިންމާދާރުކަމާއި އެކު ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ދެމި ތިބުމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އައްސަވައި އެކަންކަމަށް އިންސާފު ހޯދައި ދެއްވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު